Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުންޔާ މައުމޫނު

ނަޝީދު މިނިވަންކުރަންވާނީ ރާއްޖޭގައި އެކަމަށް އޮންނަ ނިޒާމުގެ ތެރެއިން: ދުންޔާ

26 އޮކްޓޯބަރު 2018 | ހުކުރު 13:02

ނަޝީދު މިނިވަންވުން މުހިންމު ކަމަށް ވިދާޅުވި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 26 އޮކްޓޯބަރު 2018 | ހުކުރު 13:02
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންސާފު ލިބެން އެދޭ ކަމަށާއި އެކަމަކު އެކަން ކުރަންވާނީ ދިވެހިރާއްޖޭގައި އެކަމަށް އޮންނަ ނިޒާމްގެ ތެރެއިން ކަމަށް ުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

އޮންލައިން ނޫހެއް ކަމަށްވާ "އަވަސް" އިން އަލަށްފެށި "އަވަސް ހުކުރު" ޕްރޮގްރާމް ގައި ވާހަކަދައްކަވަމުން ދުންޔާ ވިދާޅުވީ ރައީސް ނަޝީދަށް ފުރިހަމަ އިންސާފެއް ލިބިވަޑައިގަތުމަކީ ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށާއި ނަމަވެސް ބޭރުގެ ޖަމިއްޔާ އަކުން ނުވަތަ ޖަމާއަތަކުން ނިންމިޔަސް އެކަން ނުކުރެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

ދުންޔާ ވިދާޅުވި ގޮތުގައި ނަޝީދަށް މިނިވަންކަން ލިބިވަޑައިގަތުމަކީ ވަރަށް މުހިތްމު ކަމެކެވެ. އަދި ކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ހައްލުވާނީ ރާއްޖޭގައި އެކަމަށް އުފެދިފައި އޮތް ނިޒާމުގެ ތެރެއަށް ވަދެގެން ކަމަށް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ފާހަގަ ކުރައްވާ ގޮތުގައި ރައީސް ނަޝީދަށް ކުރިމަތިވެވަޑައިގެންނެވި ކަންތައްތަކުގައި އެމަނިކުފާނަށް ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިވަޑައިގަތެވެ.

ރައީސް ނަޝީދުގެ މައްސަލައިގައި އދގެ ވޯކިން ގްރޫޕުން ކުރިމަތިކުރުވި ކަންކަމަށް ޖަވާބުދާރީވާން ޖެހިވަޑައިގެންނެވި ކަމަށާއި، އެގޮތުން ބައިނަލް އަޤްވާމީ ޤާނޫނުތަކާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާ ގުޅިގެން ކުރިމަތިވި ކަންކަމަށްވެސް ޖަވާބުދާރީވާން މަސައްކަތް ކުރެއްވި ކަމަށް ދުންޔާ ވިދާޅުވިއެވެ. އަދި ހުރިހާ ރައްޔިތުންނަށް ވެސް އިންސާފު ލިބެންޖެހޭނެ ކަމަށާއި އެމީހަކު ކުރި ކަމަށް ތުހުމަތުކުރާ ކުރެވޭ ކުށަކުން ބަރީޢަވުމުގެ ފުރުސަތުވެސް އެމީހަކަށް ލިބިދޭން ޖެހޭނެ ކަމަށް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ އަލަށް އިންތިޚާބުވެ ވަޑައިގަންނަވާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ޖުޑިޝަރީ ހަރުދަނާ ވެގެން ދިއުމަކީ ރައްޔިތުން ވަރަށް ބޮޑަށް ކުރައްވާ އުއްމީދެއް ކަމަށެވެ. އަދި ޝަރުޢީ ނިޒާމްގެ ތެރެއިން ލިބިދޭންޖެހޭ އިންސާފު ކަށަވަރުވަރު ކުރުމަކީ ކޮންމެ މީހެއްގެ ވެސް ޙައްޤެއް ކަމަށް ދުންޔާ ވިދާޅުވިއެވެ. އެ ގޮތުން ހުރިހާ މީހުންނަށް ވެސް ޖަސްޓިސް ލިބެން ޖެހޭ ކަމަށާއި ދިވެހި ރައްޔިތުންނަށް ރައްކާތެރިކަން އިހުސާސް ވާނީ އޭރުން ކަމަށް ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެ އިސްކޮށް އުޅުއްވި ގިނަ ބޭފުޅުންތަކެއްގެ އާއިލާތައް ތިބި ބިރުވެރިކަން އޭނާއަށް ވަރަށް ރަނގަޅަށް ވަޒަންކުރެވެއެވެ.

އެ ބޭފުޅުންނާއި އެ އާއިލާތައް ވެފައިވަނީ ބޮޑު ގުރުބާނީއެއްކަން ދުންޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ވޭދުވެދިޔަ ދުވަސްތަކަކީ އޭނާއަށް ވެސް ފަސޭހަ ދުވަސްތަކެއް ނޫން ކަމަށް ދުންޔާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް