Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ރައީސް ނަޝީދަށް އުތުރި އެރި ހިތާހިތުގެ ގުޅުމުން އަނެއްކާ ވެސް ރެކޯޑެއް!

މިހާތަނަކަށް މިހާ ގިނަ ބަޔަކު މަރުހަބާ ދަންނަވާކަށް އެއްވެފައެއް ނުވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2018 | ބުރާސްފަތި 13:22
ރައީސް ނަޝީދަށް މަރުހަބާ ދަންނަވަން މުޅި މަގު އެއްކޮށް ފުރިފައި

ރައީސް ނަޝީދަށް މަރުހަބާ ދަންނަވަން މުޅި މަގު އެއްކޮށް ފުރިފައި

ރައީސް ނަޝީދު މާލެ ވަޑައިގެންނެވުން ކަވަރކުރުމަށް އަޅުގަނޑަށް ހުންނަން ޖެހުނީ އެއް ނަމްބަރު ފާލަން ސަރަހައްދުގައެވެ. މެންދުރު 2:30 ހާއިރު އެ ސަރަހައްދަށް ދިޔައިރު ވެސް އެ ސަރަހައްދުގައި ރީނދޫ ޓީޝާޓް ލައިގެން ތިބި މީހުން ގިނަ އަދަދަކަށް ތިއްބެވެ. މަޑުކޮށްލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އައީ ރައްޓެއްސެއްގެ ފޯނު ކޯލެކެވެ. އެމްޑީޕީ ހަރުގެ ސަރަހައްދުގައި ހުރި އެ މީހާ އަހާލީ މިހާރު މިހާ ހިސާބަށް ވަޑައިގެންނެވީ ހެއްޔެވެ. އަޅުގަނޑަށް އާދެވުނީ ފާޑެއްގެ ރުޅިއެކެވެ. މަލާމާތެއް ކަމަށް ހީކޮށެވެ. އަދި މާލެ ވެސް ވަޑައިނުގަންނަވާކަން ނޭނގެނީހޭ އެހީމާ އެކޮޅުން ވެސް އައީ ރުޅިއެވެ. ޖަވާބުގައި ދޮގުނުހަދާށޭ މިހާރު މިހިސާބަށް ތިޔަ އައީއޭ ބުނީ ހިތްހަމަ ނުޖެހިގެން ހުރެއެވެ. ވީގޮތް އެނގުނީ އޭނާ ސާފުކޮށްދިނީމައެވެ. އޭރު ވެސް މުޅި މަޖީދީމަގު ފުރިއްޖެ ކަމެވެ. ހަރުގެ ސަރަހައްދާ ހަމައަށް މީހުން ފުރާލާފައިވާ ކަމެވެ.

ރައީސް ނަޝީދު ހިންގަވާފައި ވަޑައިގަންނަވަނީ

އިތުރަށް ރަކި ނުވާން ފޯނު ކަނޑާލާފައި ބަލާލި ވަގުތަކީ ރައީސް ނަޝީދު މާލެ ވަޑައިގަންނަވާ ފްލީޓް ހުޅުލެއިން މާލެއަށް ދަތުރަށް ފެށި ވަގުތެވެ. ބޮޑެތި ކަންނެލި ދޯނިތަކުގައި އެ ދޯނިތައް ވެސް ނުފެންނަވަރަށް ދަމާފައި ވަނީ ރީނދޫ ދިދަ ފަތިތަކެވެ. އެމްޑީޕީގެ ދިދަދަތަކެވެ. ރީނދޫ ފުއްޕާހަންތަކާ އެކު ދޯނިތައް ފެންނަނީ ވަރަށް ޗާލޫކޮށެވެ. ވަށައިގެން ޖެޓްސްކީތަކާއި މޫދު ކުޅިވަރު ކުޅޭ މީހުން އެ މީހުންގެ ހަރަކާތްތަކާ އެކުގައެވެ. އޭރު މާލޭ ކޮޅުގައި އެއް ނަމްބަރު ފާލަން ކައިރި ފުރި ބާރުވެއްޖެއެވެ. ތޮށިގަނޑުމަތީގައި އެއްބަޔަކު ތިބިއިރު ބޮޑުތަކުރުފާނު މަގުގައި ހެދި ސަފުތަކުގެ ތަރުތީބު ގެއްލޭ ވަރަށް މީހުން ތޮއްޖެހިއްޖެއެވެ. އިންތިޒާމް ކުރަން ތިބި މީހުންނަށް ކޮންޓްރޯލް ނުވާވަރަށް މީހުން ގިނަވެ ތަން ތުކިތުކި ލައިފިއެވެ.

ރައީސް ނަޝީދަށް ކަނޑުމަތިން މަރުހަބާ ދަންނަވަނީ

އެމަނިކުފާނު ވަޑައިގެންނެވި ލޯންޗްކޮޅު މާލެއާ ގާތްވި ގާތްވީހެން އެއްވެފައިވާ މީހުންގެ އަޑު ގަދަވާން ފެށިއެވެ. ޖަހާފައިވާ ލަވަޔަށް ވުރެ ރައީސް ނަޝީދަށް ކުރާ ތައުރީފްގެ އަޑު ބާރުވަމުން ދިޔައެވެ. މީހުންގެ އަތްޖެހުމުގެ އަޑުން މުޅި ސަރަހައްދު ގުގުމަމުން ދިޔައެވެ.

ފާލަން ދޮށަށް ލޯންޗް ކައިރި ކުރުމާ އެކު މީހުންނަކަށް ހިމޭނަކުން ނުތިބެވުނެވެ. އެންމެނަށް އެއްފަހަރާ ބާރަށް ހަޅޭލަވަން ފެށުނެވެ. ރައީސް ނަޝީދޭ ގޮވާ އަޑާއި އެމަނިކުފާނަށް އެދި ގޮވަމުންދިޔަ އަޑުންނެވެ. އުތުރި އަރައިގެން މީހުންގެ ސަބަބުން އެމަނިކުފާނާ އެކު ވަޑައިގެންނެވި ބޭފުޅުންނަށް ވެސް ކައިރި ނުވެވޭވަރަށް ރައީސް ނަޝީދު ފެނޭތޯ މީހުން ކުރިއަށް ޖެހެން ފެށިއެވެ. ހޫރަމުންދިޔަ ދިދަތަކުން މުޅި ސަރަހައްދު ފެނުނީ ރީނދޫ ކުލައިންނެވެ. ޕާޓީ ޕޮޕްއަޕް ކުނޑިތަކާ އެކު ހިސާބުގެ ވައިގެތެރެ ވަނީ ޖަރީވެފައެވެ.

ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް އުޅަނދެއް މާލެ އަންނަނީ

ރައީސް ނަޝީދު ހިންގަވާފައި ވަޑައިގަތީ ޗާންދަނީ މަގުން މަޖީދީމަގަށް ވާގޮތަށް ކުރިއަށެވެ. އޭރު ޗާންދަނީ މަގުން ފެށިގެން މަޖީދީމަގުން އައިސް އާޓިފިޝަލް ބީޗާ ހިސާބަށް މީހުން ވަނީ ފެންބެދިފައެވެ. އަންހެނުންނާއި ފިރިހެނުންނެވެ. ޒުވާނުންނާ މެދު އުމުރާއި އުމުރުން ދުވަސްވީ މީހުންނެވެ. ކުޑަކުދިން ވެސް ނަޝީދު ފެނޭތޯ އެ ކުދިންގެ ބެލެނިވެރިންގެ ގޮނޑިގައެވެ.

ހަވީރު ހަތަރެއް ޖެހިއިރު ރައީސް ނަޝީދު ހިންގަވާފައި ވަޑައިގެންނެވި ގޮތަށް އެމަނިކުފާނަށް އާޓިފިޝަލް ބީޗާ ހަމައަށް ފޯރާވަރުވީ ގާތްގަނޑަކަށް އޭގެ ދޮޅުގަޑިއެއްއެއްހާ އިރު ފަހުންނެވެ. މަގަށް އެއްވެފައިވާ މީހުންގެ މަންޒަރުތައް މަތިން ފެންނަމުން ދިޔައީ ރީނދުލާއި ހުދުގެ ސާލެއް ފަތުރާލާފައި އޮންނަހެންނެވެ. މަގަށް ނުފޭބި ގޭގޭގައި ތިބި މީހުން ވެސް ދިޔައީ ބެލްކަންޏާއި ކުޑަދޮރުދޮށަށް ނިކުމެ އެމަނިކުފާނަށް މަރުހަބާ ކިޔަމުންނެވެ. ދިދަ އާއި ފުއްޕާހަން ހޫރަމުންނެވެ. މަވެސް ހުރީމޭ ބުނެ ހަނާއަޅަމުންނެވެ.

ތެދުތެދަށް ބުނަންޏާ އަނެއްކާ ވެސް މި ފެނުނީކީ އާދައިގެ މަންޒަރެއް ނޫނެވެ. އެތައް ދުވަހަކުންސުރެ ރާއްޖޭގެ އެތައް ބަޔަކު އެދިއެދި ތިބި ވަގުތުކޮޅު އައިސް ޖެހުނުއިރު އެ މީހުންގެ މޫނުމަތިން ވެސް ފެނުނީ އުފާވެރިކަމުގެ ޝުޢޫރުތަކެވެ. ކޮންމެ މީހަކު ވެސް ވަނީ އުފަލުން ފެންކަޅިވެފައެވެ. މިއީ އަނެއްކާ ވެސް ދިވެހިރާއްޖޭގެ ރެކޯޑެކެވެ. އެންމެ ގިނަ ބަޔަކު އެއް ބޭފުޅަކަށް ތާއީދު ކުރައްވާ ރައީސް ނަޝީދު ޤާއިމްކުރެއްވި އިތުރު އާ ރެކޯޑެކެވެ. ރާއްޖޭގެ ތާރީޚުގައި މިހާތަނަށް މީހަކަށް މަރުހަބާ ދަންނަވާކަށް މިވަރަކަށް މީހުން އެއްވެފައެއް ނުވެއެވެ. އެއްކުލައަކުން ޒީނަތްތެރިވެ މިހާ ފުރިހަމަ މަރުހަބާއެއް ދަންނަވާފައެއް ނުވެއެވެ. އަމުދުން މަރުހަބާ ދަންނަވަން އައިސްތިބި މީހުންނަށްޓަކައި މީހަކު، މިހާ ގިނަ ވަގުތު ހިންގަވާކަށް ޖެހިފައެއް ވެސް ނުވެއެވެ.

ރައީސް ނަޝީދު ރައްޔިތުންނާ މުހާތަބުކުރައްވަނީ

މި ފެނުނީ ރައީސް ނަޝީދު އެވިދާޅުވާ މޭރުމުން ނަމަ ހިތާއި ހިތުގެ ގުޅުމެކެވެ. ހަމަ ހިތުން ހިތަށް އުފެދިފައިވާ ގުޅުމެކެވެ. އެގުޅުން އުތުރިއަރައިގަނެ ރައީސް ނަޝީދަށްޓަކައި ހިތުގައި އޮތް ލޯބި ބަންޑުންކޮށްލި އުފާވެރި މަންޒަރެވެ. އެ ލޯތްބާ އެކު ޤާއިމްވެގެންދިޔަ އެ ރެކޯޑް އިތުރަށް ޚާއްޞަވެގެން އެ ދިޔައީ ރައްޔިތުންނަށްޓަކައި ކުރެއްވި މަސައްކަތުގެ ސަބަބުން ޖަލުގެ ކުޑަގޮޅިއަށް ދާންޖެހިވަޑައިގަންނަވާކަމުގެ ހިތާމަވެރި ޚަބަރު މީގެ ދެ އަހަރެއްހާ ކުރިން ދެއްވި ރައީސް ނަޝީދު ރައްޔިތުންނާ މުޚާތަބު ކުރައްވައި އެ ދެއްވި އުފާވެރި ތަޤްރީރުންނެވެ. އެ މަސައްކަތުގައި އެމަނިކުފާނަށް އެހީތެރިވެދެއްވި އަނބިކަނބަލުން ލައިލާ އާއި ދެ ދަރިކަންބަލުންނާއި އާއިލާގެ ބޭފުޅުންގެ އިތުރުން ގުޅިފައިވާ އިއްތިހާދު ހަތަރު ލީޑަރުން ކުރެއްވި ބުރަ މަސައްކަތައް ކުރެއްވި ތައުރީފުންނެވެ. ކުޑައިރުގެ ރައްޓެހިކަމުގައި އުޅުއްވަމުން މިއަދާހަމައަށް ވަޑައިގަންނަވާ، ނިމިދިޔަ އިންތިޚާބުގައި އިއްތިހާދުގެ ކެންޑިޑޭޓުގެ ގޮތުގައި އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހީމް މުހައްމަދު ސޯލިހް ފެންކަޅި ކޮށްލެއްވި އުފާވެރިކަމާއި ޝުކުރުގެ ބަސްތަކުންނެވެ.

ޖޯޝާއި ފޯރީގައި ރައީސް ނަޝީދު މިއަދު ވެސް ދެއްކެވީ ރައްޔިތުންގެ ހައްގުގެ ވާހަކަތަކެވެ. ފާއިތުވި އަހަރުތަކުގައި ގެއްލިގެން ދިޔަ އެމަނިކުފާނުގެ ހައްގުތަކުގެ ވާހަކަތަކުގެ ބަދަލުގައި ދެއްކެވީ، އެމަނިކުފާނުގެ ބަހުރުވައިން ނަމަ ރައްޔިތު މީހާގެ ހައްގުގެ ވާހަކައެވެ. ރައްޔިތު މީހާގެ ގެއްލިފައިވާ އަސާސީ ހައްގުތަކުގެ ވާހަކައެވެ. ބޯހިޔާ ވަހިކަމުގެ ހައްގުގެ ވާހަކައެކެވެ. ފްލެޓް ދޮންބެގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމުގެ ވާހަކައެވެ. އެމަނިކުފާނުގެ ކޮންމެ ޖުމްލައަކާ އެކު މުޅި ތަން ގުގުމާލައިގެން ދިޔުމުން ދައްކުވައިދިނީ އަދިވެސް އެމަނިކުފާނަކީ ދިވެހިންގެ ހިތްތަކުގެ ރަސްގެފާނު ކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު