Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއޮމާން އެއަރ

އޮމާން އެއަރގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

މިދަތުރުތަކުގައި ބޭނުންކުރަނީ ބޮއިން 737 މެކްސް 8މަރުކާގެ މަތިންދާ ބޯޓް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 28 އޮކްޓޯބަރު 2018 | އާދީއްތަ 17:59
އޮމާން އެއަރ: ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައިވަނީ 2016 ވަނަ އަހަރު ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު

އޮމާން އެއަރ: ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައިވަނީ 2016 ވަނަ އަހަރު ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު

2016 ވަނަ އަހަރު ރާއްޖެއަށް ދަތުރުކުރުން ހުއްޓާލި އޮމާން އެއަރއިން އަނެއްކާވެސް އޮމާންގެ ވެރިރަށް މަސްކަތާއި މާލެއާއި ދެމެދު ދަތުރުތައް ފަށައިފިއެވެ.

ދަތުރުތައް ފެށުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައިވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްްވާފައެވެ.

އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ފަށާފައިވާއިރު މިފްލައިޓްގެ ދަތުރުތައް ރާއްޖެއިން މަސްކަތަށް އޮންނާނީ ކޮންމެ ހަފްތާއަކު ހޮނިހިރު، އާދިއްތަ އަދި ބުރާސްފަތި ދުވަހުއެވެ. އަދި މަސްކަތުން ރާއްޖެއަށް ފްލައިޓްތައް އޮންނާނީ އަންގާރަ، ބުރާސްފަތި، ހޮނިހިރު އަދި އާދިއްތަ މި ހަތަރު ދުވަހުގައެވެ.

އޮމާން އެއަރގެ ސީއީއޯ އަބްދުލްއަޒީޒް އަލް ރައީސީ ވިދާޅުވީ ރާއްޖެއާއި އޮމާންއާއި ދެމެދު އަލުން ދަތުރުތައް ފެށިގެން ދިއުމަކީ ވަރަށް އުފާވާ ކަމެއް ކަމަށާއި އޮމާން އެއަރއިން ދަތުރުކޮށް ރާއްޖެއާއި އޮމާން މި ދެމަންޒިލް ތަޖްރިބާކޮށްލުމަށް ފަތުރުވެރިންނަށް ދައުވަތުއަރުވާ ކަމަށެވެ.

މިފަހަރުގެ ދަތުރުތަކުގައި އޮމާން އެއަރއިން ބޭނުންކުރާނީ އެކުންފުނިން އަލަށް ގެނައި ބޮއިން 737 މެކްސް 8މަރުކާގެ މަތިންދާބޯޓުތައް ކަމަށްވެސް އެ އެއަރލައިނުން މައުލޫމާތުދެއެވެ.

މިމަތިންދާބޯޓުތަކުގައި ބިޒްނަސް ކްލާހުގެ 12 ގޮނޑިއާއި އިކޮނޮމީ ކުލާހުގެ 150 ގޮނޑި ހުންނާނެއެވެ. އޮމާން އެއަރއިން ވަނީ ޔޫރަޕުން ރާއްޖެއަށް އަންނަ ފަތުރުވެރިން އޮމާން އެއަރއިން ދަތުރުކުރުމަށާއި، ދަތުރުގައި ސްޓޮޕް އޯވަރއެއްގެ ގޮތުގައި އޮމާންގައި މަޑުކޮށްލުމަށް ދައުވަތު ދީފައެވެ.

2009ވަނަ އަހަރު ރާއްޖެއަށް ދަތުރުކުރަން ފެށި އޮމާން އެއަރއިން މަސްކަތާއި މާލެއާއި ދެމެދު އުދުހެމުން އައި ފްލައިޓްތައް 2016ވަނަ އަހަރުގެ އެޕްރީލް މަހު ހުއްޓާލީ ވިޔާފާރީގެ ސަބަބުތަކަށްޓަކައި ކަމަށް އޭރު އެކުންފުނިން ބުންޏެވެ.

އޮމާން އެއަރއަކީ މެދުއިރުމަތީގެ ޤައުމީ އެއަރލައިންތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ އެއަރލައިނެކެވެ. އެގޮތުން 2022ގެ ނިޔަލަށް އޮމާން އެއަރއިން ދުނިޔޭގެ 60 މަންޒިލަކަށް 70 މަތިންދާ ބޯޑުގައި ދަތުރުކުރާނެ ކަމަށެވެ.

.

އިތުރަށް ކިޔާލަން

10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
05 މާރިޗު 2017

ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި

05 މާރިޗު 2017
ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި
05 މާރިޗު 2017

ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ

05 މާރިޗު 2017
ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ
27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު