Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކަނޑުގެ ދިރުން

ގޮނޑުދޮށުން ފެނުނު އާދަޔާ ހިލާފު "މޫދު އަލުވި"!

ދިވެހި ރަދީފުގައި މި އަށް ދީފައި ވާ ނަމަކީ "ހިޔަމަ"

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2018 | ބުރާސްފަތި 21:33
ކޯންވޯލްގެ ގޮނޑުދޮށަށް ލައްގާފައި ހުރި ހިޔަމަތައް

ކޯންވޯލްގެ ގޮނޑުދޮށަށް ލައްގާފައި ހުރި ހިޔަމަތައް

އިނގިރޭސި ވިލާތުގެ އައްސޭރިފަށުގެ އަވަށެއް ކަމުގައިވާ ކޯންވޯލް ގެ ގޮނޑުދޮށުން އެ އެވަށުގެ މީހުނަށް ވަނީ ގޮތް ނޭގޭ އާދަޔާ ޚިލާފު، ހިތެއްގެ ބައްޓަމަށް ހުރި އެއްޗެހިތަކެއް ފެނިފައެވެ. އެ އަވަށުގެ ގިނަ މީހުނަށް އެއީ ކޮން އެއްޗެއްކަން ނޭނގިގެން އެކަން މީސް މީޑިއާގައި ޝެއަރ ކުރަން ފެށިއެވެ. ބައެއް މީހުން އެ ގޮތް ނޭނގޭ އެއްޗެހީގެ ރީތިކަމުގެ ވާހަކަ އަދި ހިތެއްގަ ބައްޓަމަށް އެ ހުރުމުން އެކަމާ ވަރަށްބޮޑަށް ޝައުގުވެރިވެ، އެކަން އެހެން މީހުންނާ ހިއްސާ ކުރަން ފެށިއެވެ.

ނަމަވެސް މިކަމުގެ ހަގީގަތް ބަލަން ދިޔަ މެރިން ބަޔޮލޮޖިސްޓުނަށް މިއީ އައު އެއްޗެހި ތަކަކަށް ނުވިއެވެ. އެމީހުން މިއަށް ކިޔައި އުޅެނީ "ސީ އާރޗިންސް" ނުވަތަ "ސީ ޕޮޓޭޓޯ" އެވެ. ބަޔޮލޮޖިސްޓުން މިއަށް މިގޮތަށް ނަން ދީފައިވަނީ ހިޔަމަ މަރުވުމުން އޭގެ ހުރިހައި ކަށިތަތަކެއް ފައިބައި، ހަމަ އެކަނި ހިތެއް ބައްޓަމަށް އޮންނަ މުރަނަ ތޮށިގަޑަކަށް އޭތި ބަދަލުވާތީއެވެ.

ދިވެހި ރަދީފުގައި މި އަށް ދީފައި ވާ ނަމަކީ "ހިޔަމަ" އެވެ. ނަމަވެސް ދިވެހިން އާމުކޮށް މިއަށް ކިޔައި އުޅެނީ "ކަށި ބޯވަ" އެވެ. ސަބަބަކީ އޭގެ ބަނޑުދަށް ފަރާތް ފިޔަވައި އެހެން ހުރިހައި ދިމާލަކުން ތޫނު ކަށިތަކެއް ފަޅައިފައި ހުންނާތީއެވެ. މި އެއްޗަކީ މޫދުގެ ހުންނަ ގާތަކުގައި އަދި ވެލިގަނޑުގައި ވަޅުލެވިގެން ތިބޭ އެއްޗެހިތަކެކެވެ. އަދި މިހެން ހުރުމުން ވަރަށް ގިނަ ފަހަރަށް ނޭނގި ނަމަވެސް މިއަށް ހުސް ފަޔާ އެރުމުގެ ސަބަބުން އޭގެ ކަށިތަށް ހެރި، ފައި ވިހަ ވާ ގޮތް ވެއެވެ.

މެރިން މަޔޮލޮޖިސްޓުން ބުނާ ގޮތުގައި ހިޔަމަ އަކީ ފަސް އިނގިލި އާއިލާއަށް ނިސްބަތްވާ އެއްޗެކެވެ. އިނގިރޭސިވިލާތުގެ ޕްލައިމައުތު ޔުނިވަރސިޓީގެ ޕްރޮފެސަރެއް ބުނަނީ " ހިޔަމަ ނުވަތަ ސީ ޕޮޓޭޓޯ އަކީ މޫދުގައި ހުންނަ ގާ ތަކުގައި ތިބޭ ކަށި ބޯވައިގެ ދެބައިންގެ ދެދަރިއެއް" ކަމަށެވެ. ހިޔަމަ އޭތި އަމިއްލަޔަށް މޫދު ފަސްގަނޑުގައި 9 އިންޗި ނުވަތަ (22 ސެންޓިމީޓަރު) ގައި ވަޅުލެވިގަނެއެވެ. އަދި މިގޮތަށް ވަޅުލެވިގެން އޭތީގެ ކަށިތައް ފަޅައި ހަރު ވަން ދެން ދިރިއުޅެމުން ގެންދެއެވެ.

ހިމަޔައެއްގެ ބޭރު ތޮށިގަނޑު

2017 ވަނަ އަހަރު ޖަރނަލް ޕްލަސް ވަން އިން ހެދި ދިރާސާއެއް ދައްކާގޮތުގައި ހިޔަމަ އަކީ މޫދުގެ ވެލިގަނޑުގެ އިކޯސިސްޓަމްގެ އެންމެ މުހިންމު އެއް މޭސްތިރިންނެވެ. ހިޔަމަ އޭތީގެ ކާނާ ހޯދަނީ ވަރަށް ވެސް އާދަޔާހިލާފު ގޮތަކަށެވެ. ސަބަބަކީ އެހެނިހެން މަސްމަހާ މެހި ކާނާ ކެއުމަށް އަނގަ ބޭނުން ކުރިކަމުގައިވިޔަސް ހިޔަމަގައި މިގޮތަށް އެއްވެސް ކަހަލަ އަނގައެއް ނުހުރެއެވެ. އޭތި ކާނާ އެތެރެ ކުރުމަށް ބޭނުން ކުރަނީ އޭތިގެ ކަށިތަކެވެ. އޭގެ ފަޔަކީވެސް އަދި ކާނާ ކާން ގެންގުޅޭ އަނގަޔަކީވެސް އޭތީގެ މި ކަށިތަކެވެ. މި ކަށިތަށް އުފެދިފައިވަނީ ކަށީގެ އެތެރެ ހުސްކޮށް ހޮޅިއެއްގެ ގޮތުގައި ބޭނުން ކުރެވޭ ގޮތަށެވެ. އެހެންކަމުން ހިޔަމަ ހަށިގަނޑުގެ އެތޭރޭގައި އުފެދިފައިވާ އާދަޔާހިލާފު ހައިޑްރޯލިކް ނިޒާމުން މި ކަށިތަށް އެތެރެޔަށް އަދި ބޭރަށް ވާގޮތަށް ހަރަކާތް ކުރުވައެވެ. މި ހަރަކާތުގެ ސަބަބުން ހިޔަމަ މޫދު ވެލިގަނޑުގައި ވަރަށް މަޑުމަޑުން ހިނގައި އުޅެވެއެވެ. އަދި ހަމަ އެހެންމެ ވެލިގަނޑުގައި ދިރިއުޅޭ ވަރަށް ކުދިކުދި މައިކްރޯ އޯގަނިޒަމްސް މި ހޮޅިތަކުން އެތެރެޔަށް ދަމައިގަނެ ކާނާގެ ގޮތުގައި ބޭނުން ކުރެއެވެ.

ބަޔޮލޮޖިސްޓުން ބުނާ ގޮތުގައި މިގޮތަށް ގިނަ އަދަދަކަށް ހިޔަމަ ތޮށިގަނޑު އައްސޭރިފަށަށް ލައްގަން ދިމާވާ ސަބަބުތަކުގެ ތެރޭގައި، ހިޔަމަތައް އެކަތި އަނެކައްޗާ ޖޯޑުވާން ބައިވަރު ހިޔަމަ ތަކެއް އެއްތާކަށް ޖަމާވެ އުޅެނިކޮށް އެހިސާބުގެ ކަނޑުގެ އޮއިވަރު ގަދަވެ، ރާޅުތައް ގިނަވުމުން ހިޔަމަތައް ރާޅާ އެކު އެއްގަމަށް ލެއްގުމެވެ. އަދި މިގޮތަށް އެއްގަމަށް ކަށިތަކާއި އެކުވެސް ބައެއް ފަހަރު ހިޔަމަތައް ލައްގަފާނެއެވެ. ނޫނީ މަރުވެ ކަށިތައް އެއްކޮށް ނެތިގޮސް ހަމަ އެކަނި ތޮށިގަނޑުވެސް ލައްގަފާނެއެވެ. މިގޮތަށް ކަށިތައް ނެތި ގޮސް ހުންނަ ހިޔަމަ ތޮށިގަނޑު ބަލައިލަން ވަރަށްވެސް ރީތިވާނެއެވެ.

އަޅުގަނޑުމެން ދިވެހިންވެސް މިގޮތަށް ހުންނަ ހިޔަމަ ތޮށިގަނޑު ނަގައިގެން އެ ހިއްކައިގެން، އެކި ކުލަޖައްސައިގެން އެކި އެކި ކަންކަމުގައި ބޭނުންކުރެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނުރައްކަލުގައި 140 ދިވެހިން: ކެންޑީގެ މިސްކިތްތައް ރޯކުރިތަން ދިވެހިންނަށް ފެނުނު!

ނުރައްކަލުގައި 140 ދިވެހިން: ކެންޑީގެ މިސްކިތްތައް ރޯކުރިތަން ދިވެހިންނަށް ފެނުނު!

08 މާރިޗު 2018
އަލުން "ފެބްރުއަރީ ހަތެއް" ގެނައުން ގާނޫނާ ހިލާފު ވާނެތޯ؟

އަލުން "ފެބްރުއަރީ ހަތެއް" ގެނައުން ގާނޫނާ ހިލާފު ވާނެތޯ؟

26 ޖެނުއަރީ 2018
ފުޓްބޯޅައިގެ ތާރީހުގައި ފެނިގެންދިޔަ އެންމެ އާދަޔާއި ޚިލާފު ލަނޑުތައް!

ފުޓްބޯޅައިގެ ތާރީހުގައި ފެނިގެންދިޔަ އެންމެ އާދަޔާއި ޚިލާފު ލަނޑުތައް!

13 ޑިސެމްބަރު 2017
ގާނޫނާއި ގަވާއިދާ ހިލާފުވުން، މީ ކިހިނެއްވާ ކަމެއް؟

ގާނޫނާއި ގަވާއިދާ ހިލާފުވުން، މީ ކިހިނެއްވާ ކަމެއް؟

02 ޑިސެމްބަރު 2017
 ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

11 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު