Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

އައްޑޫ ކޮންވެންޝަން ސެންޓަރު ރޫޅާލާ ހޮސްޕިޓަލް އެޅުމަކީ މީހުން ކުރާ ޒާތުގެ ކަމެއް ނޫން: ރައީސް ނަޝީދު

7 ނޮވެމްބަރު 2018 | ބުދަ 17:43

އެހެންތަނެއްގައި ހޮސްޕިޓަލް އެޅި ނަމަ ޚަރަދު ކުޑަވެފައި މާ ރަނގަޅުވީސް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 7 ނޮވެމްބަރު 2018 | ބުދަ 17:43
ރައީސް ނަޝީދު ކޮންވެންޝަން ސެންޓަރުގައި އަޅާ ހޮސްޕިޓަލް ބައްލަވާލައްވައި މައުލޫމާތު ސާފު ކުރައްވަނީ

ރައީސް ނަޝީދު ކޮންވެންޝަން ސެންޓަރުގައި އަޅާ ހޮސްޕިޓަލް ބައްލަވާލައްވައި މައުލޫމާތު ސާފު ކުރައްވަނީ

އައްޑޫ ސިޓީގެ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު ރޫޅާލައި އެތަނުގައި ހޮސްޕިޓަލެއް އެޅުމަކީ މީހުން ކުރާ ޒާތުގެ ކަމެއް ނޫން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ނަޝީދު މި މޭރުމުން އެކަން ހިއްސާ ކުރެއްވީ ކޮންވެންޝަން ސެންޓަރު ރޫޅާލައި އެތަނުގައި އަޅަމުންދާ ހޮސްޕިޓަލް ބައްލަވާލެއްވުމަށް ފަހު އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނާ ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އީސީސީގައި އަޅާ ހޮސްޕިޓަލްގެ މަސައްކަތް ރައީސް ނަޝީދު ބައްލަވާލައްވަނީ

އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫގެ ކޮންވެންޝަން ސެންޓަރުގައި މިހާރު ގާއިމްކުރާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ރައީސް ނަޝީދު ބައްލަވާލެއްވުމަށް ވަޑައިގެންނެވީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

އީސީސީގައި އަޅާ ހޮސްޕިޓަލްގެ މަސައްކަތް ރައީސް ނަޝީދު ބައްލަވާލައްވަނީ

އެަމަނިކުފާ ވަނީ އެތަނުގެ މަސައްކަތް ބައްލަވާ ލެއްވުމުގެ އިތުރުން އެތަނުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކާ ވާހަކަ ދައްކަވައިގެން މައުލޫމާތު ސާފު ކުރައްވާފައެވެ. އަދި އެތަން ހޮސްޕިޓަލަކަށް ހެދުމުގެ ކުރެހުންތައް ވެސް ބައްލަވާ ލައްވާ މައުލޫމާތު އޮޅުން ފިލުއްވިއެވެ.

މީގެ އިތުރުން އެކުރެހުންތަކުގެ އަސްލު ކޮޕީ ހޯއްދަވައި ދެއްވުމަށާއި މިމަހު 17 ގައި އުފެދޭ ސަރުކާރުން އެކަންކަން ބައްލަވަން ބޭނުންފުޅުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެ މަސައްކަތް ބައްލަވާ ލެއްވުމުގެ ތެރޭގައި އެމަނިކުފާނު ވަނީ ސަރުކާރުގެ ޚަރަދުގައި އެހާ ބޮޑު ހޭދައެއް ކުރައްވާފައި ވަނިކޮށް އެތަކެތި މުޅިން ރޫޅާލައި އެތަން ހޮސްޕިޓަލަކަށް ހައްދަވާތީ ހިތާމަ ކުރައްވާ ކަމަށް އަރިހުގައި ވަޑައިގެންނެވި ބޭފުޅުނގެ ގާތުގައި ވިދާޅުވެފައެވެ. އަދި އެއީކީ މީހުން ކުރާ ޒާތުގެ ކަންކަން ނޫން ކަމށާއި ހޮސްޕިޓަލް އެޅުމުގެ ޚަރަދުގެ ބޮޑުބައެއް ސަލާމަތްވެ އެފަދަ ކަމަކަށް ބޭނުންވާ ވަރުގެ އިމާރާތެއް މުޅިން އެހެންތަނެއްގައި އެޅުއްވި ނަމަ ލިބުނީސް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނާ އެކު ކުރީގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އަދި އެމްޑީޕީގެ އިސް ބައެއް ވެރިންނާއި އައްޑޫ ސިޓީ ކައުންސިލް މެމްބަރުން އެތަން ބައްލަވާލެއްވިއެވެ.

ރައީސް ނަޝީދު ވަނީ ކޮންވެންޝަން ސެންޓަރުގައި އަޅާ ހޮސްޕިޓަލުގެ މަސައްކަތް ނުހުއްޓުވާނެ ކަމަށާއި އެކަން ކުރުމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އާސަރުކާރުން އިތުރަށް ކުރައްވާނެ ކަމަކީ އެތަން އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރެއްވުން ކަމަށް ވެސް ފޭދޫ ރައްޔިތުންނާ ވާހަކަ ދައްކަވަމުން އަންގާރަ ދުވަހު އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އިތުރުން ކޮންވެންޝަން ސެންޓަރުގައި އަޅާ ހޮސްޕިޓަލް ބައްލަވާލެއްވި އެހެން ބޭފުޅުން ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
19 ޖެނުއަރީ 2017

ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!

19 ޖެނުއަރީ 2017
ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް