Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ވޯޓުގައި ބައިވެރިވި މެމްބަރުން އިއްތިފާގުން ނޮވެމްބަރު 17ގައި ހުވާ ކުރަން ފާސްކޮށްފި

28 އޮކްޓޯބަރު 2018 | އާދީއްތަ 16:17

އިއްތިފާގު ވީ ވޯޓުގައި ބައިވެރިވި 68 މެމްބަރުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 28 އޮކްޓޯބަރު 2018 | އާދީއްތަ 16:17
އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި

އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމު ހުވާ ކުރެއްވުމަށްޓަކާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނޮވެމްބަރު 17ގައި ބާއްވަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން އެގޮތަށް ފާސްކުރީ ހޯމަ ދުވަހު ބޭއްވި އެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރައްވާ ތާރިހު ކަނޑައަޅާފައި ވަނީ ހުރިހާ އެންމެން އެއްބަސްވެގެން އެ މައްސަލާގައި ގޮތެއް ކަނޑައެޅުއްވުމަށް ރައީސް ސޯލިހު އިލްތިމާސް ކުރައްވާފައި ވަނިކޮށެވެ.

އެގޮތަށް ފާސްކުރީ ހުވާ ކުރެއްވުމުގެ ތާރީހާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ނެންގެވި ހަތް މެމްބަރުން ކޮމެޓީން ހުށަހެޅި ރިޕޯޓާއެކުގައެވެ. އެ ރިޕޯޓު މަޖިލީހުން ފާސް ކުރުމުގެ ކުރިން، ހަތް މެމްބަރުންގެ ވަގުތީ ކޮމެޓީގެ މުގައްރިރު އަބްދުﷲ ޝާހިދު ވަނީ އެ މައްސަލާގައި ތަފްސީލީ ގޮތެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

އަބްދުﷲ ޝާހިދު ވިދާޅުވީ ރިޔާސީ އާ ދައުރު ފެށޭ މުއްދަތަކީ ނޮވެމްބަރު 17 ކަމުގައި ކަނޑައެޅީ، ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ރިޔާސީ ދައުރު ފެށިފައި ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ކަމަށް ވާތީ ކަމަށެވެ. އެ ދުވަހަކީ ރިޔާސީ އާ ދައުރު ފެށުނު ދުވަސް ކަމުގައި ކަނޑައެޅީ 2013 ވަނަ އަހަރު ސުޕްރީމް ކޯޓުން ކުރެއްވި ހުކުމަކާ ގުޅިގެން ކަމަށް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ދެހާސްތޭރަ ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން، ރައީސް ޔާމީންގެ ރިޔާސީ ދައުރު ފެށުނު ކަމަށް ކަނޑައަޅާފައި، މަޖިލީހުން އިގުރާރުވި ލިޔުމުގައި ސޮއި ކުރައްވާފައި ވަނީ އޭރުގެ މަޖިލީހުގެ ރައީސަކަށް ހުންނެވި ޝާހިދާއި އޭރުގެ އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒު ހުސައިންނެވެ.

"17 ނޮވެމްބަރު 2013 އިން ފެށިގެން ކުރިއަށް އޮތް 5 އަހަރުގެ ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ގާނޫނުއަސާސީގެ 111 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ދިވެހިރާއްޖޭގެ ރައްޔިތުން އިންތިހާބު ކުރައްވާފައިވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ގާނޫނުއަސާސީގެ ޖަދުވަލު 1 ގައި ނަންގަނެވިގެންވާ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވައި، ގާނޫނުއަސާސީގެ 114 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކުރައްވައިފިއެވެ. މި ހުވައި ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އަދި އަހުރެމެންގެ ހާޒިރުގައި ހިޖުރީ ސަނަތުން 1435 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 13 ވި [މީލާދީ ސަނަތުން 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވި] އާދީއްތަ ދުވަހުއެވެ،" މަޖިލީހުގެ އޭރުގެ ރައީސް ޝާހިދާއި އުއްތަމަ ފަނޑިޔާރު ފާއިޒު ސޮއި ކުރައްވާފައިވާ އިގުރާރުގައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް