Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސުރުޚީ

އުމަރު ނަސީރަކީ ބޮޑު ސިންގާ ދޮގުވެރިއެއް: ފައްޔާޒު

އުމަރު ނަސީރަކީ އެއްވެސް މީހެއް ނޫން- ފައްޔާޒު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 28 ޖޫން 2017 | ބުދަ 18:42
މެންބަރު ފައްޔާޒު

މެންބަރު ފައްޔާޒު

ކުރީގެ ހޯމް މިނިސްޓަރ، އުމަރު ނަސީރަކީ ސިޔާސީގޮތުން ދޮގު ހެއްދެވިކަމަށް އަމިއްލައަށް އިއުތިރާފުވެފައިވާ ދޮގުވެރިއެއް ކަމަށާއި އެފަދަ މީހަކު ދައްކަވާ ވާހަކައެއްގައި އެއްވެސް ބުރަދަނެއް ހުންނާނެކަމަށް ގަބޫލު ނުކުރައްވާކަަމަށް ގަމު ދައިރާގެ މެންބަރު ފައްޔާޒު އިސްމާއިލް ވިދަޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ކުރީގެ ރިޔާސީ ކެނޑިޑޭޓް އުމަރު ނަސީރު އެމްޑީޕީއާ ގުޅޭ ގޮތުން ދެއްވި ވާހަކަތަކަކަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވީ، އުމަރު ނަސީރަށް މާބޮޑު ރައްދެއް ދެއްވަން ޖެހިވަޑައިގަންނަވާކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއީ "އެއްވެސް ބޭފުޅެއް ނޫން" ކަމަށެވެ.

Advertisement - newsAdvertisement

" އަޅުގަނޑަށް އެކަން ސާފުވީ، އުމަރު ނަސީރު އަޅުގަނޑު ހަނދާން އެބަރުހި، އުމަރު ނަސީރު އިންނެވި ލޮނު ޒިޔާރަތްކޮޅު، ކުޑަޕާކުގެ އަރިމަތީ ގާގަނޑުގައި ބިލް ބޯޑެއް ހިފަހައްޓައިގެން، 50 އަހަރަށް ރިސޯޓު ވިއްކާލާތީ އިހްތިޖާޖު ކުރައްވަން. އުމަރު ނަސީރު ޕްރައިމަރީގައި ވިދާޅުވި، ރައީސް ޔާމީނަކީ މުޅި މި ރާއްޖޭގައި ހިނގާ ކްރިމިނަލް ސިކުޑިއޭ. ނާރޭ." ފައްޔާޒު ވިދާޅުވިއެވެ.

ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އުމަރު ނަސީރު މަޖިލީހަށް ވަޑައިގެން ދުވަހެއްގައި ޕްރައިމަރީގައި ރައީސް ޔާމީނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކާއި ގުޅޭ ގޮތުން ސުވާލު ކުރެއްވުމުން އެއީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވިކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް އެދުވަސްކޮޅު މިނިވަން ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި، އެ ވާހަކަތަކަކީ ސިޔާސީ ގޮތުން ދެއްކެވި ވާހަކައެއްކަަމަށް އުމަރު ނަސީރު ވިދާޅުވި ކަމަށާއި ސިޔާސީ ގޮތުން އެކަހަލަ ދޮގެއް ނުހެދޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

" ތިމަންނައާ އެކު ޕާޓީން ޕްރައިމަރީގައި ވާހަދަކުރާ މިހާއާ ގުޅޭ ގޮތުން އެފަދަ ދޮގެއް ނުހެދެނޭނެ. އެއީ ދޮގެއް ކަމަށްވާނަމަ، އެއަށްވުރެއް ބޮޑަށް ލާދީނީ ވެވޭނެތޯ" ފައްޔާޒު ސުވާލުކުރެއްވެވިއެވެ.

ފައްޔާރު ވިދާޅުވީ، މިފަދަ ދޮގު ވާހަކަތައް ސިޔާސީ ވަކި މަޤުޞަދެއް ހާސިލް ކުރުމަށް ދައްކަވާ ބޭފުޅަކު، ސިޔާސީ ގޮތުން ކޮންމެފަދަ ވާހަކައެއްވެސް ދައްކަވާފާނެ ކަމާއިމެދު ޝައްކުނުކުރައްވާ ކަމަށެެވެ.

ފައްޔާޒު ވަނީ އެފަދަ ބޭފުަޅަކަށް އެމްޑީޕީ ލާދީނީއޭ ނުވަތަ ހިޞާރުކޮށްގެންނޭ ވިދާޅުވެ، ވާހަކަފުޅު ނުދެއްކެވޭނެ ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީގެ ލީޑަރޝިޕް އޮތީ އެމްޑީޕީގެ މެންބަރުން ބޭނުންވާ ގޮތަށް ކަން ފާހަގަކުރައްވާ، ފައްޔާޒު ވިދާޅުވީ، ރައީސް ނަޝީދު އެޕާޓީގެ ލީޑަރަކަށް ހުންނަވަނީ އެމަނިކުފާނު ބޭނުންފުޅުވެގެން ނޫން ކަމަށެވެ. އެހެންނަމަވެސް އެއީ އެޕާޓީގެ މެންބަރުން ބޭނުންފުޅުވާގޮތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ މެންބަރުންގެ ތާއީދާއި ލޯބި، ރައީސް ނަޝީދަށް އެބައޮތް ކަމަށާއި ރައީސް ނަޝީދަށް އެ ލޯބި ލިބެނީ އެމަނިކުފާނު ކަންކަން ކުރައްވާ ގޮތް އެމްޑީޕީގެ މެންބަރުންނަށް ކަމުދާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު ކުރައްވާ ކަންކަން ކަމު ނުދާނަމަ، އެމަނިކުފާނުވެސް އެމްޑީޕީގެ ލީޑަރޝިޕްގައި ނުހުންނަވާނެކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު