Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ސިޔާސީ މަސްރަހު

ބޮޑުވަޒީރަކީ އަދިވެސް އަޅުގަނޑު: ރަނިލް

26 އޮކްޓޯބަރު 2018 | ހުކުރު 17:48

ރަނިލް މަޤާމުން ވަކިކުރިކަން އެންގުމުގެ ކުރިން ރާޖަޕަކްސަ މަޤާމަށް އައްޔަންކޮށްފައިވޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 26 އޮކްޓޯބަރު 2018 | ހުކުރު 17:48
ރަނިލް ވިކްރަމަސިންހަ (ކ) ރައީސް ސިރިސޭނާ އާއިއެކު

ރަނިލް ވިކްރަމަސިންހަ (ކ) ރައީސް ސިރިސޭނާ އާއިއެކު

ލަންކާގެ ބޮޑުވަޒީރުކަމުގެ ހުވައި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ކުރެއްވީ ޤާނޫނު އަސާސީއާއި ޚިލާފަށްކަމަށާއި، އަދިވެސް ބޮޑުވަޒީރަކީ އެމަނިކުފާނުކަމަށް ވެރިކަން ކުރަމުން އައި ޔޫއެންޕީގެ ލީޑަރު އަދި ބޮޑުވަޒީރުކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ޔޫއެންޕީއިންވެސް ބުނެފައިވަނީ ބޮޑުވަޒީރަކީ އަދިވެސް ރަނިލްކަމަށެވެ. އަދި ލަންކާގައި ކޮށްގެން އުޅެނީ ބަޣާވާތެއްކަމަށް ޔޫއެންޕީގެ އިސް ބޭފުޅުންނާއި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ރައީސް މައިތިރިޕާލާ ސިރިސެނާއާއި ބޮޑުވަޒީރުކަމަށް މިއަދު އައްޔަން ކުރެއްވި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ރައީސް އޮފީހުގައި ތިއްބަވައިގެން ސަރުކާރުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތަކާއި، ދައުލަތް ހިންގުން ހުއްޓުމަކަށް ނާންނާނެ ގޮތަކާއި ބެހޭ ގޮތުން މަޝްވަރާކުރައްވަމުން ގެންދަވާއިރު، ބޮޑުވަޒީރުގެ އޮފީސް ޓެމްޕަލް ޓްރީސްގައި ރަނިލް ގެންދަވަނީ ދެން ކަންތައް ކުރައްވާނެ ގޮތަކާއި ބެހޭ ގޮތުން ޔޫއެންޕީގެ އިސް ބޭފުޅުންނާއި މަޝްވަރާ ކުރައްވަމުންނެވެ.

ރަނިލް ވިދާޅުވީ އެމަނިކުފާނުގެ މެޖޯރިޓީ ޤާނޫނު ހަދާ މަޖިލީހުގައި އެބައޮތްކަމަށާއި، އެކަން ވަރަށް އަވަހަށް ދައްކަވާނެ ކަމަށެވެ. އަދި ބޮޑުވަޒީރުކަމުގެ ހުވައި ރާޖަޕަކްސަ ކުރެއްވީ ޤާނޫނާއި ޚިލާފަށްކަމަށް ރަނިލް ވިދާޅުވިއެވެ. ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގައި މެޖޯރިޓީ ދެއްކުމަށް 113 މެމްބަރުންގެ ވޯޓު ބޭނުންވާނެއެވެ.

ބޮޑުވަޒީރުކަމުން ރަނިލް ވަކިކުރުމުގެ މައްސަލައަކީ ދުސްތޫރީ މައްސަލައެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތުން ބޮޑުވަޒީރުކަމުން ރަނިލް ވަކިކުރެވޭނީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެންކަމަށް ޤާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ރައީސް ސިރިސޭނާ ވަނީ ކެބިނެޓް އުވާލާފައިވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ކެބިނެޓްގެ ތަރުޖަމާނު ވިދާޅުވީ ކެބިނެޓް އުވާނުލެވޭކަމަށާއި، ރައީސް ސިރިސޭނާއަށް ރަނިލް ބޮޑުވަޒީރުކަމުން ދުރު ނުކުރެވޭނެކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2017

ލަންކާގެ އެއްބައިވަންތަކަން ގާއިމް ކުރުމުގައި ވަނީ ފެއިލްވެފަ: ބޮޑުވަޒީރު ރަނިލް

04 އޮކްޓޯބަރު 2017
ލަންކާގެ އެއްބައިވަންތަކަން ގާއިމް ކުރުމުގައި ވަނީ ފެއިލްވެފަ: ބޮޑުވަޒީރު ރަނިލް
27 ސެޕްޓެމްބަރު 2017

އެންގޯލާއަށް 38 އަހަރަށް ފަހު އާ ރައީސެއް، އަދިވެސް ހުރިހާ ބާރެއް ކުރީގެ ރައީސްގެ އަތްޕުޅުގައި!

27 ސެޕްޓެމްބަރު 2017
އެންގޯލާއަށް 38 އަހަރަށް ފަހު އާ ރައީސެއް، އަދިވެސް ހުރިހާ ބާރެއް ކުރީގެ ރައީސްގެ އަތްޕުޅުގައި!
13 ސެޕްޓެމްބަރު 2017

އެމެރިކާގެ ދަރަނި 20 ޓްރިލިއަނުން މައްޗަށް، އަދިވެސް ދާނީ އިތުރުވަމުން

13 ސެޕްޓެމްބަރު 2017
އެމެރިކާގެ ދަރަނި 20 ޓްރިލިއަނުން މައްޗަށް، އަދިވެސް ދާނީ އިތުރުވަމުން
22 އޯގަސްޓު 2017

އެމެރިކާގެ މަނަވަރު އެކްސިޑެންޓް: ގެއްލުނު ފަޅުވެރިން އަދިވެސް ދަނީ ހޯދަމުން

22 އޯގަސްޓު 2017
އެމެރިކާގެ މަނަވަރު އެކްސިޑެންޓް: ގެއްލުނު ފަޅުވެރިން އަދިވެސް ދަނީ ހޯދަމުން
19 އޯގަސްޓު 2017

ބާސެލޯނާގައި ދިން ހަމަލާގައި އިސްކޮށް ހުރި މީހާ އަދިވެސް ހައްޔަރު ނުކުރެވޭ ކަމަށް ފުލުހުން ބުނެފި

19 އޯގަސްޓު 2017
ބާސެލޯނާގައި ދިން ހަމަލާގައި އިސްކޮށް ހުރި މީހާ އަދިވެސް ހައްޔަރު ނުކުރެވޭ ކަމަށް ފުލުހުން ބުނެފި
18 އޯގަސްޓު 2017

އުތުރު ކޮރެއާ އަށް ހަަމަލާ ދިނުމަކީި އަދިވެސް އޮޕްޝަނެއްގެ ގޮތުގައި އޮތް ކަމެއް: އެމެރިކާ

18 އޯގަސްޓު 2017
އުތުރު ކޮރެއާ އަށް ހަަމަލާ ދިނުމަކީި އަދިވެސް އޮޕްޝަނެއްގެ ގޮތުގައި އޮތް ކަމެއް: އެމެރިކާ
09 ޖުލައި 2017

ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި

09 ޖުލައި 2017
ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި
26 ޖޫން 2017

ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ

26 ޖޫން 2017
ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ
17 ޖޫން 2017

ލަންޑަނުގެ ގްރިންފެލް ޓަވަރުގެ ހާދިސާ: 58 މީހުން އަދިވެސް ނުފެނޭ

17 ޖޫން 2017
ލަންޑަނުގެ ގްރިންފެލް ޓަވަރުގެ ހާދިސާ: 58 މީހުން އަދިވެސް ނުފެނޭ
15 ޖޫން 2017

ލަންޑަނުގެ އެޕާޓްމަންޓް ބްލޮކް އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ އަދަދު އިތުރުވާނެ، އަދިވެސް އިމާރާތުން ދަނީ ދުން އަރަމުން

15 ޖޫން 2017
ލަންޑަނުގެ އެޕާޓްމަންޓް ބްލޮކް އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ އަދަދު އިތުރުވާނެ، އަދިވެސް އިމާރާތުން ދަނީ ދުން އަރަމުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް