Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދުގެ މައްސަލަ

އެންމެ ބޮޑު ބޭއިންސާފު ހިންގާފައި އޮތީ ރައީސް ނަޝީދުގެ މައްޗަށް: ޝިފާޒް

ޕާޓީގެ އެންމެ ބޮޑު ބޭނުމަކީ ރައީސް ނަޝީދު މިނިވަންކުރުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 އޮކްޓޯބަރު 2018 | އާދީއްތަ 20:57
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް މުޒާހަރާއެއްގައި ވާހަކަދައްކަވަނީ

އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް މުޒާހަރާއެއްގައި ވާހަކަދައްކަވަނީ

ރާއްޖޭގައި ހިންގާފައި އޮތް އެންމެ ބޮޑު ބޭއިންސާފު ހިންގާފައި އޮތީ ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އާދިއްތަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ އެ ޕާޓީގެ އެންމެ ބޮޑު ބޭނުމަކީ ރައީސް ނަޝީދު މިނިވަންކުރުން ކަމަށާއި ރައީސް ނަޝީދު މިނިވަން ނުވާހާ ހިނދަކު ޕާޓީގެ މެމްބަރުން ހިތްހަމަ ނުޖެހޭނެ ކަމަށެވެ. އަދި އެ ބޭފުޅުން ކުރެއްވި މަސައްކަތުން އުންމީދު ކުރައްވަނީ ރައީސް ނަޝީދު މިނިވަންވެގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement
"އިންސާފުގެ މަގަށް އަޅުގަނޑުމެން ކުރަމުންދާ މި މަސައްކަތުގައި ބޮޑު ކާމިޔާބީއެއް އިހުސާސްވާ ހިސާބެއް ކަމަށް އަޅުގަނޑުމެން ދެކެނީ އެންމެ ބޮޑު ބޭއިންސާފަށް އިންސާފު ލިބުމުން. މި ރާއްޖޭގައި މިއަށްވުރެ ބޮޑު ބޭއިންސާފެއް ނެތް، ރައީސް ނަޝީދުގެ މައްޗަށްވެފައިވާ ބޭއިންސާފަށް" ޝިފާޒު ވިދާޅުވިއެވެ.

އެމީހަކަށް ހައްޤުވާ މިންވަރަކީ ހޯދަން ޖެހޭނެ އެއްޗެއްކަން ފާހަގަކުރައްވާ ޝިފާޒު ވިދާޅުވީ މިއަދު މިހިސާބަށް އެޕާޓީއަށް އާދެވުނީ އެ އަޒުމުގައި މަސައްކަތް ކުރެއްވުމުން ކަމަށެވެ. މިހާރު ރައްޔިތުން މަޖިލީހުގެ ވަރަށް ގިނަ އަދަދެއްގެ މެމްބަރުން ރައީސް ނަޝީދު މިނިވަން ކުރަން ޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އެންމެ ބޮޑު އެއް ހައްގަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަރައިގަނެފައިވާ ކަމަށާއި އެ ހައްޤަކީ އެމަނިކުފާނަށް ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެވޭނެ ގޮތް ހެދުން ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 13 އަހަރުގެ ޖަލު ހުކުމް މުރާޖާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައެވެ. ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓަށް އެ މައްސަލަ މުރާޖާ ކުރުމަށް ހުށަހަޅާފައި ވަނީ ރައީސް ނަޝީދަށް އިއްވި ހުކުމަކީ އާންމު މައްސަލަހަތު މަތީ ދަރަޖައަކަށް ހިމެނިގެންވާ މައްސަލައެއް ކަމަށް ފެންނާތީ ކަމަށެވެ.

ރައީސް ނަޝީދު މާލެ ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ ޕާޓީގެ މެމްބަރުންނާއި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލުކުރެއްވުން ކަމަށް ޝިފާޒް ވިދާޅުވިއެވެ. އަދި ނޮވެމްބަރު އެއްވަނަ ދުވަހު މާލެ ވަޑައިގަތުމަށްފަހު ނޮވެމްބަރު 3 ވަނަ ދުވަހު އައްޑޫ ސިޓީއަށް އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ. އޭގެ އިތުރުން ވެސް ރާއްޖޭގެ އެކި ރަށްތަކަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް ޝިފާޒްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ނަޝީދު މާލެ ވަޑައިގަންނަވާ ދުވަހަށް އެކި ދޯނި ފަހަރުގައި މީހުން މާލެ އައުމަށް ނިންމާފައިވާ ކަމަށާއި ރައީސް ނަޝީދު މާލެ ވަޑައިގަންނަވާ ދުވަހު އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް ޕާޓީން ހާމަކުރަން ދާނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމްކޮށްފައިވަނީ 2012 ވަނަ އަހަރު އަބްދުﷲ ގާޒީ ހައްޔަރުކޮށް ކ. ގިރިފުށީގައި ބަންދުކޮށްގެން ގެންގުޅުނު މައްސަލައިގައެވެ. ނަޝީދަށް ހުކުމްކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު