Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދިވެހި ލަވަ

ލަވަފޮށީގެ އާޓިސްޓް ރޭންކިންގައި އަލީ ރަމީޒު ފަހަތަށް ޖައްސާލައި މާޓު އެއްވަނައަށް

ދުވާލަކު 300 އެއްހާ މީހުން މި އެޕްލިކޭޝަން އަލަށް ބޭނުންކުރަން ފަށާ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 31 އޮކްޓޯބަރު 2018 | ބުދަ 03:21
މާރޯކާ އަލްބަމްގެ ޕޯސްޓަރެއް

މާރޯކާ އަލްބަމްގެ ޕޯސްޓަރެއް

ރާއްޖޭގެ އެންމެ މަޤުބޫލު އޯޑިއޯ ސްޓްރީމިންގ ޕްލެޓްފޯމް، ލަވަފޮށީގެ އާޓިސްޓް ރޭންކިންގެ އެންމެ އުހުގައި ގިނަ ދުވަސްތަކެއް ވަންދެން ރަސްކަން ކުރަމުންދިޔަ ކުރީގެ މަޝްޙޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު ފަހަތަށް ޖައްސާލައި، ސިމްބޮލިކް ރިކޯޑްސްގެ އާޓިސްޓް މުޙައްމަދު މާހިދު (މާޓު) އެ ލިސްޓުގެ އެއްވަނައަށް އަރައިފިއެވެ.

މީގެ އެއް އަހަރާއި ދެ މަސް ކުރިން ލޯންޗްކުރި ލަވަފޮށި އެޕްލިކޭޝަން މިހާރު 60،000 އަށް ވުރެ ގިނަ މީހުން ބޭނުންކުރަމުންދާއިރު، ދުވާލަކު 300 އެއްހާ މީހުން މި އެޕްލިކޭޝަން އަލަށް ބޭނުންކުރަން ފަށާ ކަމަށް ލަވަފޮށި ޓީމުން ބުނެއެވެ.

ލަވަފޮށީގައި މާޓުއަށް މިވަރުގެ މަޤުބޫލުކަމެއް ލިބިގެން ގޮސްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ރިލީޒްކުރި އޭނާގެ ސޯލޯ އަލްބަމް "މާރޯކާ"، ސެޕްޓެމްބަރ 19 ވަނަ ދުވަހު އެ އެޕްލިކޭޝަނުގައި ހިމެނުމުންނެވެ. ޖުމްލަ 12 ދުވަހުގެ ތެރޭގައި "މާރޯކާ" ވަނީ ލަވަފޮށީގައި އެންމެ މަޤުބޫލު އަލްބަމްގެ މަޤާމު ވެސް ހޯދާފައެވެ.

ގިނަ ދުވަސްތަކަކަށް ފަހު ލަވަފޮށީގެ އާޓިސްޓް ރޭންކިންގއަށް މި އައި ބަދަލާ ގުޅިގެން ލަވަފޮށީގެ މެނޭޖްމަންޓުން ބުނީ، ޒުވާން ދިވެހި އާޓިސްޓަކަށް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާބޮޑު ތަރުހީބެއް ލިބިގެންދިއުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.

ސިމްބޮލިކް ރިކޯޑްސްގެ އާޓިސްޓަކަށް ލިބުނު މި ކާމިޔާބާއި ގުޅިގެން އެ ލޭބަލްއިން ވަނީ މިއީ ޒުވާނުންގެ މެދުގައި ރެޕް މިއުޒިކަށް އޮތް މަޤުބޫލުކަން އިތުރުވަމުންދާކަން ހާމަވާ ކަމެއްކަން ފާހަގަކޮށް، މި ކާމިޔާބީއާ މެދު ފަޚުރުވެރިވާކަން ހާމަކޮށްފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2020

ދިރާގު ޓީވީއަށް މޭކަޕް އާޓިސްޓް ރުތުބާގެ މޭކަޕް ޝޯވއެއް

15 ޖެނުއަރީ 2020
ދިރާގު ޓީވީއަށް މޭކަޕް އާޓިސްޓް ރުތުބާގެ މޭކަޕް ޝޯވއެއް
03 މެއި 2019

ޓައިގާގެ ވާހަކަ ވަނީ ނިމިފައި: އަލީ އައްބާސް

03 މެއި 2019
ޓައިގާގެ ވާހަކަ ވަނީ ނިމިފައި: އަލީ އައްބާސް
24 އޮކްޓޯބަރު 2018

މާމުއި ގެ 95 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި:މުހައްމަދު އަލީ

24 އޮކްޓޯބަރު 2018
މާމުއި ގެ 95 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި:މުހައްމަދު އަލީ
20 ޖުލައި 2018

ލެކިއުޓުން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އާއި ގުޅިގެން އެލީޝާގެ ކަރުދާހުން ކަނޑުއަޑި ދައްކާލައިފި

20 ޖުލައި 2018
ލެކިއުޓުން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އާއި ގުޅިގެން އެލީޝާގެ ކަރުދާހުން ކަނޑުއަޑި ދައްކާލައިފި
29 މާރިޗު 2018

ސައިފް އަލީ ޚާންއާޢި އަމްރިތާ ސިންގގެ ދަރިފުޅު ސާރާގެ 'ސިމްބާ' ޑިސެމްބަރ މަހު ރިލީޒް ކުރަނީ

29 މާރިޗު 2018
ސައިފް އަލީ ޚާންއާޢި އަމްރިތާ ސިންގގެ ދަރިފުޅު ސާރާގެ 'ސިމްބާ' ޑިސެމްބަރ މަހު ރިލީޒް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު