Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ - މެކްސިކޯ

އެމެރިކާ - މެކްސިކޯ ބޯޑަރު ކައިރިއަށް 5،200 ސިފައިން ފޮނުވަން ނިންމައިފި

30 އޮކްޓޯބަރު 2018 | އަންގާރަ 09:31

ރައީސް ޓްރަމްޕްވަނީ ރެފިއުޖީން އެގައުމަށް ނުދިއުމަަށް އިންޒާރުދެއްވާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 30 އޮކްޓޯބަރު 2018 | އަންގާރަ 09:31
ރެފިއުޖީން ތިބީ އެމެރިކާގެ ސަރަހައްދީ ރޮނގާއި 1000 މޭލަށް ދުރުމިނުގައި

ރެފިއުޖީން ތިބީ އެމެރިކާގެ ސަރަހައްދީ ރޮނގާއި 1000 މޭލަށް ދުރުމިނުގައި

އެމެރިކާއަށް އެތެރެވުމަށް ފައި މަގުގައި ދަތުރުކުރަމުންދާ މެދުތެރޭ އެމެރިކާ ސަރަހައްދުގެ ޤައުމުތަކުގެ އެތައް ހާސް ރެފިއުޖީން ހިމެނޭ ޤާފިލާ ހުއްޓުވުމަށް އެމެރިކާގެ އާއި މެކްސިކޯ ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް އެމެރިކާގެ 5،200 ސިފައިން ފޮނުވުމަށް އެ ގައުމުން ނިންމައިފިއެވެ.

ޖެނެރަލް ޓެރެންސް އޮޝޮގްނެސީ ވިދާޅުވީ އޮޕަރޭޝަން ފެއިތުފުލް ޕެޓްރިއަޓް އަމާޒުކުރާނީ ޓެކްސަސް، އެރިޒޯނާ، އަދި ކެލިފޯނިއާ އަށް ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްްޕް ކުރިން ވިދާޅުވެފައި ވަނީ އެ ގައުމު ހިފަން އަންނަ ހިޖުރަވެރިންނާއި އެމެރިކާގެ ސިފައިން ބައްދަލުކުރާނެ ކަމަށާއި އެ މީހުން ތިބީ ތައްޔާރަށް ކަމަށެވެ.

އޭޕްރީލް މަހު ރައީސް ޓްރަމްޕް އެދިވަޑައިގަތް އެދިވަޑައިގަތުމުގެ މަތިން މިހާރު ވެސް ސަރަހައްދީ ރޮނގަށް ނޭޝަނަލް ގާޑުގެ 2،100 ސިފައިން ފޮނުވާފައި ވެއެވެ.

އެމެރިކާގެ މިޑްޓަރމް އިންތިޚާބަށް އެންމެ ހަފްތާއަކަށް ވެފައިވާއިރު މައި ދެ ޕާޓީން ވެސް ދަނީ ރެފިއުޖީންގެ މައްސަލަ ސިިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ކަމަށް އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުކުރަމުންނެވެ.

ނޮވެމްބަރ މަހުގެ 6 ވަނަ ދުވަހު ބާއްވާ މިޑްޓަރމް އިންތިޚާބުގައި ރައީސް ޓްރަޕްމްގެ ރިޕަބްލިކަން ޕާޓީން ދަނީ ކޮންގްރެސްގެ ދެ ގެ ވެސް ޑިމޮކްރޭޓުންގެ އަތަށް ދިޔަ ނުދިނުމަށް މަސައްކަތްކުރަމުންނެވެ.

އެމެރިކާއަށް ހިޖުރަކުރުމަށް އެ ގައުމަށް މިސްރާބު ޖަހާފައިވާ ރެފިއުޖީން އަދިވެސް ތިބީ އެމެރިކާގެ ސަރަހައްދީ ރޮނގާއި 1000 މޭލަށް ދުރުގައެވެ.

މީގެ ތެރޭގައި ގިނައިން ތިބީ ގުއަޓަމާލާ، ހޮންޑިއުރަސް އަދި އެލް ސެލްވަޑޯރ ފަދަ ޤައުމުތަކުގައި ހިނގަމުންދާ އެކިއެކި ހަމަނުޖެހުންތަކުން ސަލާމަތްވެ، ރައްކާތެރި ދިރިއުޅުމެއް ހޯދުމަށް އެމެރިކާއަށް މިސްރާބު ޖަހާފައިވާ މީހުންނެވެ.

ޖެނެރަލް އޮޝޮގްނެސީ ވިދާޅުވީ މިހަފްތާ ނިމޭއިރު ސިފައިން ބައިތިއްބާނެ ކަމަށާއި އެ މީހުންނަށް ހަތިޔާރާއި، ހެލިކޮޕްޓަރާއި، މަތިންދާބޯޓް ދެވިފައިވާނެ ކަމަށެވެ. އަދި އެމީހުން ތިބޭނީ ސަރަހައްދީ ރޮނގުގައި ޖަހާފައިވާ ފެންސް ކައިރީ ތިބޭ ޕެޓްރޯލް އޭޖެންޓުންނަށް އެހީ ފޯރުކޮށްދިނުމަށް ކަމަށެވެ.

ހޯމަ ދުވަހު ރައީސް ޓްރަމްޕް ވަނީ އެމެރިކާއަށް ދެކުނުގެ ސަރަހައްދީ ރޮނގާ ދިމާލަށް މިސްރާބު ޖަހާފައިވާ ރެފިއުޖީންގެ ތެރޭގައި ގޭންގް މެމްބަރުންނާއި ވަރަށް ނުބައި މީހުން އެބަ ތިބި ކަމަށެވެ.

ޙިމާޔަތް ހޯދުމުގެ ނިޔަތުގައި އެމެރިކާގެ ސަރަހައްދީ ރޮނގަށް އައިސް ޙިމާޔަތަށް އެދިއްޖެ ކޮންމެ މީހެއްގެ ވާހަކަތައް އަޑު އެހުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ސޮއިކޮށްފައިވާ މުޢާހަދާތަކުގެ ދަށުން އެމެރިކާއަށް މަޖުބޫރު ކަމެކެވެ. އެހެންނަމަވެސް މިސްރާބު ބަދަލުކޮށް، އަނބުރާ ޤައުމަށް ދިޔުމަށް އެމީހުންނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް