Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުގޮމާފުޅު

ބެޑިންގްސްއަށް ހާއްސަކޮށްގެން ގޮމާފުޅުގެ އައު ފިހާރައެއް ހުޅުވައިފި

ގޮމާފުޅުގެ ތިން ފިހާރަ ހުރޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 4 ނޮވެމްބަރު 2018 | އާދީއްތަ 13:44
މާވެޔޮ މަގުގައި އަލަށް ހުޅުވި ގޮމާފުޅު ފިހާރަ

މާވެޔޮ މަގުގައި އަލަށް ހުޅުވި ގޮމާފުޅު ފިހާރަ

ބެޑިންގްސްގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ގޮމާފުޅުގެ އައު ފިހާރައެއް ހުޅުވައިފިއެވެ.

ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން ގޮމާފުޅުގެ ފައުންޑަރ މޫސާ ވިދާޅުވީ މާވެޔޮ މަގުގައި އަލަށް މިހުޅުވި ފިހާރައަކީ ކުރިން ހުރި ފިހާރައިގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑުވެ ކަސްޓަމަރުންގެ އެދުމުގެ މަތިން ހުޅުވި ތަނެއް ކަމަށެވެ. އެގޮތުން އަލަށް ހުޅުވި ފިހާރައިގައި ޖާގަ ތަނަވަސްވެފައި ކަސްޓަމަރުންނަށް ޕްރޮޑަކްޓްސް ބާލާލުމުގެ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ގޮމާފުޅަކީ ފެށުނީއްސުރެ ބެޑިންގްސްގެ ވިޔަފާރި ކުރަމުން އަންނަ ތަނެއް ކަމަށާއި އެގޮތުން ބެޑިންގްސްއަށް ބޭނުންވާ ހުރިހާ އެއްޗެއް އެތަނުން ލިބޭނެ ކަމަށެވެ. މީގެ އިތުރުން އެންމެ ހާއްސަ އެއް ކަމަކީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ބެޓްޝީޓްވެސް ފަހައި ދިނުމުގެ ޙިދުމަތް ދެމުންގެންދާ ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރަނީ ކުއަލިޓީ އެއް ފެންވަރެއްގައި ހިފެހެއްޓުމަށް ކަމަށާއި އެގޮތުން ބެޓްޝީޓްތައް ފަހައިގެން ޕެކިންގްސް ހަދައިގެން ގެންނަނީ ރާއްޖެއިން ބޭރުން ކަމަށެވެ.

މޫސަ ވިދާޅުވި ގޮތުގައި އެތަނުން ގަންނަ އެއްވެސް ޕްރޮޑަކްޓެއްގައި މައްސަލައެއް ހުރި ކަން ފާހަގަކުރެވިއްޖެ ނަމަ ވަގުތުން އޭގެ ބަދަލު ދެވޭނެ ކަމަށާއި ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރާ ކަމަށެވެ.

މާލޭގައި ގޮމާފުޅުގެ ދެ ފިހާރަ ހުރި އިރު ހުޅުމާލޭގައިވެސް އެއް ފިހާރަ ހުންނާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2017

އެމްޓީސީސީގެ އޮޕަރޭޝަންސްތައް ރަގަޅު ކުރުމަށް އައު ޓަގްބޯޓަކާއި ބާޖެއް ގެނެސްފި

19 ސެޕްޓެމްބަރު 2017
އެމްޓީސީސީގެ އޮޕަރޭޝަންސްތައް ރަގަޅު ކުރުމަށް އައު ޓަގްބޯޓަކާއި ބާޖެއް ގެނެސްފި
18 ސެޕްޓެމްބަރު 2017

XLގެ އައު ރޭންޖެއް ބީއެޗްއެމްއިން ބާޒާރަށް ނެރެފި

18 ސެޕްޓެމްބަރު 2017
XLގެ އައު ރޭންޖެއް ބީއެޗްއެމްއިން ބާޒާރަށް ނެރެފި
14 ސެޕްޓެމްބަރު 2017

ޕިއްޒާ ބޯނާގެ އިތުރު އައުޓްލެޓް ހުޅުވައިފި

14 ސެޕްޓެމްބަރު 2017
ޕިއްޒާ ބޯނާގެ އިތުރު އައުޓްލެޓް ހުޅުވައިފި
29 އޯގަސްޓު 2017

ޔޫރޯ ސްޓޯރގެ އައު ފިހާރަ ހުޅުވައިފި

29 އޯގަސްޓު 2017
ޔޫރޯ ސްޓޯރގެ އައު ފިހާރަ ހުޅުވައިފި
19 ޖޫން 2017

އެލްއޭ ލައިފްސްޓައިލް: ޝާޕް ބްރޭންޑުގެ އޭސީއަށް ހާއްސަ ފިހާރައެއް

19 ޖޫން 2017
އެލްއޭ ލައިފްސްޓައިލް: ޝާޕް ބްރޭންޑުގެ އޭސީއަށް ހާއްސަ ފިހާރައެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު