Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީ ލަންކާ

ލަންކާގެ އެއްބައިވަންތަކަން ގާއިމް ކުރުމުގައި ވަނީ ފެއިލްވެފަ: ބޮޑުވަޒީރު ރަނިލް

ޤައުމީ ބޮޑެތި މައްސަލަތަކުގައި ސިޔާސީ ޙައްލެއް ހޯދުމުގައި ފެއިލް ވެފައިވާތީ ހިތާމަކުރާ ރަނިލް ވިދާޅުވި

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 4 އޮކްޓޯބަރު 2017 | ބުދަ 07:02
ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ 70 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޙާއްސަ ޖަލްސާ

ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ 70 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޙާއްސަ ޖަލްސާ

ސްރީ ލަންކާގެ ޕާލިމެންޓަރީ ޑިމޮކްރެސީ އަށް 70 އަހަރު، އަދި މިނިވަން ދަޢުލަތެއްގެ ގޮތުގައި 60 އަހަރު ފާއިތުވެގެންދިޔައިރު، ލަންކާގެ އެއްބައިވަންތަކަން ގާއިމް ކުރުމުގައި ފެއިލް ވެފައިވާ ކަމަށް އެޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގެ ޕާލިމެންޓަރީ ޑިމޮކްރެސީ އަށް 70 އަހަރު ފުރުން ފާހަގަ ކުރުމަށް ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގައި އަންގާރަ ދުވަހު ބޭއްވި ޙާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ، ހެޔޮނިޔަތަކާ އެކު ނަޞްލީ ހުރިހާ ގްރޫޕްތަކެއްގެ ބައިވެރިވުމާ އެކު ސްރީ ލަންކާގެ ހަޤީޤީ އައިޑެންޓިޓީއެއް ގާއިމް ކުރުމުގައި ފެއިލް ވެފައިވާ ކަމަށެވެ.

ލަންކާގައި ފަސްދޮޅަހަކަށް އަހަރަށް ދެމިގެންދިޔަ ނަޞްލީ ހަމަނުޖެހުންތަކާއި، 30 އަހަރަށް ދެމިގެންދިޔަ ނަޞްލީ ހަނގުރާމައިގެ ސަބަބަކީ އެއީކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، 1978 ވަނަ އަހަރު ހުޅުވާލެވިފައިވާ އިޤްތިޞާދަކަށް ހުޅުވާލި ނަމަވެސް، އޭގެ ފުރިހަމަ މަންފާ ލިބިދީފައި ނުވަނީ އެސަބަބާއި ހެދި ކަމަށެވެ.

ޤައުމީ ބޮޑެތި މައްސަލަތަކުގައި ސިޔާސީ ޙައްލެއް ހޯދުމުގައި ފެއިލް ވެފައިވާތީ ހިތާމަކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންނަމަވެސް ރަނިލް ވަނީ، 116 އަހަރުވީ ލަންކާގެ ބަރުލަމާނީ ނިޒާމުގެ ސަބަބުން އެޤައުމަށް ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. ސްރީ ލަންކާގައި މިހާރު ވެރިކަން ކުރާ ބަރުލަމާނީ ނިޒާމް އެޤައުމަށް ތަޢާރަފް ކޮށްފައި ވަނީ 1832 ވަނަ އަހަރު އެވެ.

ލަންކާގައި ޤާނޫނު އަސާސީ ދެފަހަރެއްގެ މަތިން އެކުލަވާލާފައި ވަނީ ބަރުލަމާނީ ނިޒާމާއި ހަތްދިހަ އަހަރުވީ ޤާނޫނީ ނިޒާމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީތައް އެކުލަވާލުމާ އެކު ޤާނޫނު ހަދާ މަޖިލީހުގެ ބާރުވެރިކަން އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރަނިލް ވަނީ ލަންކާގެ ޤާނޫނީ ޑިމޮކްރަސީ ދެމެހެއްޓުމަށް އެޤައުމުގެ ކުރީގެ ލީޑަރުން ކުރި މަސައްކަތަށް މުޅި ޤައުމު ޝުކުރުވެރިވާން ޖެހޭކަން ފާހަގަ ކުރައްވަފައެވެ.

އިތުރަށް ކިޔާލަން

15 އޯގަސްޓު 2017

ލަންކާގެ އާ ފޮރިން މިނިސްޓަރަކަށް އެގައުމުގެ ޑިވަލޮޕްމަންޓް އެސައިންމަންޓްސް މިނިސްޓަރު ހަމަޖައްސަވައިިފި

15 އޯގަސްޓު 2017
 ލަންކާގެ އާ ފޮރިން މިނިސްޓަރަކަށް އެގައުމުގެ ޑިވަލޮޕްމަންޓް އެސައިންމަންޓްސް މިނިސްޓަރު ހަމަޖައްސަވައިިފި
10 އޯގަސްޓު 2017

ކޮރަޕްޝަންގެ ތުހުމަތުތަކާ އެކު ލަންކާގެ ފޮރިން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

10 އޯގަސްޓު 2017
ކޮރަޕްޝަންގެ ތުހުމަތުތަކާ އެކު ލަންކާގެ ފޮރިން މިނިސްޓަރު އިސްތިއުފާ ދެއްވައިފި
02 އޯގަސްޓު 2017

ރެޑްސީގައި މަތީފަންތީގެ ރިޒޯޓް ގާއިމްކޮށް ސައުދީން ޓޫރިޒަމްގެ ބިޔަ ޕްރޮޖެކްޓަކާ ދިމާލަށް

02 އޯގަސްޓު 2017
ރެޑްސީގައި މަތީފަންތީގެ ރިޒޯޓް ގާއިމްކޮށް ސައުދީން ޓޫރިޒަމްގެ ބިޔަ ޕްރޮޖެކްޓަކާ ދިމާލަށް
24 ޖޫން 2017

ޓެރަރިޒަމާ ހަނގުރާމަކުރުމުގައި އެންމެ މުހިންމީ އިސްލާމީ މުއައްސަސާތައް: ސައުދީ ވަލީއަހުދު

24 ޖޫން 2017
ޓެރަރިޒަމާ ހަނގުރާމަކުރުމުގައި އެންމެ މުހިންމީ އިސްލާމީ މުއައްސަސާތައް: ސައުދީ ވަލީއަހުދު
18 ޖޫން 2017

ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ

18 ޖޫން 2017
ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު