Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ހާޒިރުވި މެމްބަރުން މަދުވުމުން ޕީޕީއެމުން ވިޕް ލައިން ނުނެރުނު!

27 އޮކްޓޯބަރު 2018 | ހޮނިހިރު 18:34

ބައްދަލުވުމަށް ހާޒިރުވީ ޕީޕީއެމްގެ 14 މެމްބަރުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 27 އޮކްޓޯބަރު 2018 | ހޮނިހިރު 18:34
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން

އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގައި ޖަލްސާއަށް އެޖެންޑާކޮށްފައިވާ ކަންތައްތަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ބޭއްވި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަދަދު މަދުވުމުން، ގޮތެއް ނުނިންމައި ބައްދަލުވުން ނިންމާލައިފިއެވެ.

ހޮނިހިރު ދުވަހު ވަހީރު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޕީޕީއެމް ޕީޖީ ގްރޫޕުގެ އެ ބައްދަލުވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ބައްދަލުވުމަށް ވަޑައިގެންނެވީ 14 މެމްބަރުން ކަމަށެވެ. ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގައި ހިމެނެނީ 36 މެމްބަރުންނެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރާއި އަބުރުގެ ގާނޫނުގެ ބާތިލު ކުރުމަށާއި އެންޓި ޑިފެކްޝަންގެ ގާނޫނު ބާތިލު ކުރުމަށް ހުށަހަޅާފައިވާ ޖަލްސާގައި ޕީޕީއެމުން އަމަލު ކުރާނެ ގޮތެއް ދެން ނިންމާނީ މާދަމާ މެންދުރުފަހު 12:30ގައި ރައްޔިތުންގެ މަޖިލީހުގައި ބާއް ޖަލްސާގައި ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާނު ވިދާޅުވީ އާދިއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ، އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ކުރެއްވުމަށް ބާއްވަން ޖެހޭ ޖަލްސާ އޮންނާނެ ދުވަސް ކަނޑައެޅުމުގެ އެޖެންޑާއާ މެދު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމުގައި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އެހެންކަމުން ޕީޕީއެމް މެމްބަރުންގެ ހިޔާލު ހުރި ގޮތް އާތީއްދަ ދުވަހު މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދާ ބަހުސްއިން އެނގިގެންދާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާނު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލު ކުރުމާއި، އދ. ގެ ނިންމުންތައް ތަންފީޒު ކުރުމަށް އިލްތިމާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ ޤަރާރާ މެދުވެސް ވަކި ގޮތެއް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ނުނިންމާ ކަމަށެވެ.

ނިހާނު ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި ރައީސް ނަޝީދު މިނިވަން ހުށަހެޅި ގަރާރުގައި ސޮއި ކުރެއްވި މެމްބަރުން ވެސް ޕީޖީ ބައްދަލުވުމަށް ވަޑައިގެންނެވި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ މަޖިލިސް މެމްބަރުން މަސައްކަތް ކުރަނީ ޓީމެއްގެ ގޮތުގަ އެވެ.

އޭނާ ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ކުރިން ސޮއި ކުރެއްވުމަށްފަހު، ސޮއި ނުކުރައްވާ ކަމަށް ވިދާޅުވީ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވެސް މިފަހަރު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރެއްވި ކަމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. އަދި ސޮއި ކުރެއްވީ ވެސް އޭގައިވާ އެއްޗެއް އެނގިގެން ކަމަށް މެމްބަރު އަހުމަދު ރަޝީދު ވިދާޅުވި ކަމަށް ނިހާނު ވިދާޅުވިއެވެ.

ނިހާނު ވިދާޅުވީ އެންޓި ޑިފެންޝަން ގާނޫނު އުވާލުމަށް ހުށަހަޅާފައިވާ ބިލާމެދު، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާއީމް ސުޖާ ދެކޮޅު ކަމަށާއި ނަމަވެސް އެބިލާމެދު ވެސް ތްރީ ލައިން ވިޕެއް ނެރެފައި ނުވާ ކަމަށެވެ. އަދި އަބުރު ރައްކާކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ގާނޫނު އުވާލުމަށް ހުށަހަޅާފައިވާ ބިލަށް ޕީޕީއެމް ޕީޖީގެ ބައެއް މެމްބަރުން ދެކޮޅު ކަމަށާއި ނަމަވެސް އާދިއްތަ ދުވަހުގެ ބައްދަލުވުމުގައި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ވެސް ނިހާނު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި

12 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި
12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް