Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދިވެހި ފިލްމް އިންޑަސްޓްރީ

މާމުއި ގެ 95 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި:މުހައްމަދު އަލީ

ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 24 އޮކްޓޯބަރު 2018 | ބުދަ 06:31
މާމުއި ގެ ޕޯސްޓަރު

މާމުއި ގެ ޕޯސްޓަރު

މަގުބޫލު ފިލްމުތައް ނެރެމުން އަންނަ ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ ޑާކްރެއިން އެންޓަޓައިންމަންޓުން އުފައްދަމުން އަންނަ ފިލްމް "މާމުއި"ގެ 95 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ފިލްމްގެ ޑައިރެކްޓަރ މުހައްމަދު އަލީ (މޮގާ) ބުނެފި އެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން މޮގާ ބުނީ ފިލްމްގެ ޝޫޓިންތައް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށާއި 95 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ކުރިން ވެސް މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ތާރީޚް ކަމަށްވާ އަންނަ އަހަރުގެ އެޕްރީލް މަހު ގައި ކަމަށް މޮގާ ބުންޏެވެ.

މި ފިލްމަކީ އައިޝަތު ފުއާދު އަދި އަލީ ޝިފާއުގެ ސްކްރީން ޕްލޭ އަކަށް ތައްޔާރުކުރާ ތަފާތު ފިލްމެއް ކަމަށް މޮގަރ ބުންޏެވެ.

މާމުއިގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރު އެވެ.

ކާމިޔާބު ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ މި ފިލްމުގެ ކާސްޓަށް އިތުރުވެފައިވާ ތަރިންގެ ތެރޭގައި ހިމެނެނީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ ގެ އިތުރުން އަލީ ޝަޒްލީމް އެވެ.

މީގެ އިތުރުން މި ދާއިރާ އަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ ވެސް މި ފިލްމުން ފެނިގެން ދާނެ ކަމަށް މޮގާރ ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

03 އޯގަސްޓު 2017

ބޮލީވުޑް ފިލްމީ ދާއިރާގައި ކާޖޮލް މަސައްކަތްކުރަމުން އަންނަތާ 25 އަހަރު ފުރިއްޖެ

03 އޯގަސްޓު 2017
ބޮލީވުޑް ފިލްމީ ދާއިރާގައި ކާޖޮލް މަސައްކަތްކުރަމުން އަންނަތާ 25 އަހަރު ފުރިއްޖެ
29 ޖޫން 2017

"ނޯޓީ ފޯޓީ" އެންމެ ފަހުގެ މަސައްކަތް ފަށައިފި

29 ޖޫން 2017
"ނޯޓީ ފޯޓީ" އެންމެ ފަހުގެ މަސައްކަތް ފަށައިފި
19 މެއި 2017

"ވީރޭ ދި ވެޑިން" ގެ މަސައްކަތް އޮގަސްޓަށް ލަސްކޮށްފި

19 މެއި 2017
"ވީރޭ ދި ވެޑިން" ގެ މަސައްކަތް އޮގަސްޓަށް ލަސްކޮށްފި
09 މެއި 2017

"އެމެރިކަން އައިޑޮލް" އަލުން ގެނައުމުގެ މަސައްކަތް ފަށައިފި

09 މެއި 2017
"އެމެރިކަން އައިޑޮލް" އަލުން ގެނައުމުގެ މަސައްކަތް ފަށައިފި
03 އެޕްރީލު 2017

ފިލްމު"ހައްދު"ގެ 20 ޕަސެންޓް މަސައްކަތް ނިންމާލައިފި

03 އެޕްރީލު 2017
ފިލްމު"ހައްދު"ގެ 20 ޕަސެންޓް މަސައްކަތް ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު