Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ސިޓީ ކައުންސިލް

ސިނަމާލެ، މާލޭހިޔާ ފްލެޓްތަކާއި ބެހޭ ގޮތުން ހައުސިން މިނިސްޓަރު ދެއްކެވި ވާހަކަތައް ސިޓީ ކައުންސިލުން ދޮގު ކޮށްފި

ސިޓީ ކައުންސިލަށް ދައުވާ ކުރުމުގެ ޖާގައޮތް ނަމަ ހައުސިން މިނިސްޓަރުގެ މައްޗަށް ދައުވާ އުފުލާނަން

އަމްނާ އިމާދު
އަމްނާ އިމާދު | 2 ޖުލައި 2018 | ހޯމަ 11:50
ސިޓީ ކައުންސިލްގެ މެންބަރުންގެ ބޮލުގައި ގިނަ ތުހުމަތު ތަކެއް މިނިސްޓަރު މުއިއްޒު ވަނީ އަޅުއްވާފައި...

ސިޓީ ކައުންސިލްގެ މެންބަރުންގެ ބޮލުގައި ގިނަ ތުހުމަތު ތަކެއް މިނިސްޓަރު މުއިއްޒު ވަނީ އަޅުއްވާފައި...

ސިނަމާލެ އާއި މާލޭހިޔާ އަދި ވިލިމާލޭގައި ހުންނަ ފްލެޓްތައް ބެހެއްޓުމުގައި ސިޓީ ކައުންސިލުން އިހްމާލުވެފައިވާ ކަމަށް ތަހުމަތުކޮށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތައް މާލޭ ސިޓީ ކައުންސިލުން ދޮގުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، މާލެހިޔާ, ސިނަމާލެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް އޮޅޭ ގޮތަށް ހައުސިން މިނިސްޓަރު ވަރަށް ބޮޑެތި އިލްޒާމްތަކެއް އަޅުވާފައިވާ ކަމަށާއި، ސިޓީ ކައުންސިލަށް ދައުވާ ކުރުމުގެ ޖާގައޮތް ނަމަ ހައުސިން މިނިސްޓަރުގެ މައްޗަށް ދައުވާ އުފުލާނެ ކަމަށެވެ.

މޭޔަރު ޝިފާ ވަނީ މިނިސްޓަރު މުއިއްޒުގެ ވާަހަކަތަކަށް ރައްދުދެއްވާފައި

މޭޔަރު ޝިފާ ވިދާޅުވީ ފްލެޓްތައް ބާވެ ހަލާކުވަންދެން ވީރާނާވާން ދޫކޮށްނުލާ ކަމަށާއި، އިމާރާތް މަރާމާތުކޮށް ބެލެހެއްޓުމުގެ ކަންތައްތައް ބަޖެޓުން ޖާގަދިން މިންވަރަކުން އަމިއްލަ ގޮތުން ފައިސާ ހޯދައިގެން ކުރަމުން ކަމަށެވެ. މަރާމާތުކުރުމަށް އެކަށީގެންވާ ފައިސާ ސަރުކާރުން ނުދޭ ކަމަށާއި، އެފައިސާ ހޯދުމަށް ހައުސިން މިނިސްޓްރީއާއި، ފިނޭންސް މިނިސްޓްރީއަށް ތަކުރާރުކޮށް އެދުނު ނަމަވެސް މިހާތަނަށް ޖަވާބު ދީފައި ނުވާ ކަމަށެވެ.

" އަޅުގަނޑުމެން މިއަހަރުގެ ބަޖެޓްގައި ކޯޑު 226 ގަ އަޅުގަނޑުމެން ހިމެނިން މީހުން ދިރިއުޅޭ ތަންތަން ބެލެހެއްޓުމާއި މަރާމާތް ކުރުމަށްޓަކައި އެއްމިލިއަން ރުފިޔާއަށް. އެދުނީމާ އަޅުގަނޑުމެންނަށް ބަޖެޓް ލިބުނުއިރު އޭގައި އިންނަނީ ހުސް ރޮގެއް ދަމާލާފައި. މާނައަކީ އެބަޖެޓް ކޯޑަކުން ވެސް ފައިސާއެއް ނެތް. މާނައަކީ އަޅުގަނޑުމެން މަރާމާތު ކުރުމަށްޓަކައި އެދުނީމަ އެއްމިލިއަން ރުފިޔާ ނުދެވޭނޭ. ވިއްސާރަ މޫސުން އައުމުގެ މާކުރީގައި އަޅުގަނޑުމެން އެދެފިން އެތަނުގެ ފުރާޅުތައް ބާވެ ދަބަރު ޖަހައިގެން ފައިސާ އިތުރަށް ދެއްވާށޭ. ހަމައެކަނި ދެލައްކަ ފަންސާސްހާސް ރުފިޔާ ނަމަވެސް ދެއްވާށޭ. ނަމަވެސް ފިނޭންސް މިނިސްޓްރީން އިޖާބައެއް ނުދެއްވާ. " ޝިފާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ މާލެހިޔާއާ ސިނަމާލެ ފްލެޓްތަކުގެ ހާލަތު ދެރަކަމުން ސާރވޭއެއް ކުރުމަށް ހައުސިން މިނިސްޓްރީގައި އެދުނު ކަމަށާއި، ނަމަވެސް އެކަމަށް ވެސް އިޖާބަ ނުދެއްވި ކަމަށެވެ. ސިޓީ ކައުންސިލުން ސާރވޭ ކުރިއަށް ގެންދިއުމަށް ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީގައި އެދުނުކަން ފާހަގަކުރައްވައި ޝިފާ ވިދާޅުވީ އެފައިސާއެއް ބަޖެޓުން ހަމަޖައްސައިނުދޭ ކަމަށެވެ.

ފުލެޓްތަކުގެ ކުލި ނުދައްކާ ފަރާތްތަކަށް އެއްފަހަރާ ކުލި ދައްކަން އަންގާފައިވާ ކަމަށް ބުނާ މައްސަލައަށް އިޝާރާތް ކުރައްވަމުން ޝިފާ ވިދާޅުވީ އެއްފަހަރާ ކުލި ދައްކަން އަންގާފައި ނުވާ ކަމަށާއި، ކައުންސިލަށް އެމީހުން ހުށަހަޅާ ގޮތަކަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށެވެ.

މާލޭގެ ދަފްތަރަށް ރަޖިސްޓްރީވުމަށް އަލުންހުޅުވާލުމަކީ ރައްޔިތުންނަށް އޮޅުވާލުން ކަމަށް ޝަމާއު ފާހަގަކުރެއްވި

މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުން ދަފްތަރުގައި ރަޖިސްޓްރީވުމަށް އަލުން ފުރުސަތު ހުޅުވާލާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ ކަންބޮޑުވުންފާޅު ކުރައްވާ މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ދަފްތަރަކީ އަލަށް ފަށައިގެން އުޅޭ ކަމެއްނޫން ކަމަށާއި، މިހާރު ހުއްޓާލާފައި އޮތް ކަމެއް ނޫން ކަމަށެވެ. ދަފްތަރަކީ މާކުރީގައި ގަވާއިދު ހެދިގެން ކުރިއަށްދާ ކަމެއް ކަމަށާއި، އަލުން އެކަމަށް ހުޅުވާލަން ނުޖެހޭ ކަމަށެވެ.

" ދަފްތަރުގައި އޮވޭ ދެވައްތަރެއް. ވަރަށް ކުރީގައި އެބައޮތް 1987 އަކުން ފެށިގެން ކުރިއަށް ދިޔަ ދަފްތަރެއް އެބައޮތް ޚާއްސަ ދަފްތަރު ކިޔާ އެއްޗެއް. އޭގައި މިއަދާ ހަމައަށް ތިބީ 3264 މީހުން. އަތޮޅުތަކުން މާލެއަށް ރަށްވެހިކަން ބަދަލުކުރި މީހުން އެކަން ފެއްޓިފައި މިއޮތީ 17 ޖުލައި 1994ގައި މިއަދާ ހަމައަށް ރަޖިސްޓްރީ ކޮށްފައި އޮތީ 12000 ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފަ " ޝަމާއު ވިދާޅުވި އެވެ.

ޝަމާއު ވިދާޅުވީ ރިޔާސީ އިންތިހާބު ކުރިމަތިވެފައި އޮއްވައި އަލުން ރަޖިސްޓްރީ ހުޅުވައިލާ ވާހަކަ ވިދާޅުވުމަކީ ވަރަށް ބޮޑު އޮޅުވައިލުމެއް ކަމަށެވެ. އޭނާ ވިދާޅުވީ މާލޭގެ ދަފުތަރުގައި ރަޖިސްޓްރީވާން ހުޅުވާލުމުން، އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓަށް ބަދަލުތަކެއް އައިސް، ވޯޓުލުމުގެ ފުރުސަތު ގިނަ ބަޔަކަށް ގެއްލިދާނެ ކަމަށެވެ.

ސިނާމަލެ، މާލެހިޔާ ފްލެޓްތައް މާރާމާތުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވާ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އަހްމަދު ނިޔާޒު ވިދާޅުވީ މާލެހިޔާ، ސިނަމާލެ ފްލެޓްތައް ސިޓީ ކައުންސިލްއާ ހަވާލުކޮށްފައި އޮތީ ނަމެއްގައި ކަމަށާއި، އެއްވެސް ބާރެއް ނެތި ކަމަށެވެ.

މާލެހިޔާ، ސިނަމާލެ ފްލެޓްތައް މަރާމާތު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ނިޔާޒު ވަނީ ވިދާޅުވެފައި

ނިޔާޒު ވިދާޅުވީ ފައިސާ ގަވާއިދުން ލިބެމުންނުދާއިރު ވެސް ސިނަމާލޭގެ 1،2،3 ގެ ހުރިހާ މަރާމާތެއްކޮށް އެތިން އިމާރާތުގައި ކުލަލައި ނިންމާފައިވާ ކަމަށެވެ. އަދި މާލެހިޔާ މިހާރު ވެސް މަރާމާތު ކުރަމުންދާ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

" ކުލަލައި، މާރާމާތުކުރުމުގެ އިތުރުން ސިނަމާލެ 1,2,3 ފްލެޓްގައި ބަހައްޓާފައި ހުރި ލިފްޓަކީ ހައުސިން މިނިސްޓްރީން ސިނަމާލެ 3 ގައި ހަރުކޮށްފައި ހުރި ލިފްޓެއް. އެލިފްޓް ހަލާކުވެގެން އެލިފްޓް ނުހެދިގެން ޝަކުވާ ކުރާތީ އަޅުގަނޑުމެން ސިޓީ ފޮނުވީ. ހައުސިން މިނިސްޓްރީން އެސިޓީގެ ޖަވާބު އައީ 25 ދުވަސްފަހުން. ހަވާލުކޮށްފީމޭ. ހަވާލުކުރީމަ 24 ގަޑިއިރު ތެރޭގައި އެލިފްޓް މަރާމާތު ކުރީ ސީޓީ ކައުންސިލުން " ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ ސިނަމާލެ ފްލެޓް 1,2 ގައި ހަރުކޮށްފައި ހުރި ލިފްޓް މާރާމާތުކޮށްގެން ވެސް ބޭނުން ނުކުރެވޭނެ ކަމަށެވެ. އާ ލިފްޓެއް ހޯދުމަށް ހައުސިން މިނިސްޓްރީއަށް ދެފަހަރު ކޯޓޭޝަން ފޮނުވި ކަމަށާއި، ނަމަވެސް އެކަމަށް އިޖާބަދީފައި ނުވާ ކަމަށް އޭނަ ވިދާޅުވި އެވެ.

މީގެ އިތުރުން ނިޔާޒު ވިދާޅުވީ މިފްލެޓްތަކުން ކުނި ނެގުމުގެ މަސައްކަތް ގަވާއިދުން ކުރާ ކަމަށާއި، މާލެ ސިޓީ ކުނިވާ އުސޫލުން ފްލެޓްތައް އުރި ބިމުގައި ކުނި އުކާނުލެވި ފުނިޖެހިފައި ނުހުންނާނެ ކަމަށެވެ.

މާލެހިޔާ،ސިނަމާލޭގެ ފްލެޓް ނުބެލެހެއްޓޭ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވާ ނިޔާޒު ވިދާޅުވީ ސެކިއުރިޓީ ބަލަހައްޓަނީ ފުލުހުން ކަމަށާއި، މާލެހިޔާ ސަރަހައްދު ބިމުން ފުލުހުންނަށް ބައެއްދީފައިވަނީ ވެސް އެސަރަހައްދު ރަނގަޅަށް މޮނިޓާރ ކުރެވޭނެ ގޮތް ހެދުމުގެ މަގުސަދުގައި ކަމަށެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު