Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޝަރުއީ ދައިރާ

ޝަރުއީ ދާއިރާ ބަދަލުވިއިރު މީހުން ކުރާނެ ތައުރީފެއް ނެތް، އަދިވެސް ނަފުރަތު

ކޯޓުތައް ބަދަލުވީ އިންތިހާބަށް ފަހު

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2018 | ބުރާސްފަތި 14:01
ސަރުކާރާ އިދިކޮޅު ކޯލިޝަނުގެ މެމްބަރުންތަކެއް ސްޕްރީމް ކޯޓު ކުރިމަތީ:-ފޮޓޯ ރާއްޖެއެމްވީ

ސަރުކާރާ އިދިކޮޅު ކޯލިޝަނުގެ މެމްބަރުންތަކެއް ސްޕްރީމް ކޯޓު ކުރިމަތީ:-ފޮޓޯ ރާއްޖެއެމްވީ

މި ދުވަސް ވަރަކީ ނުހައްގުން އެތައް ދުވަހެއް ވަންދެން އަނިޔާ ލިބުނު ސިޔާސީ އެކި ބޭފުޅުން ކޯޓުތަކުން މިނިވަން ކުރަމުންދާ ދުވަސް ވަރެވެ. މުއްދަތެއް ނެތް ގޮތަށް ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ބޭފުޅުން ވެސް އެއްވެސް ޝަރުތެއް ނެތި އެ އޮތް މިނިވަން ވެގެން ދަނީ އެވެ. ގާނޫނީ ހަމަތަކާ އުސޫލުތައް ކޯޓުތަކުގެ ފަނޑިޔާރުންނާއި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނަރަލްގެ އެހީގައި މީހުންގެ މައްޗަށް ހިނގަން ފަށައިފި އެވެ. އެކަމަކު ނުފެންނަ މަންޒަރަކީ އެތަން ތަނަށް ފާޑުކީ މީހުން ތައުރީފުކުރާ މަންޒަރެވެ.

ވެރިކަން ވައްޓާލަން އުޅުނު ކަމަށް ތުހްމަތު ކުރި މީހުންނާއި ޓެރަރިޒަމްގެ ދައުވާ އުފުލާފައި ތިބި މީހުން މިނިވަން ވެގެން ދިޔައީ ޕީޖީން އެކަމަށް ކޮށްފައިނުވާ އިއުތިރާޒާއި އެމީހުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުން ބުނެ ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވާފައިވާ ސިޓީއަކަށް ޝަރީއަތުން ރިއާޔަތް ކުރުމަށް ފަހު އެވެ. އެކި މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތް އޮތުން ވެސް ނިމުމަކަށް ގެނަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކުރީގެ ޕޮލިސް ކޮމިޝަނަރުންނާއި ކުރީގެ ބައެއް ފުލުހުން ވެސް ހިމެނެ އެވެ. އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހައްޔަރު ކޮށްފައި ތިބި މީސް މީހުން މިނިވަންވެގެން ދިޔައީ ފަސޭހަ ކަމާއެކު އެވެ. އަދި ހުކުމް ނުކޮށް އޮތް އެތައް ދައުވާއެއް މި ދެންނެވި ބީދައިން ބާތިލްކުރީ ކްރިމިނަލް ކޯޓަށް ލިބިފައިވާ އިހްތިސާސްގެ ތެރެއިންނެވެ. ރައީސް އަބްދުﷲ ޔާމިންގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރި ކަމަށް ތުހްމަތުކޮށް ހައްޔަރު ކުރި މީހުންގެ ތެރެއިން ކްރިމިނަލް ކޯޓުން ދޫކޮށްލެވޭނެ އެންމެން ދޫކޮށްފި އެވެ. ދައުވާ ބާތިލް ކޮށްދޭން އެދުނު ހުރިހާ ބޭފުޅުންގެ ދައުވާތައް ދައުވާ ބާތިލްކޮށްފި އެވެ. ރަނގަޅު ވާނީ މިވަރަކަށެވެ.

ދެން އޮތީ ހައި ކޯޓަށް އައި ބަދަލެވެ. ހައި ކޯޓުގައި ސިޔާސީ އެކި ބޭފުޅުން އިސްތިއުނާފުކޮށްފައި އޮތް މައްސަލަތައް އެތައް ދުވަހެއް ފަހުން ނަގާ ބަލައި ހުކުމްކޮށްފި އެވެ. އަދި އެ މައްސަލައިގައި ހުކުމް ކުރެވެން ދެން ކާފާލާތުގެ ދަށުން ހުކުމް ތަންފީޒް ކުރުން ފަސްކޮށް މިނިވަން ވެސް ކުރީ އެވެ. ކުރީގެ ރައީސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާމެދު މި ގޮތަށް އަމަލު ކުރެވިގެންދިޔަ ފާހަގަ ކޮށްލަން ޖެހެ އެވެ. އަދި ހައި ކޯޓުން ހުކުމް އައިރު މި ތިން ބޭފުޅުންގެ ކުށެއް ނެތްކަން ކަނޑައެޅިގެން ދިޔައީ އެވެ. އެ ބޭފުޅުންގެ މައްޗަށް އިއްވާފައި ހުރި ޖަލު ހުކުމްތައް ބާތިލްކުރީ އެވެ. ހުކުމް ބާތިލް ކުރުމުގައި ޝަރީއަތުން ރިޔާއަތް ކޮށްފައި ހުރީ ގާނޫނުގައި ކަނޑައަޅާފައިހުރި އިޖްރާއަތްތަކަށާއި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ހަމަތަކާ އުސޫލު ތަކަށެވެ. ހުކުމްތައް އިންސާފުވެރި ނޫން ކަމަށް ބުނެވޭކަށް ނެތެވެ. އިންސާފުގެ ކޮޅެއްވެސް ނެތެވެ.

ފަހަކަށް އައިސް މިހާރު ޕްރޮސެކިއުޓާ ޖެނަރަލް އާދަޔާ ހިލާފު މިނިވަންކޮށް މަސައްކަތްކުރާތަން ފެނެވެ. ކްރިމިނަލް ކޯޓުން ސިޔާސީ އެކި ބޭފުޅުންގެ މައްޗަށް އިއްވި ހުކުމްތައް ބާތިލް ކުރަން އެންމެ ފަސޭހަވި އެއް ސަބަބަކީ ދަށު ކޯޓުން ޝަރީއަތް ހިންގުމުގައި ގެންގުޅުނު އިޖްރާއަތްތައް ރަނގަޅު ނޫން ކަމަށްވި ޕީޖީގެ އޮފީހުގެ ވަކީލުން އިއުތިރާފުގެ މައްޗަށެވެ. ޕީޖީ މިއަދު މަސައްކަތް ކުރަނީ ގާނޫނުން މަތިކޮށްފައިވާ މައްސޫލިއްޔަތުތަކާ އެއްގޮތަށް ވަކި ފަރާތަކަށް ނުޖެހި މިނިވަން ކަމާއެކު ކަމަށް ބުނެވިދާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ބާއްވާ އަވަސް ކަމާއެކު ކުއްލި ގޮތަކަށް ހުކުމްކޮށްފި އެވެ. އެ ހަތަރު މެމްބަރުންގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ހުކުމްކުރިއިރު ދެން ތިބި މެމްބަރުންގެ މައްސަލަތައް ވެސް އެހަރަ ފަޓާސްބަރިއެއްހެން ގެންގޮސް ހުކުމާ ހަމައަށް އައީ އެވެ.

ކަންކަން މިހެން ހުރި ނަމަވެސް ފަނޑިޔާރުންނަށާއި ޕީޖީއަށް ބަޔަކު ކުރާނެ ތައުރީފެއް ނެތެވެ. ހާމަކަން ބޮޑު ގޮތެއްގައި ފެންނަމުން ދަނީ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ކޯޓުތަކަށް ކީ ފާޑު ކީ ހަމަ ކިޔަން ޖެހިގެން ކަމެވެ. ރައްޔިތުން އެތަން ތަނަށް ޝުކުރު އަދާކުރަން ބޭނުން ނުވާ ސަބަބަކީ ކޯޓުތަކަށް އައި ބަދަލެއްއައީ ރިޔާސީ އިންތިހާބު ނަތީޖާއަށް ފަހު ކަމަށްވުމެވެ. ޖިނާއީ އަދުލު ނިޒާމާ ގުޅުންހުރި އެއްވެސް ގާނޫނަކަށް އައި ބަދަލެއް ނެތެވެ. ރިޔާސީ އިންތިހާބުގެ ކުރިން މިނިވަން ކޮށްދިނުމަށް އެދި ކުރި އާދޭސް އެއްޗަކަށް ނުވެފައި ޝަރީއަތުގެ އަޑުއެހުމެއް ވެސް ނުބާއްވާ އެކި މީހުން މީހުން މިނިވަން ކުރީމަ ޝަރުއީ ދާއިރާގެ ހާލަތު މީހުނަށް އިހުނަށް ވުރެ ބޮޑަށް އެނގުނީ އެވެ. އެތައް ސިޔާސީ ބަޔަކު މިއަދު މިނިވަންކުރި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ގާތަށް އިންސާފު ހޯދަން ދާން ނުކެރޭ ވަރަށް އެމީހުންގެ ފެންވަރު ހައި ކޯޓުން މިހާރު އެ ނިންމި ނިންމުންތަކުން އެ އޮތް ހާމަވަނީ އެވެ. އެތައް ބަޔަކު ޖަލަށް ލީ ޖިނާޢީ އަދުލު ނިޒާމްގައި ގާއިމުވެފައި ހުރި އިޖްރާއަތްތައް މުގުރާލާފައި ކުރި ހުކުމްތަކަކުން ކަމަށް ހައި ކޯޓުން މިއަދު އެވަނީ ކަނޑައަޅާފައި އެވެ. ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްތައް ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމްތަކާއެކު ކްރިމިނަލް ކޯޓުން މިއަދު ކިތަންމެ ބަޔަކު މިނިވަން ކުރިއެއް ކަމަކު ތައުރީފެއް ކުރަން ކެރޭނީ ކިހިނެތް ހެއްޔެވެ.

ކްރިމިނަލް ކޯޓުން ބޭ އިންސާފުން ހުކުމް ކުރުމުން އެ ހުކުމްތައް ހައި ކޯޓުން މިއަދު ބާތިލް ކުރިއެއް ކަމަކު ހައި ކޯޓު ރަނގަޅޭ ބުނާނެ ދުލެއް ނެތެވެ. ކްރިމިނަލް ކޯޓުން ކޮށްފައިވާ އެ ހުކުމްތައް ބާތިލް ކޮށްދިނުމަށް އެދި ހުށައެޅި މައްސަލަތަކަށް އަހަރެއް ވީއިރުވެސް އަޅާ ނުލައި ތިބުމަށް ފަހު ރިޔާސީ އިންތިހާބު ހަމަ ނިމުމާއެކު އިންސާފުވެރި ހުކުމްތަކެއް ނެރުނަސް އެމީހުނަށް އަދާކުރާނެ ޝުކުރެއް ނެތެވެ. ހައި ކޯޓުން މިއަދު އެ ނިންމާ ގަޟިއްޔާތަކުގައި ފާހަގަކޮށްފައިވާ ކަންކަމުން ދޭހަވަނީ އެ ކޯޓުން މީގެ ކުރިން އެ ބާވާތުގެ މައްސަލަތަކުގައި ކޮށްފައިވާ ބޭ އިންސާފު ހުކުމްތަކެވެ.

ސުޕްރީމް ކޯޓުން މިއަދު މެމްބަރުންގެ ގޮނޑީގެ މައްސަލަތައް އަވަސް އަރުވާލައިގެން ނިންމާއިރު ތިޔަ މައްސަލަތަކެއް ކޯޓަށް ހުށައެޅިފަހުން ފާއިތުވިދުވަސްތަކުގައި ސުޕްރީމް ކޯޓު އޮތީ ލޯ މަރާލައިގެންނެވެ. އޭގެ ސަބަބުން ރައްޔިތުން ހޮވާފައި ތިބި މެމްބަރުންނަށް އެމީހުންގެ ވާޖިބު އަދާ ނުކުރެވި އޮތްކަން އެނގޭއިރު ސުޕްރީމް ކޯޓު މިހާރު ރަނގަޅޭ ބުނާނީ ކިހިނެއް ހެއްޔެވެ.

މިއަދު ރާއްޖޭގެ ކޯޓުތަކުގައި ފަނޑިޔާރުން ނިންމާ ނިންމުންތަކާ ޕީޖީ ދައްކާ ވާހަކައިން އެނގެނީ ގަސްތުގައި އެނގިތިބެ އިންސާފު ގާއިމުކޮށް ނުދީ ހިފެހެއްޓި ކަމެވެ. އިންސާފު ލިބިނުދީ ލަސްވުމަކީ ވެސް އިންސާފެއް ނޫނެވެ. މިއަދު ކިތަންމެ ރަނގަޅު ނަމަވެސް އިންސާފު ގާއިމު ނުކޮށްދީ ދިގުލައިގެން ދިޔަ ކަމުގެ މައްޗަށް އެމީހުނަށް ކުރާނެ ތައުރީފެއް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަތުރުވެރިކަމުގެ ދާއިރާ: ރާއްޖެ އިން ލިބޭ ކާބޯތަކެތި ކަމަކު ނުދޭ، ގޮނޑުދޮށްތައް ވަރަށް ހިތްގައިމު

ފަތުރުވެރިކަމުގެ ދާއިރާ: ރާއްޖެ އިން ލިބޭ ކާބޯތަކެތި ކަމަކު ނުދޭ، ގޮނޑުދޮށްތައް ވަރަށް ހިތްގައިމު

22 ޖެނުއަރީ 2018
2017: ސަރުކާރު ބަލިކަށިވި ކޮންމެ ވަގުތަކު "ޝަރުއީ" ފަރުވާ

2017: ސަރުކާރު ބަލިކަށިވި ކޮންމެ ވަގުތަކު "ޝަރުއީ" ފަރުވާ

30 ޑިސެމްބަރު 2017
ޕެރަމެޑިކްސް ދާއިރާ: ރާއްޖެއަށް ވަރަށް މުހިއްމު ދާއިރާއެއް

ޕެރަމެޑިކްސް ދާއިރާ: ރާއްޖެއަށް ވަރަށް މުހިއްމު ދާއިރާއެއް

12 ޑިސެމްބަރު 2017
ސަރުކާރަށް ހަތަރު އަހަރު: ވާދަވެރިން ނައްތާލުމުގެ ހަތިޔާރަކަށް ޝަރުއީ ދާއިރާ!

ސަރުކާރަށް ހަތަރު އަހަރު: ވާދަވެރިން ނައްތާލުމުގެ ހަތިޔާރަކަށް ޝަރުއީ ދާއިރާ!

17 ނޮވެމްބަރު 2017
ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

19 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު