Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސް މައުމޫން

ޤާނޫނާއި ހިލާފަށް ބަންދުކޮށް، ހައްޤުތައް ނިގުޅައިގަތުމުން މާލީ ބަޔާން ހުށަހެޅެން ނެތްކަން ފާރިސް އަންގައިފި

29 އޮކްޓޯބަރު 2018 | ހޯމަ 16:07

މާލީ ބަޔާން ހުށަހެޅުމަށް ހުރި ގިނަ ހުރަސްތަކެއް ފާރިސް ފާހަގަކުރައްވާފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 29 އޮކްޓޯބަރު 2018 | ހޯމަ 16:07
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން

ޤާނޫނާއި ހިލާފަށް ބަންދުކޮށް، ހައްޤުތައް ނިގުޅައިގަނެ، ހިފަހައްޓާފައިވާތީ މާލީ ބަޔާން ހުށަހެޅެން ނެތްކަން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް އަންގައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ޤާނޫނުގައި ބުނެފައިވާގޮތުން ފާއިތުވެ ދިޔަ އަހަރުގެ މާލީ ބަޔާން އޮކްޓޯބަރު މަހުގެ 31 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށައަޅަންޖެހެ އެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް އެޑްރެސްކޮށް ފާރިސް ފޮނުވި ސިޓީގައި ވަނީ މާލީ ބަޔާން ހުށަހަޅަން ބޭނުންވިނަމަވެސް ގިނަ ސަބަބުތަކަކާއިހުރެ މާލީ ބަޔާން ހުށަހެޅެން ނެތް ކަމަށެވެ. އެގޮތުން 18 ޖުލައި 2017 އިން ފެށިގެން ދޮގު ތުހުމަތެއްގައި ޤާނޫނާއި ހިލާފަށް އޭނާ ބަންދުކޮށްފައިވާކަން ފާރިސް ފާހަގަކުރައްވާފައިވެއެވެ.

އޭގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ބަންދުކުރުމާއި ގުޅިގެން އަމަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކުގެ ޤާނޫނުގައި ލާޒިމްކޮށްފައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސާއި، މަޖިލީހުގެ އަމިންއާމާއި، މަޖިލީހުގެ އިދާރާއިން އަމަލުކޮށްފައިނުވާކަމަށް ފާރިސް ފާހަގަކުރައްވާފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ބަންދުކުރުމާއި ގުޅިގެން އަމަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކުގެ ޤާނޫނުގައި ލާޒިމްކޮށްފައިވާ ގޮތުގެމަތިން އަމަލުކުރެއްވުުމަށް ޤާނޫނީ އެއްވެސް ޢުޛުރެއް ނެތި އިންކާރުކުރައްވައި ޤާނޫނަށް ކަނޑައެޅިގެން ނުކިޔަމަންތެރިކަންމަތީގައި މަޖިލީހުގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ އަމިންއާމާއިި، މަޖިލީހުގެ އިދާރާގެ ކަމާއިބެހޭ މުވައްޒިފުން ދެމިތިއްބަވާ ތިއްބެވުމަށް މިއަދަށް 106 ދުވަސްވެފައިވާކަން ފާރިސްގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

އެ ކަންތައްތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ޤާނޫނީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި ރައްޔިިތުންގެ މަޖިލީހުގެ އަމީންްއާމާއި ރައްޔިތުންގެ މަޖިލީހުގެ އއިދާރީ މުވައްޒިފުންގެ ކިބައިން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާގެ ފަރާތުންނާއި ޤާނޫނީ ވަކީލުންގެ ފަރާތުން ދަންނަވާފައިވާ ދެންނެވުމަށް އެއްވެސް އިޖާބައެއް ދެއްވުމެއް ނެތި އެކަންތައްތައް މަތީގައި އެ ފަރާތްތައް ދެމިތިބެފައިވާކަން ފާރިސް ފާހަގަކުރައްވާފައިވެއެވެ. އަދި މާލީ ބަޔާން އެކުލަވާލުމަށް އެއްވެސް މަސައްކަތެއް ކުރުމުގެ ފުރުސަތު ދައުލަތުގެ ކަމާއިބެހޭ އެއްވެސް ފަރާތަކުން މިއަދާ ހަމައަށް ދެއްވާފައިނުވާކަން ފާރިސް ފާހަގަކުރައްވާފައިވެއެވެ.

ފާރިސްގެ ސިޓީގައި ފާހަގަކުރައްވާފައިވަނީ އެކަންތައްތައް އެހެން ހުރުމާއި ގުޅިގެން މާލީ ބަޔާން މިވަގުތު ހުށަހެޅެން ނެތްކަމަށެވެ. ނަމަވެސް މާލީ ބަޔާން ހުށަހަޅަން ބޭނުންވާކަމަށް ފާރިސްގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. އަދި ބުނެފައިވަނީ މާލީ ބަޔާން ތައްޔާރުކުރެވޭނެފަދަ ހާލަތެއް މެދުވެރިވުމުން މާލީ ބަޔާން ހުށަހަޅާނެކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

27 މާރިޗު 2017

ގާނޫނުއަސާސީއާ ހިލާފަށް ބިލްތައް ހުށަހެޅުމަށް މަޖިލީހުގެ ރައީސް ވަނީ ހިތްވަރު ދެއްވާފަ: ފާރިސް

27 މާރިޗު 2017
ގާނޫނުއަސާސީއާ ހިލާފަށް ބިލްތައް ހުށަހެޅުމަށް މަޖިލީހުގެ ރައީސް ވަނީ ހިތްވަރު ދެއްވާފަ: ފާރިސް
26 މާރިޗު 2017

ފެނަކައިގެ އެމްޑީ ޝަރީފް ކުންފުނީގެ އުސާލާއި ހިލާފަށް ވަޒީފާ އަށް މީހުން ވައްދާ ކަމަށް ބުނާ މައްސަލައެއް އޭސީސީ އަށް

26 މާރިޗު 2017
ފެނަކައިގެ އެމްޑީ ޝަރީފް ކުންފުނީގެ އުސާލާއި ހިލާފަށް ވަޒީފާ އަށް މީހުން ވައްދާ ކަމަށް ބުނާ މައްސަލައެއް އޭސީސީ އަށް
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
01 މާރިޗު 2017

!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް

01 މާރިޗު 2017
!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް
22 ފެބުރުއަރީ 2017

ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ

22 ފެބުރުއަރީ 2017
ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ
19 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް