Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބައިކް މޯލްޑިވްސް

ސިނަމާލެ ބްރިޖަކުން ބައިސިކަލެއް ނުދުއްވޭ، ފެރީން ނުދެވޭ، ދެން ހުޅުމާލެއަށް ބައިސިކަލްގައި ދާނެ ގޮތެއް ބުނެދީބަލަ!

ސިނަމާލެ ބްރިޖަކުން ބައިސިކަލް ނުދުއްވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 ނޮވެމްބަރު 2018 | ހޯމަ 12:32
ބައިކް މޯލްޑިވްސްގެ ހަރަކާތެއްގެ ތެރެއިން

ބައިކް މޯލްޑިވްސްގެ ހަރަކާތެއްގެ ތެރެއިން

އެމްޓީސީސީ އިން މާލެ އާއި ހުޅުމާލެ އާ ދެމެދު ދެމުން ގެންދާ އާންމު ފެރީގެ ހިދުމަތް ހުއްޓާލަން ނިންމާފައިވާތީ ބައިސިކަލް ދުއްވާ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެއްޖެ އެވެ.

އެމްޓީސީސީ އިން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައިވާ ގޮތުން، މާލެ އާއި ހުޅުމާލެއާއި ދެމެދު ދެމުން ގެންދާ އާންމު ފެރީގެ ހިދުމަތާއި މާލެ އާއި ހުޅުމާލެ އާއި ދެމެދު ދެމުން ގެންދާ އެކްސްޕްރެސް ލޯންޗްގެ ހިދުމަތާއި މާލެ އާއި ހުޅުލެ އާއި ދެމެދު ދެމުން ގެންދާ އެކްސްޕްރެސް ލޯންޗްގެ ހިދުމަތް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އެ އިއުލާންގައިވާ ގޮތުން، މިމަހުގެ ފަސް ވަނަ ދުވަހުގެ 00:00 އިން ފެށިގެން އެ ހިދުމަތްތައް ހުއްޓާލާނެ ކަމަށް ބުނެފައި ވެއެވެ.

އެމްޓީސީސީން ބުނީ އާންމު ފެރީއާއި އެކްޕްރެސް ލޯންޗުގެ ހިދުމަތް ހުއްޓާލި ނަމަވެސް މާލެއާއި ހުޅުމާލެއާއި ދެމެދު ދެމުން ގެންދާ ޕްރިމިއަމް ފެރީ (އެއާރކޮނޑިޝަން ފެރީ)ގެ ހިދުމަތްތައް މިހާރެކޭ ވެސް އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.

މާލެ- ހުޅުލެ އަދި މާލެ-ހުޅުމާލެ އާންމު ފެރީގެ ހިދްމަތް ހުއްޓާލަން ނިންމުމާއި ގުޅިގެން ބައިސިކަލް ދުއްވާ ފަރާތްތަކަށް މާލެ-ހުޅުމާލެ ދެމެދުގައި ދަތުރު ކުރެވޭނެ ގޮތެއް ނެތެވެ. އޭސީ ފެރީގައި ބައިސިކަލް ނުއުފުލޭއިރު، ސިނަމާލެ ބްރިޖުން ބައިސިކަލް ދުއްވުން މަނަލެވެ.

ބައިސިކަލް ދުއްވާ ފަރާތްތަކުން މީގެކުރިން ބައިސިކަލް އުފުލުމަށް ބޭނުން ކުރަމުން ދިޔައީ އާންމު ފެރީތަކެވެ. ނަމަވެސް މިއަދުން ފެށިގެން އާންމު ފެރީގެ ހިދުމަތް ހުއްޓާލަން ނިންމާފައިވާތީ ބައިސިކަލް ދުއްވާ ފަރާތްތަކުން ހާއްސަކޮށް، ބައިކް މޯލްޑިވްސްގެ ބައެއް މެމްބަރުންނާއި އެ ފަރާތްތަކުގެ އާއިލާތަކުގެ ކަންބޮޑުވުންތައް މިވަނީ ފެންމަތިވެފަ އެވެ.

މާލެ–ހުޅުމާލެ އާންމު ފެރީގެ ޚިދުމަތް ހުއްޓާލަން އެމްޓީސީސީ އިން ނިންމިއިރު ސިނަމާލެ ބްރިޖު ހުޅުވި ފަހުން ފެރީ ބޭނުންކޮށްގެން ހުޅުމާލެ އާއި މާލޭގެ ދެމެދުގެ ދަތުރުތައް ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވިނަމަވެސް ބައިސިކަލް ދުއްވާ ފަރާތްތައް މިހާރަކަށް އައިސް ގިނަ ވަމުންދާކަން ފާހަގަ ކުރެވެއެވެ.

ހާއްސަކޮށް، ބައިކް މޯލްޑިވްސްގެ މެމްބަރުންނާއި އެ ފަރާތްތަކުގެ އާއިލާތަކާއި ސަޕޯޓަރުން ކޮންމެ ހަފްތާ ބަންދެން ކަހަލަ ގޮތަކަށް މާލެ އާއި ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ހިންގަމުންދެ އެވެ.

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2018

ސިނަމާލެ ބުރިޖު އާންމުންނަށް ހުޅުވާލައިފި

07 ސެޕްޓެމްބަރު 2018
ސިނަމާލެ ބުރިޖު އާންމުންނަށް ހުޅުވާލައިފި
03 ސެޕްޓެމްބަރު 2018

ވިލިނގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅާލާނެ ކަމަށް އިބޫ ވިދާޅުވެއްޖެ

03 ސެޕްޓެމްބަރު 2018
ވިލިނގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅާލާނެ ކަމަށް އިބޫ ވިދާޅުވެއްޖެ
01 ސެޕްޓެމްބަރު 2018

އަޅާ ބްރިޖަކުން އެއީ ދެވަނަ ދައުރަކަށް އިންތިޚާބު ވާން ޖެހޭ ސަބަބެއް ނޫން: އަމީން

01 ސެޕްޓެމްބަރު 2018
އަޅާ ބްރިޖަކުން އެއީ ދެވަނަ ދައުރަކަށް އިންތިޚާބު ވާން ޖެހޭ ސަބަބެއް ނޫން: އަމީން
31 އޯގަސްޓު 2018

ސިނަމާލެ ބްރިޖްގައި ފަސް ކައިވެންޏެއް ކޮށްފި

31 އޯގަސްޓު 2018
ސިނަމާލެ ބްރިޖްގައި ފަސް ކައިވެންޏެއް ކޮށްފި
30 އޯގަސްޓު 2018

ރައީސުލްޖުމްހޫރިއްޔާ ސިނަމާލެ ބްރިޖް ހުޅުއްވައިދެއްވައިފި

30 އޯގަސްޓު 2018
ރައީސުލްޖުމްހޫރިއްޔާ ސިނަމާލެ ބްރިޖް ހުޅުއްވައިދެއްވައިފި
28 އޯގަސްޓު 2018

ސިނަމާލެ ބްރިޖް ބުރާސްފަތި ދުވަހުގެ ރޭ ހުޅުވަނީ

28 އޯގަސްޓު 2018
ސިނަމާލެ ބްރިޖް ބުރާސްފަތި ދުވަހުގެ ރޭ ހުޅުވަނީ
09 އޯގަސްޓު 2018

ސިނަމާލެ ބްރިޖާއި ގުޅިފައިވާ މާލޭގެ މަގުތަކުގައި ތާރު އަޅަން ފަށައިފި

09 އޯގަސްޓު 2018
ސިނަމާލެ ބްރިޖާއި ގުޅިފައިވާ މާލޭގެ މަގުތަކުގައި ތާރު އަޅަން ފަށައިފި
12 ޖުލައި 2018

ބްރިޖްގެ ރަސްމީ ނަމަކީ ސިނަމާލެ ބްރިޖް!

12 ޖުލައި 2018
ބްރިޖްގެ ރަސްމީ ނަމަކީ ސިނަމާލެ ބްރިޖް!
02 ޖުލައި 2018

ސިނަމާލެ، މާލޭހިޔާ ފްލެޓްތަކާއި ބެހޭ ގޮތުން ހައުސިން މިނިސްޓަރު ދެއްކެވި ވާހަކަތައް ސިޓީ ކައުންސިލުން ދޮގު ކޮށްފި

02 ޖުލައި 2018
ސިނަމާލެ، މާލޭހިޔާ ފްލެޓްތަކާއި ބެހޭ ގޮތުން ހައުސިން މިނިސްޓަރު ދެއްކެވި ވާހަކަތައް ސިޓީ ކައުންސިލުން ދޮގު ކޮށްފި
23 ޖޫން 2018

ސިނަމާލެ ފްލެޓްތައް ދީފައި ވަނީ މޮހަނަށް އޮޑި ދީފައި އޮންނަ އުސޫލުން: ޝަމާއު

23 ޖޫން 2018
ސިނަމާލެ ފްލެޓްތައް ދީފައި ވަނީ މޮހަނަށް އޮޑި ދީފައި އޮންނަ އުސޫލުން: ޝަމާއު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު