Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝެއިހް އިމްރާން އަބްދުﷲ

ޑީލަށް ނޫނެކޭ ބުނުމުގެ ބާރަކަށްވީ ދޮށީ ދެ ދަރިންނާއި އަންހެނުން: އިމްރާން

3 ނޮވެމްބަރު 2018 | ހޮނިހިރު 18:29

ޑީލު ހުށަހެޅީ ކާކު ކަމެއް، ހުށަހެޅި ކަންތައްތަކެއް ވިދާޅެއް ނުވޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 3 ނޮވެމްބަރު 2018 | ހޮނިހިރު 18:29
އިމްރާން އޭނާގެ އަނބިކަނބަލުންގެ ގައިގައި ބައްދާލަނީ

އިމްރާން އޭނާގެ އަނބިކަނބަލުންގެ ގައިގައި ބައްދާލަނީ

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ސަރުކާރުން ޑީލުތަކެއް ހުށަހެޅި ކަމަށާއި އެ ޑީލުތަކަށް ނޫނެކޭ ބުނުމުގެ ބާރަކަށްވީ އޭނާގެ ދޮށީ ދެ އަންހެން ދަރިންނާއި އަނބިކަނބަލުން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ޖަލުން މިނިވަންވުމަށް ސަރުކާރުން ޑީލްތަކެއް ހުށަހެޅި ކަމަށާއި ނަމަވެސް އޭނާއަކީ ގަބޫލު ކުރާ ހަމަތައް ދޫކޮށްލެެއްވުމަށްފަހު، ޑީލަކަށް ދާނެ މީހެއް ނޫން ކަމަށެވެ. ސަރުކާރުން ހުށަހެޅި ޑީލުތަކަށް އެއްބަސްވިނަމަ، އަރައިނުގަނެވޭ ވަރުގެ އަނދަވަޅަކަށް ވެއްޓުނީސް ކަމަށް އިމްރާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސަރުކާރުން ހުށަހެޅި ކަންކަމާ ގުޅޭ ގޮތުން އޭނާގެ ދޮށީ ދެ އަންހެން ދަރިންގެ ހިޔާލު ހޯއްދެވި ކަމަށާއި އެ ކުދިން ދެއްވި ޖަވާބަށްފަހު "އެ ކަން ގަބޫލު ކުރުމަށްވުރެ، ޖަލުގައި އޮތުން ވެސް މާ ހެޔޮކަން ބޮޑު" ކަމަށް އެކަން ހުށަހެޅި މީހުންނަށް ދެންނެވި ކަމަށް އިމްރާން ވިދާޅުވިއެވެ.

"އެ ނިންމުން ނިންމައި ދިނުމަށް އެންމެ ބޮޑު ބާރަކަށް ވެގެންދިޔައީ އަޅުގަނޑުގެ ދެ އަންހެން ދަރިންނާއި އަޅުގަނޑުގެ އަންހެނުން. އަޅުގަނޑު ނިންމުމެއް ނިންމުމުގެ ކުރިން ދެ ދަރިންނާ ސުވާލު ކުރިން ކޮބައިތޯ ބޭނުންވާ ގޮތަކީ. މީޑިއާގައި އައި ކޮންމެ ވެސް ގޮތަކަށް އަޅުގަނޑުގެ ދެ ދަރިން ވަރަށް ސާފުކޮށް ދީފައި ހުރި ޖަވާބު. އޭގެ މައްޗަށް ބިނާކޮށް ވަރަށް ކުރުކުރު ޖަވާބެއް ދިނިން. މިފަދަ ކަމެއް ގަބޫލު ކުރުމަށްވުރެ، ޖަލުގައި އޮތުން ވެސް މާ ހެޔޮކަން ބޮޑޭ،" އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ އާއިލާ

ސަރުކާރުން ލީޑުގެ ގޮތުގައި ހުށަހެޅި ކަންތައްތަކެއް އިމްރާން ވިދާޅެއް ނުވެއެވެ. އަދި އެ ޑީލު ހުށަހެޅީ ސަރުކާރުގެ ކޮން ބޭފުޅެއް ކަމަށް އިމްރާން ވިދާޅެއް ނުވެއެވެ. ޓެރަރިޒަމްގެ ކުށް ސާބިތުވެ، 12 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ދެ އަހަރާއި އަށް މަސް ފަހުން އިމްރާން ހުކުމް ތަންފީޒު ކުރެއްވުމަށް މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަމުރު ކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޖަލުގައި ހޭދަ ކުރެއްވި ދުވަސްތަކުގެ ތަޖުރިބާ ހިއްސާ ކުރައްވަމުން އިމްރާން ވިދާޅުވީ "ޖަލުން ލިބުނު ގެއްލުމަށް ވުރެ، ލިބުނު ފައިދާ ބޮޑު" ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޖަލަށް ވަނީ ހައްގު މަސައްކަތާގެން ނުކުތުމުގެ އަޒުމުގައި ކަމަށެވެ. ޖަލުގައި ހޭދަ ކުރެއްވި ތިން އަހަރަކީ ހަޔާތުގައި ނުލިބޭފަދަ ތިން އަހަރު ކަމަށާއި ޖަލުގައި ދުވަސްތައް ހޭދަ ކުރެއްވީ ބޭނުންވާ ގޮތަށް ކަމަށް ޝެއިހް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޖަލަށްލުމުން ލިބުނު ގެއްލުމަށްވުރެ އިރާދަ ކުރެއްވިއްޔާ ފައިސާ ކިތަންމެހޭ ވެސް ބޮޑު. ޖަލުން ލިބުނު އެންމެ ބޮޑު ފައިދާތަކަކީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި މަސައްކަތް ކުރާ މީހަކަށް، ދިވެހިރާއްޖޭ ހަގީގަތުގައި ފެންނަނީ ޖަލުން،" ޝެއިހް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ހަޔާތުގައި ނުލިބޭފަދަ ތިން އަހަރު ކަމަށް ބުނެވިދާނެ. އަޅުގަނޑު ސީދާ ބޭނުންވާ ކަންކަން ކުރުމަށް ހުސްވެގެން އެހާ ފަހި ފުރުސަތެއް އަޅުގަނޑަކަށް ނުލިބޭ. އަޅުގަނޑުގެ މިނިވަންކަން ޖަލުގައި މާ ބޮޑޭ. ޖަލުގައި މާ މިނިވަނޭ."

އިމްރާން ވިދާޅުވީ ޖަލުން ފެނުނު އެންމެ ހިތާމަވެރި މަންޒަރަކީ ކުރު މުއްދަތަކަށް ޖަލަށްލާ މީހުން ވެސް ޖަލުން ނުކުމެގެން އަންނަ އިރު ބޮޑު ކުށްވެރިއަކަށްވުމަށް މަގުފަހިވާ ގޮތަށް ކަންތައްތައް އިންތިޒާމު ކުރެވިފައިވާތީ ކަމަށެވެ. ބަދަލު ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް ޖަލުގައި އެބަހުރި ކަމަށާއި އެކަންކަން ރަނގަޅުކޮށްފިނަމަ ކުރިއެރުންތަކެއް ލިބޭނެ ކަމަށް ޝެއިހް ވިދާޅުވިއެވެ.

ކޯލިޝަން ރޫޅުމަކީ ސަރުކާރު ދެމެހެއްޓުމަށް އޮތް ހުރަހެއް ކަމަށް ފާހަގަ ކުރައްވައި އިމްރާން ވިދާޅުވީ ފަސް އަހަރުގެ މުއްދަތަށް ކޯލިޝަން ދެމެހެއްޓެވުމަށް ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ކުރާނެ ކަމަށެވެ. އިމްރާން ވިދާޅުވީ ކޯލިޝަނެއްގެ ގޮތުގައި ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ކުރަން ފެށިތާ ތިން އަހަރުވެފައިވާ ކަމަށާއި ލިބުނު ތަޖުރިބާއާއެކު ފަސް އަަހަރަށް ކޯލިޝަން ދެމިއޮންނާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

"ތިން އަހަރުން ފެށިގެން މަސައްކަތް ކުރަމުން މިދަނީ އެކުވެރި ރޫހެއްގައި. އަޅުގަނޑުމެން އެންމެންނަށް ލިބިފައިވާ ތަޖުރިބާގެ މަތީގައި. ލީޑަރުން މިވަނީ ވަރަށް ހަންބޯވެފައި. އެ ލީޑަރުންނަށް އެނގިވަޑައިގަންނަވާނެ އަނެއް ބޭފުޅަކާ މުއާމަލާތް ކުރައްވާނެ ގޮތް... އެހެންވީމަ އެ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް ރައްޔިތުން އުންމީދު ކުރާ އެދޭ ފަސް އަހަރު އަޅުގަނޑުމެންނަށް ގެނެސްދެވޭނެ،" މީގެ ހަތް އަހަރު ކުރިން ފެށިގެން އަދާލަތު ޕާޓީގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ އިމްރާން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2017

ބޮޑު ވަރިހަމައިގާ ނުތިބެ މިއަނިޔާވެރިކަމަށް ނޫނެކޭ ބުނަން ޖެހޭ: ޝާހިދު

10 ސެޕްޓެމްބަރު 2017
ބޮޑު ވަރިހަމައިގާ ނުތިބެ މިއަނިޔާވެރިކަމަށް ނޫނެކޭ ބުނަން ޖެހޭ: ޝާހިދު
12 ޖުލައި 2017

މަސީހުގެ އިތުބާރުގެ މައްސަލައިގައި ފަހުބަސް ބުނުމުގެ ބާރެއް ސުޕްރީމްކޯޓަކަށް ނޯންނާނެ: އިބޫ

12 ޖުލައި 2017
މަސީހުގެ އިތުބާރުގެ މައްސަލައިގައި ފަހުބަސް ބުނުމުގެ ބާރެއް ސުޕްރީމްކޯޓަކަށް ނޯންނާނެ: އިބޫ
07 މެއި 2017

މާލެ އާއި އައްޑޫ ސިޓީން ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނެފި!

07 މެއި 2017
މާލެ އާއި އައްޑޫ ސިޓީން ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނެފި!
04 މެއި 2017

ރައީސް ޔާމީނަށް "ނޫނެކޭ" ބުނުމަށް، ވީހާވެސްގިނަ ރައްޔިތުން ވޯޓުދޭން ނުކުތުމަށް މަޚްލޫފް ގޮވާލައްވައިފި

04 މެއި 2017
ރައީސް ޔާމީނަށް "ނޫނެކޭ" ބުނުމަށް، ވީހާވެސްގިނަ ރައްޔިތުން ވޯޓުދޭން ނުކުތުމަށް މަޚްލޫފް ގޮވާލައްވައިފި
03 މެއި 2017

ރިޔާސީ އިންތިހާބުގެ ކުރިން ޔާމިންނަށް ނޫނެކޭ ބުނެ ގެއަށް ފޮނުވާލާނަން: ޝަމާއު

03 މެއި 2017
ރިޔާސީ އިންތިހާބުގެ ކުރިން ޔާމިންނަށް ނޫނެކޭ ބުނެ ގެއަށް ފޮނުވާލާނަން: ޝަމާއު
06 އެޕްރީލު 2017

ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭނީ މަގުމައްޗަށް ނިކުމެ: އަލީ އާޒިމް

06 އެޕްރީލު 2017
ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭނީ މަގުމައްޗަށް ނިކުމެ: އަލީ އާޒިމް
02 އެޕްރީލު 2017

ރައްޔިތުން މަދަނީ ބަސްނޭހުމަކަށް ގޮސް، ނޫނެކޭ ބުނެފި:ޝިފާ

02 އެޕްރީލު 2017
ރައްޔިތުން މަދަނީ ބަސްނޭހުމަކަށް ގޮސް، ނޫނެކޭ ބުނެފި:ޝިފާ
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
24 ފެބުރުއަރީ 2017

ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް

24 ފެބުރުއަރީ 2017
ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް