Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފަތުރުވެރިން އިތުރުވުން

ސެޕްޓެމްބަރުގެ ނިޔަލަށް 1.08 މިލިއަން ފަތުރުވެރިން އަތުވެއްޖެ

25 އޮކްޓޯބަރު 2018 | ބުރާސްފަތި 23:23

އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 25 އޮކްޓޯބަރު 2018 | ބުރާސްފަތި 23:23
ސެޕްޓެމްބަރު 9 ވަނަ ދުވަހު ރާއްޖެއަށް މިއަހަރު އައި 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔަނީ

ސެޕްޓެމްބަރު 9 ވަނަ ދުވަހު ރާއްޖެއަށް މިއަހަރު އައި 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔަނީ

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 1،080،459 (އެއް މިލިއަން އަށްޑިހަ ހާސް ހަތަރު ސަތޭކަ ފަންސާސް ނުވަ) ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރު 8.3 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 998،009 އެވެ.

މިއަހަރުގެ ފުރަތަމަ 9 މަސް ދުވަހު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕުންނެވެ. ޔޫރަޕުން މި މުއްދަތުގެ ތެރޭގައި 516،487 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 14.8 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިއީ މިއަހަރުގެ ފުރަތަމަ 9 މަސްދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދުގެ 47.8 އިންސައްތައެވެ. ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިންވެސް އެންމެ ގިނަ އަދަދަކަށް ސެޕްޓެމްބަރުގެ ނިޔަލަށް ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެޤައުމުން މިމުއްދަތުގައި 83،311 ފަތުރުވެރިން އައެވެ. މި މުއްދަތުގައި ޔޫރަޕުން ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ޖަރުމަންވިލާތުން އައިސްފައިވަނީ 80،253 ފަތުރުވެރިންނެވެ. ޔޫރަޕުން ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިޓަލީވިލާތާއި ރަޝިޔާ އަދި ފަރަންސޭސީވިލާތް އަދި ސްޕެއިންއެވެ.

ސެޕްޓެމްބަރުގެ ނިޔަލަށް އޭޝިއާ އަދި ޕެސިފިކް ސަރަހައްދުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކީ 462،828 އެވެ. މީގެ ތެރެއިން 222،108 ފަތުރުވެރިންނަކީ ޗައިނާއިން އައި ފަތުރުވެރިންނެވެ. އާދައިގެ މަތިން މިމުއްދަތުގައިވެސް ރާއްޖެއަށް އެންމެ ގިނައިން އެއް ޤައުމަކުން ފަތުރުވެރިން އައި ޤައުމަކީ ޗައިނާއެެވެ.

އޭޝިއާ ސަރަހައްދުގެ ޤައުމުތަކަށް ބަލާއިރު އިންޑިއާ އިން ސެޕްޓެމްބަރުގެ ނިޔަލަށް 56،319 ފަތުރުވެރިން ރާއްޖެ އައެވެ. އަދި ޖަޕާނުން މިމުއްދަތުގައި 30،465 ފަތުރުވެރިން ރާއްޖެ އައެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދުން އައި ފަތުރުވެރިންނާއި ޔޫރަޕުން އައި ފަތުރުވެރިން އެއްކޮށްލާއިރު އެއީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ 90.6 އިންސައްތައެވެ. މި 2 މާކެޓަކީ އާއްމުކޮށް ރާއްޖޭގެ ފަތުރުވެރިކަން އަބަދުވެސް މާކެޓްކޮށް އުޅޭ މާކެޓެވެ.

ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވަކިވަކި ބައެއް ޤައުމުތަކުން ރާއްޖެއަށް މިިދިޔަ އަހަރު އައި ފަތުރުވެރިންނަށްވުރެ، މިއަހަރު އައި ފަތުރުވެރިންގެ އަދަދު ނިސްބަތުން ގިނަވެފައިވާކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ޕޮލެންޑް، ފިންލެންޑް، ސްލޮވީނިއާ، ތައިލެންޑް އަދި އާޖެންޓީނާއާއި ޤަތަރު ފާހަގަކޮށްލެވެއެވެ.

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާ އައިސްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގައެވެ. އެއީ ތުރުކީ ރައްޔިތެކެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
23 ޖެނުއަރީ 2017

އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި

23 ޖެނުއަރީ 2017
އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް