Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްނައިޕަރުގެ މައްސަލަ

ލަންކާގެ 'ސްނައިޕަރަށް' ބޮޑެތި އަނިޔާތަކެއް ރާއްޖޭގެ ޖަލުގައި ދީފައިވޭ: އެމްނެސްޓީ

30 އޮކްޓޯބަރު 2018 | އަންގާރަ 12:51

ސައިން އާދަމް ބިލްޑިންގްއަށް އޭނާ ގެންގޮސް، އޭނާއަށް ހޭ ނެތެންދެން އަނިޔާކޮށް، އޭނާ ގައިގައި ތެޅި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 30 އޮކްޓޯބަރު 2018 | އަންގާރަ 12:51
މަދުޝަންކަރު ކޯޓަށް ގެންދަނީ

މަދުޝަންކަރު ކޯޓަށް ގެންދަނީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސްރީލަންކާގެ ރައްޔިތެއްކަމަށްވާ ލަހިރު މަދުޝަންކަރަށް ރާއްޖޭގެ ޖަލުގައި ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާއެއްކަމަށްވާ އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބުނެފިއެވެ.

ލަންޑަންގައި މައި އޮފީސް ޤާއިމްކޮށްފައިވާ އެމްނެސްޓީއިން "މޯލްޑިވްސް: ދަ ޓޯޗަރަސް އޯޑީލް އޮފް އަ ޕްރިޒަނަރ އިން ޕެރެޑައިސް"ގެ ނަމުގައި ނެރުނު ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި މަދުޝަންކަރު ހައްޔަރުކުރި ހިސާބުން ފެށިގެން ތަހުޤީޤީ މަރުހަލާގައިވެސް އަދި ޖަލުގައިވެސް އޭނާއަށް ބޮޑެތި ލާއިންސާނީ އަނިޔާތައް ދީފައިވެއެވެ.

Advertisement - newsAdvertisement

2015 ވަނަ އަހަރު މަދުޝަންކަރު ހައްޔަރުކުރީ ރައީސް އަބްދުﷲ ޔާމީން އަވަހަރާކޮށްލަން އޭރުގެ ނައިބު ރައީސް އަހުމަދު އަދީބުގެ ރޭވުމެއްގެ ދަށުން ގެނައި ސްނައިޕަރެއްކަމަށް ބުނެއެވެ.

މަދުޝަންކަރު ހައްޔަރުކުރުމަށްފަހު ތަހުޤީޤު މަރުހަލާގައި އޭނާއަށް ތަރުޖަމާނަކު ފޯރުކޮށް ނުދޭކަމަށާއި، ފުރަތަމަ 3 އަޑު އެހުން ފިޔަވައި އެހެން ހުރިހާ އަޑުއެހުމެއްގެ ޝަރީޢަތް ސިއްރުކުރެވުނުކަންވެސް އެޖަމާޢަތުން ފާހަގަކުރިއެވެ. އަދި ހަމައެއާއިއެކު މަދުޝަންކަރާއި ދެކޮޅަށް ހުށަހެޅި ހެކިން ސިއްރުކުރުމުގެ ސަަބަބުން އެކަށީގެންވާ ގޮތެއްގައި އޭނާގެ ވަކީލުންނާއި ހެކިންނާއި ސުވާލު ކުރެވިފައިނުވާއިރު، މަދުޝަންކަރާއި ދެކޮޅަށް ހެކިބަސް ދެނީ ފުލުހުންގެ މަޖުބޫރުކުރުމާއި ބިރު ދެއްކުމުގެ ސަބަބުންކަމަށް ޝަރީޢަތުގެ މަޖިލީހުގައި 2 ހެއްކަކު ބުނިކަމަށްވެސް ވަކީލު ފާހަގަކޮށްފައިވެއެވެ.

އެމްނެސްޓީގެ ރިޕޯޓުގައިވާ ގޮތުން އޭނާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާގެ އެއް ކަންފަތުގެ އިވުން ވަގުތީ ގޮތުން ގެއްލުނެވެ. އަދި އޭނާ ހައްޔަރުކުުރުމަށްފަހު ފަސް ދުވަސްފަހުން ފުލުހުންގެ މައި މަރުކަޒު ހުސައިން އާދަމް ބިލްޑިންގްއަށް އޭނާ ގެންގޮސް، އޭނާއަށް ހޭ ނެތެންދެން އަނިޔާކޮށް، އޭނާ ގައިގައި ތެޅިއެވެ. އަދި ކޭބަލަކުން އޭނާ ގައިގައި ތެޅިކަަމަށާއި، މޫނަށް ޕިންތަކެއް ހެރިކަމަށްވެސް އާއިލާގެ ބައެއް ފަރާތްތަކާއި ވަކީލުންނާއި ހަވާލާދީ އެރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން އޭނާއަށް އަނިޔާކޮށް ހޭނެތުމަށްފަހު، އަލުން ހޭއިރުއިރު އޭނާގެ މޫނަށް ޕިންތަކެއް ހަރާފައިވާކަން އިހުސާސް ކުރެވުނުކަމަށާއި، ލައިގެން ހުރި ހެދުމުގައި ލޭ ހޭކިފައި ހުރިކަމަށް މަދުޝަންކަރުގެ ވަކީލުންނާއި ހަވާލާދީ އެމްނެސްޓީއިން ފާހަގަކުރިއެވެ.

މީގެ އިތުރުން އެހެން މީހަކާއި ވާހަކަ ނުދެއްކޭ ގޮތަށް އޭނާ އެކަހެރިކޮށްފައި ބަހައްޓާކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މަދުޝަންކަރާއި މެދު އަމަލުކުރާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށް މި ރިޕޯޓުގައި އެމްނެސްޓީގެ ދެކުނު އޭޝިއާގެ ރިސަރޗް ޑިރެކްޓަރ ދިނުޝްކާ ޑިސަނަޔަކަ ބުނީ މަދުޝަންކަރާއިމެދު އަމަލުކޮށްފައިވާ ލާއިންސާނީ ގޮތްތަކުގެ ސަބަބުން ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ޙާލަތާއި، ބަންދުގައި ތިބޭ ފަރާތްތަކާއިމެދު އަމަލުކުރެވޭ ގޮތާއިމެދު ކަންބޮޑުވާ ސުވާލުތަކެއް އުފެދޭކަމަށެވެ.

މީގެ އިތުރުން މަދުޝަންކަރާއިމެދު ރާއްޖެއިން ކަންތައް ކުރަމުންދާ ގޮތުގައި ލަންކާ ސަރުކާރުގެ އިހުމާލުވެސް އެބައޮތްކަމަށް އެމްނެސްޓީއިން ފާހަގަކުރިއެވެ. އެގޮތުން އޭނާއަށް ބޭނުންވާ ކޮންސިއުލަރ ސަރވިސް ލަންކާ އެމްބަސީއިން އެކަށީގެންވާ ގޮތެއްގައި ދީފައި ނުވާކަމަށް ޑިސަނަޔަކަ ފާހަގަކުރިއެވެ.

މަދުޝަންކަރާއި ގުޅޭގޮތުން އެމްނެސްޓީއިން ފާހަގަކޮށްފައިވާ ކަންކަން ބަލައި، އެކަން ތަހުޤީޤުކުރުމަށް ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް އެމްނެސްޓީއިން ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް