Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އެންމެ ހިތާމަކުރާނެ ދުވަހަކީ މަޖިލިސް ދޫކޮށްފައި ދާންޖެހޭ ދުވަސް: ސޯލިހް

28 އޮކްޓޯބަރު 2018 | އާދީއްތަ 07:24

މަޖިލިހަށް ފުރަތަމަ ވަޑައިގަތީ 1994 ވަނަ އަހަރު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 28 އޮކްޓޯބަރު 2018 | އާދީއްތަ 07:24
އިންތިޚާބީ ރައީސް، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ މިއަދުގެ ހާޒިރީގައި ސޮއިކުރައްވަނީ

އިންތިޚާބީ ރައީސް، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ މިއަދުގެ ހާޒިރީގައި ސޮއިކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ދޫކޮށްލައްވަން ޖެހޭ ދުވަހަކީ ހަޔާތުގައި އެންމެ ހިތާމަ ކުރައްވާނެ އެއްދުވަސް ކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ) ވިދާޅުވެއްޖެއެވެ.

ހިންނަވަރު ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި އިންތިޚާބީ ރައީސް ސޯލިހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާތާ މިއީ 25 އަހަރެވެ.

Advertisement - newsAdvertisement

ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި، ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވާފައިވާއިރު، ސޯލިހު ވިދާޅުވީ އެމަނިކުފާނު މަޖިލީހުގައި ދެން ގިނަ ދުވަސްތަކަކު ނުހުންނަވާ ކަމަށާއި ކުރިޔަށް އޮތް ދެ ތިން ހަފްތާގެ ތެރޭގައި އެ ގޮނޑި ދޫކޮށް އެމަނިކުފާނު ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

"އެ ދުވަސް ވެގެން ދާނީ އަޅުގަނޑުގެ ހަޔާތުގައި އެންމެ ހިތާމަ ކުރާނެ ދުވަހަށް،" ސޯލިހު ވިދާޅުވިއެވެ.

ޖުލައި 24، 2017 ވަނަ ދުވަހު ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން މަޖިލީހަށް ވަންނަވަން ވަޑައިގަތުމުން މެމްބަރުންނާއި ސަލާމަތީ ހިދުމަތްތަކާ ދެމެދު ހިނގި ހަމަނުޖެހުމުގައި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް ސައިކަލް މައްޗަށް ވައްޓާލާފައި

ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ވަދެވަޑައިގަތީ 1994 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފާދިއްޕޮޅުގެ އެއް ގޮނޑި ކާމިޔާބު ކުރައްވައިގެންނެވެ. އުމުރުފުޅުން 30 އަހަރުގައި ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގެންނެވި، މިހާރު އުމުރުފުޅުން 56 އަހަރުގެ ސޯލިހް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން، ނޫ ޤާނޫނު އަސާސީގެ ގޮތުގައި އާއްމުވި ގާނޫނު އަސާސީ އާއި މިހާރު އަމަލުކުރާ ފެހި ޤާނޫނު އަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ އިތުރުން ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކީ ވެސް އެމަނިކުފާނެވެ. އަދި 2015 ން ފެށިގެން ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންނާއެކު ކުރެއްވި މަސައްކަތްޕުޅާއި ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ގުޅިފައިވާ ކޯލިޝަންގައި ވެސް އެންމެ އިސް ދައުރެއް އަދާ ކުރައްވާފައިވަނީވެސް އެމަނިކުފާނެވެ.

ރައީސް ޔާމީނާ ވާދަކުރައްވައި ސޯލިހް އިންތިޚާބު ކާމިޔާބު ކުރެއްވީ 58.4 ޕަސެންޓް ވޯޓުންނެވެ. އާ ގާނޫނު އަސާސީއަށް ފަހު އިންތިޚާބެއް އެންމެ ބޮޑު ފަރަގަކުން ކާމިޔާބު ކުރެއްވި ފުރަތަމަ ރައީސަށް ސޯލިހު ވެގެން ގޮސްފައިވާއިރު، އެ މަނިކުފާނަކީ އަތޮޅުތެރެއަށް ނިސްބަތްވާ ފުރަތަމަ ރައީސް އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

14 މާރިޗު 2017

އެމްއެމްޕީއާރްސީގެ ރިޕޯޓް ނުނެރި ލަސްކުރަނީ މަޖިލިސް ބައެއް މެންބަރުންނަށް ބިރު ދައްކަން: އަލީ ހުސެއިން

14 މާރިޗު 2017
އެމްއެމްޕީއާރްސީގެ ރިޕޯޓް ނުނެރި ލަސްކުރަނީ މަޖިލިސް ބައެއް މެންބަރުންނަށް ބިރު ދައްކަން: އަލީ ހުސެއިން
07 މާރިޗު 2017

މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!

07 މާރިޗު 2017
މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!
02 މާރިޗު 2017

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް