Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އަންނަ ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ބާއްވައި، ބަޖެޓް ވެސް ހުށަހެޅިގެންދާނެ: އަމީން އާންމު ނިއުޝާ

7 ނޮވެމްބަރު 2018 | ބުދަ 12:11

މަޖިލީހުގެ ރައީސް ކަމުގެ މަގާމުން މަސީހު ދުރުކޮށް، ޖަލްސާގެ ރިޔާސަތުގައި ދެން އިންނަވާނީ މަޖިލީހުގެ ރައީސް ގާސިމް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 7 ނޮވެމްބަރު 2018 | ބުދަ 12:11
ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު، މިދިޔަ އަހަރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ

ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު، މިދިޔަ އަހަރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ | ޕީޕަލް މެގަޒިން

އަންނަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ވެސް މަޖިލީހަށް ހުށަހެޅިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވެއްޖެއެވެ.

މިހަފްތާގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތީ އާއި ދެން މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނެ ދުވަހެއް އޮޅުން ފިލުވުމަށް "ރާއްޖެއެމްވީ" އިން ގުޅުމުން މަޖިލީހުގެ އަމީން އާންމު ނިއުޝާ ވިދާޅުވީ އަންނަ ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ ކަމަށެވެ.

Advertisement - newsAdvertisement

ނިއުޝާ ވިދާޅުވީ މިހާރު ހަމަޖެހިފައިވާ ގޮތުން އަންނަ ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ބާއްވާއިރު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ވެސް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅިގެންދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވިފައި ނުވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި މަގާމުގައި އޭރު ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު އިތުބާރު ނެތްކަމުގެ މައްސަލައެއް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މަޖިލީހުގެ އިދާރާއަށް ހުށަހެޅުނު ފަހުން، މަޖިލީހުގެ އިދާރާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ މަޖިލީހުން ބާއްވަމުންދިޔަ މަދު ޖަލްސާތައް ވެސް ބޮއިކޮޓް ކުރަމުންނެވެ. ސަބަބެއް ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނަމުންދިޔައީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ވޯޓަށް އެހުމެއް ނެތި، މަސީހުއަށް ޖަލްސާގެ ރިޔާސަތުގައި ނުއިންނެވޭނެ ކަމަށެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕީޕީއެމުން ވަކިކުރި 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި އިރު، ދާދި ފަހުން މިވަނީ އެ މެމްބަރުންގެ ގޮނޑި ކަށަވަރުވެ، މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވޭ ގޮތް ވެސް ވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން މަސީހު އިސްތިއުފާ ދެއްވީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. އިސްތިއުފާ ދެއްވީ 51 މެމްބަރުން ސޮއި ކުރައްވައި އިތުބާރު ނެތްކަމަށް މަޖިލީހުގެ އިދާރާއަށް ހުށަހެޅުއްވުމުން، މަގާމުން ދުރުކުރައްވާނެކަން ޔަގީން ކުރެވޭތީ، އެންމެ ފަހު ވަގުތުއެވެ.

މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ވަނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިންތިހާބު ކުރައްވާފައެވެ.

އަންނަ ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ބޭއްވޭއިރު، އެނގިފައިވާ ގޮތުގައި އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓްގެ ގޮތުގައި ހުށަހަޅާފައި ވަނީ 29 ބިލިއަން ރުފިޔާއެވެ.

މަޖިލީހަށް ބަޖެޓް ހުށަހަޅާފައިވާ އިރު އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް އެކުލަވާލާފައި ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޭނުންވާ ކަންކަން ހިމަނައިގެންނެވެ. ބަޖެޓް މަޖިލީހަށް ހުށަހަޅަނީ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރުގެ ނަމުގައެވެ.

2018 ވަނަ އަހަރަށް ލަފާކޮށްފައި ވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނޭ ކަމަށް ލަފާކުރާ ހަރަދާއި ދައުލަތަށް ލިބޭނޭ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ހަރަދާއި ދައުލަތަށް ލިބުނު އާމްދަނީ ގެ ހިސާބު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ގަނޫނުގައި ބަޔާންކޮށްފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް