Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ސައިފް އަލީ ޚާންއާޢި އަމްރިތާ ސިންގގެ ދަރިފުޅު ސާރާގެ 'ސިމްބާ' ޑިސެމްބަރ މަހު ރިލީޒް ކުރަނީ

ކަރީނާއާ ކައިވެނި ކުރުމުގެ ކުރިން ސައިފް ވަނީ އަމްރިތާއާ ކައިވެނިކޮށްފަ

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 29 މާރިޗު 2018 | ބުރާސްފަތި 07:17
ސާރާ އަލީ ޚާން

ސާރާ އަލީ ޚާން

އިންޑިއާގެ ފިލްމް އިންޑަސްޓްރީގެ މަޝްހޫރު ތަރިން، ނުވަތަ ލެޖެންޑުންގެ ދަރިން އިންޑަސްޓްރީން ފެންނާނެ ދުވަހަކަށް ގިނަ މީހުން އިންތިޒާރު ކުރެއެވެ.

އެގޮތުން ޖެކީ ޝްރޮފްގެ ދަރިފުޅު ޓައިގަރ އަދި ޝަތްރޫގަން ސިންހާގެ ދަރިފުޅު ސޮނާކްޝީއަކީ މިހާރު ބޮލީވުޑްގައި ފާހަގަ ކުރެވޭ ތަރިންތަކެކެވެ. މީގެ އިތުރުން، ފެބްރުއަރީ މަހު ކުއްލި ގޮތަކަށް ނިޔާވި، ސްރީދޭވީ ކަޕޫރުގެ ދަރިފުޅު ޖާންވީވެސް މިއަހަރު ފިލްމަކުން ފެނިގެންދާނެއެވެ.

ބޮލީވުޑްގެ ޕަވަރކަޕްލްއެއްކަމަށް ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރު މިހާރު ވިނަމަވެސް، ސައިފް 1991އިން 2004 ވަނަ އަހަރާ ހަމައަށް އުޅުނީ އަމްރިތާ ސިންގާ ކައިވެނިކޮށްގެންނެވެ.

މި ދެ މީހުންގެ ދެ ކުދިން ހުރެއެވެ. ސާރާ އަލީ ޚާންއާއި އިބްރާހިމް އަލީ ޚާންއެވެ.

މިހާރު އެންމެ ހޫނު އެއް ވާހަކައަކީ، ސައިފްއާއި އަމްރިތާގެ އަންހެން ދަރިފުޅު ސާރާ ފިލްމީ ދުނިޔެއަށް ނިކުންނަ ވާހަކައެވެ.

މީގެ ކުރިންވެސް ސާރާގެ ވާހަކަ ވަނީ ދެކެވިފައެވެ. މަޝްހޫރު ޑައިރެކްޓަރެއްކަމަށްވާ އަބިޝޭކް ކަޕޫރު ވަނީ ސާރާއަށް ބޮލީވުޑްގެ "ޓިކެޓް" ދޭން ނިންމާފައެވެ. އޭނާގެ ފިލްމް "ކެޑަރްނާތު"ން ސާރާއަށް މައި ރޯލެއް ދީފައިވާއިރު، ފިލްމްގެ ޝޫޓިންގ ފަށާފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހެެވެ.

ނަމަވެސް ޖެހުނު މައްސަލައަކާ ގުޅިގެން އަބީޝޭކަށް އެކަން ނުވެގެން އުޅެނިކޮށް، މަޝްހޫރު ޑައިރެކްޓަރ ކަރަން ޖޯހަރު ވަނީ ސާރާ ފިލްމަކަށް ސޮއެ ކުރުވާފައެވެ. އެއީ ރަންވީރު ސިންގާއެކު، ރޯހިތު ޝެޓީގެ "ސިމްބާ"އިންނެވެ.

ސިމްބާ ރިލީޒް ކުރަން ހަމަޖެހިފައިވަނީ 28 ޑިސެމްބަރުގައެވެ. ކެޑަރްނާތު ރިލީޒް ކުރަން ކުރިން ނިންމާފައިވަނީ 21 ޑިސެމްބަރުގައެވެ. ނަމަވެސް މިހާރު ވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީއަށް ފަސް ކުރެވިފައެވެ.

އިތުރަށް ކިޔާލަން

27 އެޕްރީލު 2018

ވިހެއުމަށް ފަހު އަލުން ފިލްމީ ދާއިރާއަށް ގުޅެން އެންމެ ބާރު އެޅީ ސައިފް: ކަރީނާ

27 އެޕްރީލު 2018
ވިހެއުމަށް ފަހު އަލުން ފިލްމީ ދާއިރާއަށް ގުޅެން އެންމެ ބާރު އެޅީ ސައިފް: ކަރީނާ
10 އެޕްރީލު 2018

ސައިފްގެ ނެޓްފްލިކްސްގެ ޑްރާމާ ސީރީޒް ސެކްރެޑް ގޭމްސް: އަންނަ ޖޫން 6 ގައި

10 އެޕްރީލު 2018
ސައިފްގެ ނެޓްފްލިކްސްގެ ޑްރާމާ ސީރީޒް ސެކްރެޑް ގޭމްސް: އަންނަ ޖޫން 6 ގައި
10 ޖެނުއަރީ 2018

ސާރާ އަބަދުވެސް ބޭނުން ވަނީ އެކްޓަރަކަށް ވާން: ސައިފް އަލީ ޚާން

10 ޖެނުއަރީ 2018
ސާރާ އަބަދުވެސް ބޭނުން ވަނީ އެކްޓަރަކަށް ވާން: ސައިފް އަލީ ޚާން
19 ޑިސެމްބަރު 2017

ތައިމޫރުގެ އުފަން ދުވަހަށް ސައިފް އާއި ކަރީނާ އިންޑިއާގެ ޕަޓައުޑީއަށް

19 ޑިސެމްބަރު 2017
ތައިމޫރުގެ އުފަން ދުވަހަށް ސައިފް އާއި ކަރީނާ އިންޑިއާގެ ޕަޓައުޑީއަށް
16 ނޮވެމްބަރު 2017

ތައިމޫރުގެ އުފަންދުވަހާ ދިމާކޮށް ސައިފް ޖިޕެއް ގަނެފި

16 ނޮވެމްބަރު 2017
ތައިމޫރުގެ އުފަންދުވަހާ ދިމާކޮށް ސައިފް ޖިޕެއް ގަނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު