Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަހިންދަ ރާޖަޕަކްސަ

ރާޖަޕަކްސައަކީ ބޮޑުވަޒީރުކަމަށް ބަލައިގަތުމަށް ލަންކާ ޕާލަމެންޓްގެ ރައީސް ދެކޮޅު

ބޮޑުވަޒީރުކަމުން ރަނިލް ވަކިކުރެއްވުމަކީ ޤާނޫނުއަސާސީއާ ޚިލާފް ކަމެއް ކަަމަށް ކަރޫ ޖަޔަސޫރިޔާ ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 6 ނޮވެމްބަރު 2018 | އަންގާރަ 00:30
ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ

ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ

މަހިންދަ ރާޖަޕަކްސައަކީ ސްރީ ލަންކާގެ ބޮޑުވަޒީރުކަމުގައި ބަލައިގަތުމަށް ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ އިންކާރު ކުރައްވައިފިއެވެ. ހޯމަ ދުވަހު ކަރޫ ޖަޔަސޫރިޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޕާލަމެންޓްގެ ތެރެއަށް ގެނެވުނު ބަދަލަކީ ނުވަތަ ބޮޑުވަޒީރުކަމުން ރަނިލް ވަކިކުރެއްވުމަކީ ޤާނޫނުއަސާސީއާ ޚިލާފް އަދި ޒަމާނުއްސުރެ ސްރީ ލަންކާގައި އަމަލު ކުރަމުން އައި ގޮތާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ގިނަ މެމްބަރުން ދެކެވަޑައިގަންނަވާ ކަމަށެވެ. 225މެމްބަރުން ހިމެނޭ ޕާލަމެންޓްގައި ބޮޑު ވަޒީރުކަމުން ވަކިކުރެވުނު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ 106 މެމްބަރުން ކުރިން ތިއްބެވި ނަމަވެސް، އޭގެ ތެރެއިން އަށް މެމްބަރުން މިހާރުވަނީ ޕާޓީން ވަކިވެވަޑައިގެން މަހިންދަ ރާޖަޕަކްސަ އެކުލަވާލައްވަމުން ގެންދަވާ ކެބިނެޓްގެ މަގާމުތައް ގަބޫލުފުޅު ކުރައްވާފައެވެ. މަހިންދަ ރާޖަޕްސައާއި، ރައީސް ސިރިސޭނާގެ ކޯލިޝަން ކަމަށްވާ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސަށް ކުރިން ލިބިފައިވަނީ 95 ގޮނޑި ނަމަވެސް، ޔޫޢެންޕީން އައި އަށް މެމްބަރުންނާއި އަދި ތަމަޅަ ޕާޓީއެއްގެ މެމްބަރަކުވެސް އެ އިއްތިހާދާ ގުޅިފައިވުމުން ރާޖަޕަކްސައާއި، ސިރިސޭނާގެ އިއްތިހާދަށް ލިބިފައިވަނީ ގޮނޑީގެ މިހާރުގެ ކަށަވަރު އަދަދަކީ 104 އެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ޕާލަމެންޓް ޖަލްސާތައް މިމަހުގެ 14 ވަނަ ދުވަހު ފަށާއިރު އެ އަދަދު އިތުރުވާނެއެވެ. އަނެއްކޮޅުން، މަހިންދަ ރާޖަޕަކްސައަށް ތާއީދުކޮށް ކޮޅުނބުގެ މަގުތަކަށް ހޯމަދުވަހު އެތައްހާސް ބަޔަކު ނުކުމެ އަޑުއުފުލާފައި ވެއެވެ.

އިތުރަށް ކިޔާލަން

28 މެއި 2017

އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

28 މެއި 2017
އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި
22 މެއި 2017

ލަންކާގެ ރައީސް ކެބިނެޓަށް ބަދަލުގެންނަވައިފި

22 މެއި 2017
ލަންކާގެ ރައީސް ކެބިނެޓަށް ބަދަލުގެންނަވައިފި
18 މެއި 2017

ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި

18 މެއި 2017
ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި
11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
01 މެއި 2017

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު