Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ނޯޓީ ފޯޓީ

"ނޯޓީ ފޯޓީ" އެންމެ ފަހުގެ މަސައްކަތް ފަށައިފި

ނޯޓީ ފޯޓީ ސިނަމާއަށް އަންނާނީ އޮގަސްޓު 2 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 29 ޖޫން 2017 | ބުރާސްފަތި 13:04
 "ނޯޓީ ފޯޓީ" ޝޫޓް ކުރުމުގެ ތެރޭގައި

"ނޯޓީ ފޯޓީ" ޝޫޓް ކުރުމުގެ ތެރޭގައި

މިއަހަރުގެ އޮގަސްޓް 2 ގައި ސިނަމާތަކަށް އަންނަ ދިވެހި ފިލްމު "ނޯޓީ ފޯޓީ" އެންމެ ފަހުގެ މަސައްކަތްތައް ފަށާފައިވާކަމަށް އެ ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރ އަހުމަދު ސައީދު ބުނެފިއެވެ.

ރާއްޖެއެމްވީއާއި ވާހަކަ ދައްކަމުން ސައީދު ބުނީ ބުދަދުވަހުގެ ރޭ "ނޯޓީ ފޯޓީ" ގެ އެންމެ ފަހުގެ މަސައްކަތް ފަށާފައިވާކަމަށާއި ހަފްތާއެއްގެ ތެރޭގައި ފިލްމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލާނެކަމަށެވެ.

"ނޯޓީ ފޯޓީ" ޝޫޓު ކުރުމުގެ މަސައްކަތް ހުއްޓާލާފައިވަނީ އެ ފިލްމުގައި ހަރަކާތްތެރިވާ ތަރިންގެ ތެރެއިން އުމުރުން 40 އަހަރުން މަތީގެ ރޯލުކުޅޭ ތަރިންތައް ހިކުމަށްފަހު ނަގަންޖެހޭ މަންޒަރުތައް ނެގުމަށެވެ.

އެހެންކަމުން ބުދަދުވަހުގެ ރޭ ފަށާފައިވަނީ އެ ތަރިންގެ ޝޫޓިންތަކެވެ. ހިކިކޮށް ޒުވާންކޮށް ދައްކަނީ ޔޫސުފް ޝަފީއު (ޔޫއްޕެ)، އަހުމަދު ސައީދު، ނިއުމާ މުހައްމަދު ، އަދި މަނިކުގެ އިތުރުން ސީޒަންއެވެ.

މި ފިލްމުގެ ޝޫޓިންއަށް ލަންކާގައި ދިރިއުޅެމުން އަންނަ އަލީ ސީޒަންވެސް ވަނީ މާލެއައިސްފައެވެ.

"ފިލްމުގެ ބޮޑުބައި ނިމިފައި މިހާރު ހުރީ. ރޭގަ އަޅުގަނޑުމެން މި ފެށީ ފިލްމުގެ އެންމެ ފަހު ބައި. ހަފްތާއެއްގެ ތެރޭގައި ފިލްމުގެ އެންމެ ފަހުގެ މަސައްކަތް އެއްކޮށް ނިންމާލާނެ" ސައީދު ބުންޏެވެ.

ސައީދު ބުނީ ފިލްމު ޝޫޓްކޮށް ނިންމާލެވުނުހާ އަވަހަކަށް ޓިކެޓް ބުކިންގ ހުޅުވާލާނެކަމަށެވެ.

މި ފިލްމުގެ ޕްރޮޑިއުސަރ ނިއުމާ މުހައްމަދު އަދި އިސްމާއީލް ޝަފީގު ތިބީ ފިލްމުގެ މަސައްކަތް ކުރިއަށްދާގޮތާއިމެދު ހިތްހަމަ ޖެހިފައިކަމަށްވެސް ސައީދު ބުންޏެވެ. މިއީ މި ދެ މީހުން އެކުގައި އުފައްދާ ދެ ވަނަ ފިލްމެވެ. ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު ތަރި ޔޫސުފް ޝަފީޢު (ޔޫއްޕެ) އެވެ.

ނޯޓީ ފޯޓީގައި ޔޫއްޕެ، ނިއުމާ، ސީޒަން. އަހުމަދު ސައީދު އަދި މުހައްމަދު މަނިކު ގެ އެކްޓިންގ ފެނިގެން ދާނެއެވެ. މުހައްމަދު މަނިކަކީ "ނޯޓީ ފޯޓީ" ގެ އެސިސްޓެންޓް ޑައިރެކްޓަރެވެ.

މީގެ އިތުރުން މަރިޔަމް އައްޒަ، ފާތިމަތު އާޒިފާ(އަޒޫ)، އިބްރާހިމް ޖިހާދު(ޖިމީ)، އަލީ އާޒިމް(ދޮންއައްޔަ) ވެސް މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެއެވެ. އަދި މީގެ އިތުރުން ނުޒުހަތު ޝުއައިބާއި ސޯޝަލްމީޑިއާގައި މަޝްހޫރުކަން ހޯދަމުން އަންނަ ލިއާމް ޖޯންވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

އަދި މީގެ އިތުރުން ސަން މީޑިއާގައި މަސައްކަތް ކުރާ އަހުމަދު ޝަރީފް އަދި ގުލިސްތާނު ވެސް މި ފިލްމުން ފެނިގެންދާނެއެވެ. މި ދެތަރިންނަކީ ފިލްމީ ދާއިރާއަށް އާ ދެތަރިންނެވެ.

"ބިގެސްޓް މޫވީ އޮފް ދަ އިޔާ" ގެ ހޭޝްޓެގް ބޭނުންކޮށްގެން ޕްރޮމޯޓު ކުރާ "ނޯޓީ 40" އަކީ ވަރަށް ގިނަ ރަހަތަކެއް އެކުލެވިގެން ވާ ފިލްމަކަށް ވާނެކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސޯނޫ ނިގަމްއަށް ކީ ފާޑު ކިޔުންތަކާއެކު އޭނާގެ ގޭގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ސޯނޫ ނިގަމްއަށް ކީ ފާޑު ކިޔުންތަކާއެކު އޭނާގެ ގޭގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

19 އެޕްރީލު 2017
 “ނޯޓީ 40" ގެ ފުރަތަމަ ޓީޒާ ދައްކާލައިފި

“ނޯޓީ 40" ގެ ފުރަތަމަ ޓީޒާ ދައްކާލައިފި

05 އެޕްރީލު 2017
ފިލްމު"ހައްދު"ގެ 20 ޕަސެންޓް މަސައްކަތް ނިންމާލައިފި

ފިލްމު"ހައްދު"ގެ 20 ޕަސެންޓް މަސައްކަތް ނިންމާލައިފި

03 އެޕްރީލު 2017
 ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި

ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި

02 އެޕްރީލު 2017
އަކްޝޭއާ އެކު ފިލްމްގައި މަސައްކަތް ކުރަން ތައްޔާރު: ސަލްމާން

އަކްޝޭއާ އެކު ފިލްމްގައި މަސައްކަތް ކުރަން ތައްޔާރު: ސަލްމާން

15 މާރިޗު 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު