Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމޭކަޕް އާޓިސްޓް

ދިރާގު ޓީވީއަށް މޭކަޕް އާޓިސްޓް ރުތުބާގެ މޭކަޕް ޝޯވއެއް

މޭކަޕް ބައި ރުތްބާ ވެގެން ދާނީ މި ފަދަ ގޮތަކަށް ދިވެހި ޓީވީ ޕްލެޓްފޯމެއްގައި ނެރޭ ފުރަތަމަ ޝޯވއަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 ޖެނުއަރީ 2020 | ބުދަ 13:08
މި ސީރީޒް ދިރާގުޓީވީގެ ވީޑިއޯ އޮން ޑިމާންޑް ލައިބްރަރީ އިން މި އަހަރު ތެރޭގައި އާންމުންނަށް ފެނިގެންދާނެ

މި ސީރީޒް ދިރާގުޓީވީގެ ވީޑިއޯ އޮން ޑިމާންޑް ލައިބްރަރީ އިން މި އަހަރު ތެރޭގައި އާންމުންނަށް ފެނިގެންދާނެ

ދިރާގު ޓީވީން ދިވެހި މަޝްހޫރު މޭކްޕް އާޓިސްޓް ރުތުބާ އާއި ގުޅިގެން މޭކަޕް ޝޯވ އެއްގެ ކޮންޓެންޓް އުފެއްދުމަށް ސޮއިކޮށްފިއެވެ.

ރުތުބާ އަކީ ރާއްޖޭގެ ފުންނާބު އުސް އެއް މޭކަޕް އާޓިސްޓެވެ. ރުތުބާގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެއް ފެނިގެން ދިޔައީ 2019 ވަނަ އަހަރު "ވައިޓް ފަޔަރ" ގެ ނަމުގައި މޫސުމަށް އަންނަ ބަދަލާ ބެހޭގޮތުންނާއި، ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ދައްކުވައިދޭން ބޭއްވި ފޮޓޯގްރަފީ އެކްސިބިޝަނުގައެއެވެ. މީގެ އިތުރުން ރުތުބާ ވަނީ ޔޫތު މިނިސްޓްރީއާ ގުޅިގެން މޭކަޕް ކޭމްޕެއް ވެސް ބާއްވާފައެވެ. "މޭކަޕް ބައި ރުތުބާ" ވެގެން ދާނީ މި ފަދަ ގޮތަކަށް ދިވެހި ޓީވީ ޕްލެޓްފޯމެއްގައި ނެރޭ ފުރަތަމަ ޝޯވއަށެވެ. މި ސީރީޒް ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް ލައިބްރަރީން، މި އަހަރު ތެރޭގައި ޢާންމުންނަށް ފެނިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ރުތުބާ ބުނީ ދިރާގުން މިވަރުގެ ފުރުޞަތެއް ލިބުމުން އެއީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ދިރާގު ޓީވީން ދިވެހި ފަންނުވެރިން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ދިވެހި އާރޓިސްޓުން އަބަދުވެސް ބަލައި ގަންނަކަމަށެވެ.

ދިރާގު ޓީވީން ކުރިއަށް އޮތް ތާނގައިވެސް ދިވެހި ފަންނާނުންގެ އުފެއްދުންތަށް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމުގައި ޚާއްޞަ ފުރުޞަތުތަށް މަގު ފަހިކޮށްދެމުންދާނެ ކަމަށް ދިރާގުން މަޢުލޫމާތުދެއެވެ. ދިރާގުގެ ޢަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފަންނުވެރިންނަށް ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް ގެންގޮސްދިނުމެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީން ޚަބަރާއި މުނިފޫހިފިލުވުމުގެ ޕްރޮގުރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ. ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ. ދިރާގު ޓީވީ ތަޢާރަފު ކުރިތާ ވީ ދެ އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްދީފައެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ 74 އިންސައްތައަށް ދިރާގު ޓީވީގެ ޚިދުމަތް ވަނީ ފޯރުކޮށްދީފައެވެ.

އިތުރަށް ކިޔާލަން

05 އޯގަސްޓު 2019

ދިޕިކާ މޭކަޕް ނުކޮށް މެގަޒިންއެއްގެ ކަވަރ ފޮޓޯ ޝޫޓްކޮށްފި

05 އޯގަސްޓު 2019
ދިޕިކާ މޭކަޕް ނުކޮށް މެގަޒިންއެއްގެ ކަވަރ ފޮޓޯ ޝޫޓްކޮށްފި
31 އޮކްޓޯބަރު 2018

ލަވަފޮށީގެ އާޓިސްޓް ރޭންކިންގައި އަލީ ރަމީޒު ފަހަތަށް ޖައްސާލައި މާޓު އެއްވަނައަށް

31 އޮކްޓޯބަރު 2018
ލަވަފޮށީގެ އާޓިސްޓް ރޭންކިންގައި އަލީ ރަމީޒު ފަހަތަށް ޖައްސާލައި މާޓު އެއްވަނައަށް
20 ޖުލައި 2018

ލެކިއުޓުން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އާއި ގުޅިގެން އެލީޝާގެ ކަރުދާހުން ކަނޑުއަޑި ދައްކާލައިފި

20 ޖުލައި 2018
ލެކިއުޓުން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އާއި ގުޅިގެން އެލީޝާގެ ކަރުދާހުން ކަނޑުއަޑި ދައްކާލައިފި
06 ޖޫން 2018

މޭކަޕް ނުފިލުވާ ނިދަންޏާ ވާނީ މިހެން!

06 ޖޫން 2018
މޭކަޕް ނުފިލުވާ ނިދަންޏާ ވާނީ މިހެން!
16 އެޕްރީލު 2018

ޖެނިފާ ލޮޕޭޒްގެ މޭކަޕް ލައިން މިމަހުގެ ފަހުކޮޅު

16 އެޕްރީލު 2018
ޖެނިފާ ލޮޕޭޒްގެ މޭކަޕް ލައިން މިމަހުގެ ފަހުކޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު