Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

މަލައިކާ އާއި އަރުޖުން އެކުގައި ޑިނާ ޑޭޓަކުން ޕަޕަރާޒީންނަށް ފެނިއްޖެ

7 ނޮވެމްބަރު 2018 | ބުދަ 07:03

އަރުޖުން އާއި މަލައިކާ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑު ފެތުރިފައި ވަނީ މިދިޔަ އަހަރު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 7 ނޮވެމްބަރު 2018 | ބުދަ 07:03
މަލައިކާ އަރޯރާ އާއި އަރުޖުން ކަޕޫރު

މަލައިކާ އަރޯރާ އާއި އަރުޖުން ކަޕޫރު

ބޮލީވުޑްގެ ތަރި އަރުޖުން ކަޕޫރާއި ރިއަލިޓީ ޝޯ ހޯސްޓް މަލައިކާ އަރޯރާ އެކުގައި ޑިނާ ޑޭޓަކަށް ގޮސް އުޅެނިކޮށް ޕަޕަރާޒީންނަށް ފެނިއްޖެ އެވެ.

މުމްބާއީގެ ރެސްޓޯރެންޓަކުން މި ޖޯޑު އެކުގައި ނިކުތް ވަގުތު ޕަޕަރާޒީންގެ ގިނަ ބަޔަކު އެތަނަށް އެއްވެފައި އޮތުމުން އެމީހުންގެ ކިބައިން މައިކާ ހިމާޔަތް ކުރުމަށް ޓަކައި އަރުޖުން ވަނީ އޭނާގެ ދެއަތުން މަލައިކާގެ ގައިގައި ހިފަހައްޓާފައެވެ.

އަދި އަރުޖުންވަނީ ޕަޕަރާޒީންގެ ކިބައިން އެތަނުން ދުރަށް ގޮސް އެމީހުނަށް ތަންދިނުމަށް އެދިފައެވެ.

ޕަޕަރާޒީން ނަގާފައިވާ ފޮޓޯ ތަކުގައި އަރުޖުން ހުރީ ކަޅު ކުލައިގެ ޖެކެޓެއް ލައިގެންނެވެ. މަލައިކާ ހުރީ ހުދުކުލައިގެ ޓްޕަކާއި ޖިންސެއް ލައިގެންނެވެ.

މި ދެ މީހުން ވަނީ ޑިޒައިނާ އަބޫ ޖާނީ އަދި ސަންދީޕް ހޯސްލާގެ ދިވާލާ ބަޝް އިން ވެސް ފެނިގެން ގޮސްފައެވެ.

ފެސްޓިވަލް އާއި ގުޅޭ ގޮތަށް ދެމީހުން ވެސް ހެދުންއަޅާފައި ތިބި ނަމަވެސް އެދެމީހުން އެ ތަނަށް ގޮސްފައިވަނީ ވަކިންނެވެ.

މިދިޔަ މަހު މިލާން އެއަރޕޯޓްގައި މި ޖޯޑު އަތުގައި ހިފައިގެން ހިނގާފައި ދަނިކޮށް ނަގާފައިވާ ފޮޓޯއެއް ވަނީ ވައިރަލް ވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އޮކްޓޯބަރު 23 ވަނަ ދުވަހު މަލައިކާގެ 45 ވަނަ އުފަން ދުވަސް އިޓަލީގައި ފާހަގަ ކޮށްފައި ވަނީ އަރުޖުން 33، އާ އެކުގައެވެ.

އަރުޖުން އާއި މަލައިކާ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑު ފެތުރިފައި ވަނީ މިދިޔަ އަހަރުއެވެ. ނަމަވެސް އެދެމީހުން ވަނީ އެގުޅުން އާންމުންނަށް ސިއްރު ކުރުމަށް މަސައްކަތް ކޮށްފައެވެ. އެދެމީހުން އެކުގައި ފެންނަން ފަށާފައިވަނީ ވަރަށް ފަހަކުންނެވެ.

ފިލްމް ފެއަރގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެ ދެތަރިން ދަނީ އަންނަ އަހަރު ކައިވެނި ކުރުމަށް ތައްޔާރު ވަމުންނެވެ.

މަލައިކާ އާއި ފިލްމް ޑައިރެކްޓަރ އަދި އެކްޓަރ އަރުބާޒް ޚާން ކައިވެނި ރޫޅިފައިވަނީ 2015 ވަނަ އަހަރުއެވެ. ނަމަވެސް އެދެމީހުންގެ ދެމެދުގައި ރައްޓެހިކަން އޮވެއެވެ.

މި ދެމީހުންނަށް ވަނީ ފިރިހެން ދަރިފުޅަކު ލިބިފައެވެ. ދަރިފުޅުގެ ކަންކަމުގައި މިދެމީހުން އެކުގައި ވަނީ ފެނިފެން ގޮސްފައެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!
06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
05 މާރިޗު 2017

"ޖައްގާ ގާސޫސް" ޕްރޮމޯޓް ކުރުމުގައި ރަންބީރާއި ކެޓްރީނާ އެކުގައި ބައިވެރިވަނީ

05 މާރިޗު 2017
"ޖައްގާ ގާސޫސް" ޕްރޮމޯޓް ކުރުމުގައި ރަންބީރާއި ކެޓްރީނާ އެކުގައި ބައިވެރިވަނީ
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
12 ފެބުރުއަރީ 2017

ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް

12 ފެބުރުއަރީ 2017
ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް
31 ޖެނުއަރީ 2017

"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ

31 ޖެނުއަރީ 2017
"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ
07 ޖެނުއަރީ 2017

އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި

07 ޖެނުއަރީ 2017
އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް