Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުކުރު ޚުތުބާ

ޤުރުއާނާއި ރަސޫލާގެ ހަދީޘްފުޅުގައި ހިފައިފި މީހަކު ދުވަހަކު ވެސް މަގު އޮޅިގެން ނުދާނެ: ޚުތުބާ

ދުލަކުން ގަލަމަކުން ބަޔާން ނުކުރެވޭވަރުގެ މަތިވެރި ކަންތައްތަކެއް ރަސޫލާ ވަނީ މިއުންމަތައްޓަކައި ކުރައްވާފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2018 | ހުކުރު 12:30
މިއަދުގެ ހުކުރު ޚުތުބާ އިއްވީ \"ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މަސްރަހު\" މިމައުޟޫއަށް

މިއަދުގެ ހުކުރު ޚުތުބާ އިއްވީ \"ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މަސްރަހު\" މިމައުޟޫއަށް

ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ހަދީޘްފުޅުގައި ހިފައިފި މީހަކު ދުވަހަކުވެސް މަގު އޮޅިގެން ނުދާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މަސްރަހު" މިމައުޟޫއަށް ހުކުރު ދުވަހު އިއްވި ޚުތުބާގައި ބުނީ މިމައްސަރަކީ ބަރަކާތްތެރިކަމުން ފުރިގެންވާ މައްސަރެއް ކަމަށާއި، މިމައްސަރަކީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ކީރިތި ﷲ ފޮނުއްވި މާތް ސާހިބާ ދުނިޔެއަށް ވަޑައިގަތް މައްސަރު ކަމަށެވެ.

Advertisement - newsAdvertisement

އުއްމަތުގެ ބާއްޖަވެރިކަމާއި ހެވާއިލާބައަށްޓަކައި ކީރިތި ރަސޫލާ ކުރެއްވި މިންނެތް މަސައްކަތްޕުޅަށް އަލިއަޅުއްވާލައްވާ ޚުތުބާގައި ބުނީ، ދުލަކުން، ގަލަމަކުން ބަޔާން ނުކުރެވޭވަރުގެ މަތިވެރި ކަންތައްތަކެއް ރަސޫލާ ކުރައްވާފައިވާ ކަމަށެވެ. އަދި އެކަލޭގެފާނަށް އަދާކުރަންޖެހޭ ޝުކުރަކީ އެހާ މަތިވެރި ޝަކުރެއް ކަމަށާއި، އެޝުކުރު އަދާކުރުމުގެ ގޮތުން ތަޢާލީމަށް ފުރިހަމަ ގޮތުގައި ބޯލަނބައި އެކަލޭގެފާނަށް ތަބަޢުވުމަށް ޚުތުބާގައި ބުންޏެވެ.

މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގައި މާނަގައިވަނީ " އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި ފަހެ ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީ ކުރެއްވި ކޮންމެ ކަމަކުން ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ."

ޚުތުބާގައި ބުނީ ކީރިތި ރަސޫލާ މުޙައްމަދު ﷺ އިސްލާމްދީނަށް ގޮވާލައްވާ، ދުނިޔެ އިސްލާހުކުރައްވަން މަސައްކަތް ފެއްޓެވިއިރު މީސްތަކުން ވަނީ ޖަހާލަތާއި ޝިރުކުގެ ކަނު އަނދިރީގެ ތެރެއަށް ގެއްލިފައި ކަމަށެވެ. ނަމަވެސް އެކަލޭގެފާނު ޖަންނަތަށް ވަޑައިގެންނެވީ މިމަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އުފުއްލަވާފައެވެ.

މީގެ އިތުރަށް ޚުތުބާގައި ބުނީ އެކަލޭގެފާނު ދުނިޔެ އެހެން ދުނިޔެއަކަށް ބަދަލުކުރައްވާ ޖަހާލަތުގެ އަނދިރިކަން ފެތުރިފައިވާ ދުނިޔެ ޢިލްމުގެ ނޫރުން އަލިވެ އުޖާލާކުރި ކަމަށެވެ. އަދި އެކަލޭގެފާނު އަނިޔާއާ ބޭއިންސާފުގެ ބަދަލުގައި އެކުވެރިކަމާއި ސުލްޙަ މަސަލަސްކަން ގާއިމް ކޮށްދެއްވި ކަމަށާއި، ތައުޙީދުގެ ބިންގަލުގެ މަތީގައި އީމާންކަމުގެ ޢިމާރާތްތައް އާރާސްތު ކުރެއްވި ކަމަށްވެސް ޚުތުބާގައި ވެއެވެ.

ޚުތުބާގައި ބުނީ ރަސޫލާ ދުނިޔެ ދޫކުރެއްވީ އޭގައި ހިފަހައްޓައިފިނަމަ ދުވަހަކު ވެސް މަގުނޯޅޭނެ ފަދަ ދެއެއްޗެއް އަޅުގަނޑުމެންގެ ތެރެއަށް ދޫކުރައްވާފައި ކަމަށެވެ. އެއީ ކީރިތި ޤުރުއާނާއި އިތުރު އެކަލޭގެފާނުންގެ ޙަދީޡްފުޅުތަކެވެ. ޚުތުބާގައި ބުނީ އެ މާތް ނަބިއްޔާ ދެއްކެވިމަގު އަބަދާއި އަބަދު ހަނދާނަށް ގެނެސް ހަނދާން އައުކޮށް އުޅުމަކީ އިމާންވެގެންތިބި މުއުމިނުން ކުރާންވާނެ ކަމެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު