Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިންތިގާލީ މަރުހަލާ

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ސަރުކާރު ކޯމާއެއްގައި!

ރައީސް ޔާމީން އެންމެ ފަހުން އާންމުންނާ މުހާތަބުކުރައްވާފައި ވަނީ އޮކްޓޫބަރ 17ގައި

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2018 | އާދީއްތަ 01:03
މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސް ޔާމީން ގައުމާ މުހާތަބުކުރައްވަނީ

މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސް ޔާމީން ގައުމާ މުހާތަބުކުރައްވަނީ

ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަން ފެށިތާ 75 އަހަރުވީއެވެ. އެ ދުވަސް ބުރާސްފަތި ދުވަހު ނިމިގެން ދިޔައީއެވެ. އާދީއްތަ ދުވަސް ބޯމަތިވި އިރު މިއޮތީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ އަށް 50 އަހަރު ފުރިފައެވެ. މިއީ އާންމު އުސޫލުން ނަމަ މުޅި ގައުމު ދިއްލާ ބަބުޅާނެ ދުވަސްތަކެވެ. ގައުމީ ކެމްޕެއިންތައް ހިންގައި ތަފާތު ޖަލްސާތައް ބާއްވައި މުޅި ގައުމު އެކަމުގައި ހަފުސް ވާނެ ފަދަ ދުވަސްތަކެވެ. ނަމަވެސް އެއްވެސް ކަމެއް ނެތެވެ. ގައުމު އޮތީ ކޯމާއެއްގައި ކަހަލައެވެ.

މިއީ ސަރުކާރެއް ބަދަލުވުމުގެ މަރުހަލާއެވެ. ކުރިއަށް ދަނީ މިހާރު އޮތް ސަރުކާރު ބަދަލުވެ އަލަށް ހަވާލުވާ ސަރުކަރު އެކުލަވާލައި މަސައްލަތްތައް ހަވާލުކުރުމުގެ މަރުހަލާއެވެ. ދައުލަތުގެ އިދާރާތައް އަވަދިނެތި އުޅެނީ އެކަމުގައެވެ. މިއީ ކުރިން މި ސަރުކަރުން ވިސްނާފައި އޮތް ކަމަކަށް ނުވެދާނެއެވެ. ނުވަތަ ކުރިމަތިލާންޖެހިދާނެ ދުވަސްތަކެއް ކަމަށް ހިޔާލަށް ވެސް ގެނެވިފައި ނުވެދާނެއެވެ. ސަރުކަރުގައި މިހާރު ތިބި ފަރާތްތަކުން ބުނަމުން ދިޔައީ މިއީ ކުރިއަށް އޮތް މުސްތަގުބަލުގެ ވެސް ސަރުކާރު ކަމަށެވެ. މި ވެރިކަން ގިޔާމަތާ ހަމައަށް ދެމިގެންދާނެ ކަމަށް ދޭހަވާ ގޮތަށް ވެސް މި ސަރުކާރަށް ނިސްބަތްވާ ސިޔާސީ ބައެއް ފަރާތްތަކުން ވާހަކަ ދައްކާފައި ވެއެވެ. އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި އެފަދަ ފަރާތްތައް ތިބޭނީ ހިތްމަރުވެފައެވެ. ނަމަވެސް އޭގެ މާނައަކީ މުޅި ގައުމުގައި ހިތާމައިގެ ސާލެއް ލާށެކޭ ނޫނެވެ.

އިންތިހާބާ މެދު ސަރުކާރު ހިންގާ ޕާޓީން އުފެއްދި ޝައްކުތަކާ އެކު ސުޕްރީމް ކޯޓަށް ހުށަހެޅި ބިލާހެއް ކަހަލަ މައްސަލަ ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވި ފަހުން އެމަނިކުފާނު ވެސް ވީތަނެއް އެނގޭ މީހަކު މި އުޑުދަށުގައި ނެތް ކަހަލައެވެ. އަވަސް އަވަހަށް އަސްކަރީ ހޮސްޕިޓަލަށް ވަޑައިގަންނަވާ ކަމަށް އަޑުތައް ފެތުރި ފޮޓޯތައް އާންމުވުމުން ތަރުޖަމާން ވިދާޅުވަނީ ރައީސް އަދިވެސް އުޅުއްވަނީ ސަރުކާރު ހިންގެވުމުގައި ކަމަށެވެ. ނަމަވެސް ރައީސްގެ ހަބަރެއް ނުވެއެވެ.

އެހެންޏާ ގައުމީ ބޮޑެތި ދުވަސްތަކުގައި ރައީސްގެ ފަރާތްޕުޅުން ނެރުއްވާ ހިތާބު ވެސް އަދި ސަރުކަރުގެ ކަމާ ގުޅޭ އެހެން ވަޒީރުން ނެރުއްވާ ހިތާބުތައް ވެސް މި ފަހަރު ފެނިގެނެއް ނުދިޔައެވެ. ގައުމީ ދަވަސް ނިމިގެންދިޔައިރު ވެސް އެފަދަ ކަމެއް ނެތެވެ. ރައީސްގެ ޚަބަރެއް ވޭތޯ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓް ހާވާލި އިރު ކަމަކުދާކަށް ނެތެވެ. ވެބްސައިޓްގައި އެންމެ ފަހުން ލިޔުމެއް ޝާއިއުކޮށްފައި އޮތީ ވެސް މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ އާންމުކޮށް ރައީސް ޔާމީން މީހުންނަށް އެންމެ ފަހުން ފެނުނު ދުވަހެވެ. އެ ދުވަހު ގައުމާ މުހާތަބުކުރައްވައި ގިނަ ޝަކުވާތަކެއް ބަންޑުންކޮށްލެއްވިއެވެ. އިންތިހާބުގެ ނާކާމިޔާބީން ލިބިވަޑައިގެންނެވި ޝޮކް އެ ދުވަހު ވެސް ހާމަވެގެން ދިޔައެވެ.

ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ކަންކަން ހާމަކޮށްދިނުމުގަ އާއި ރައީސްގެ މަސައްކަތްތައް ސިއްރުވެފައިވީ ނަމަވެސް ބައެއް އިދާރާތަކުން އަދިވެސް އަވަދިނެތި އެބަ އުޅެއެވެ. ދައުރު ބަދަލުވާތީ މަޝްރޫއުތަކާއި މަސައްކަތްތަކަށް މަޑުޖެހުން އައިސްފައިވީ ނަމަވެސް ރައްޔިތުންނާ ގުޅޭ އަދި ޝައްކުން ފުރިގެންވާ ބައެއް ކަންކަން ސަރުކާރުން ދަނީ ހިންގަމުންނެވެ. އެގޮތުން ސަރުކާރުން ހޭބޯ ނާރައި އުޅެނީ "ހިޔާ"ގެ ނަމުގައި މި ސަރުކާރުން ފެށި ހަމައެކަނި ފްލެޓް މަޝްރޫއުގެ ދަށުން އަދި މުޅިން ނުވެސް "ވިހާ" ފްލެޓްތައް ރައްޔިތުންނަށް ދޫކުރުމުގައެވެ. ބައެއް މީހުން ބުނާ ގޮތުން ނަމަ ސަރުކާރުން ކޮންމެހެން ފްލެޓަށް ދަރާފައި ތިބި ބަޔަކަށް އެތަންތަން ދިނުމުގެ މަސައްކަތުގައެވެ. ކުރިއަށް އޮތް ސަރުކާރަށް ފުރުސަތު ދިނުމުގެ ގޮތުން ހައުސިން މިނިސްޓްރީން ބައެއް މަޝްރޫއުތައް މަޑުޖައްސާލިއެއް ކަމަކު ޕާޓީ ކުދިންނަށާއި ކޮންމެހެން ފްލެޓް ދޭން މަޖުބޫރު ފަރާތްތަކަށް ފްލެޓް ދިނުމުގެ މަސައްކަތް ހަމަ މެކުހަށް ޖަހާފައެވެ. ސަރުކާރު ބަދަލުވާން ހަފުތާއެއްހާ ދުވަހަށް ކުޑަތަންވެފައި ވިޔަސް އެކަން ކޮށް ނިންމާލުމަށް ސަރުކާރުން ވަނީ ފައިނަގާފައެވެ. އެހެން ބަޔަކު އެކަން ހުއްޓުވާކަށް ވެސް ނޫޅެއެވެ.

ކޮންމެއަކަސް އެއްފަޅި ވާގި ނެތިފައި އޮތް ސަރުކާރެއްހެން ކަންކަން ކުރިއަށްދާއިރު ރައީސް ޔާމީނު ކުރައްވާ ކަމެއް ނޭނގޭތީ އެތައް ބަޔަކު އެތައް ގޮތަކަށް ދަނީ ވާހަކަ ދައްކަމުންނެވެ. އެމަނިކުފާނުގެ ފަސްބައި ކިލަނބުވުމާއި ކުރެވޭ ޝައްކުތައް ބޮޑުކަމުން މިހާ "ވައިމަޑުކޮށް" އޮންނާތީ މީސްމީޑިއާގައި ދަނީ ވާހަކަތައް ފެތުރެމުންނެވެ. ހާއްސަކޮށް އެމަނިކުފާނު މާގިނައިން އަސްކަރީ ހޮސްޕިޓަލަށް ވަޑައިގަންނަވާ ކަމަށް ދެކެވޭ ވާހަކަތައް އިތުރުވެފައިވާތީ އެ ވާހަކަތައް ދެކެވޭލެއް ގިނައެވެ. ސަރުކާރު އޮތީ ކޯމާއެއްގައިތޯ މީހުން ސުވާލުކުރަނީ ވެސް އެ މަނިކުފާނުގެ ޚަބަރެއް ނުވާތީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

16 އެޕްރީލު 2017
އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

11 އެޕްރީލު 2017
ސަރުކާރު މަރަށް ތެޅެނީތަ؟

ސަރުކާރު މަރަށް ތެޅެނީތަ؟

23 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު