Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަމާޅް ޚަޝޯގީ

ޚަޝޯގީގެ މަރަކީ ސައުދީން ދުރާލާ ރާވައިގެން ހިންގި ކަމެއް، އެއީ ސިޔާސީ މަރެއް: އުރުދުޣާން

23 އޮކްޓޯބަރު 2018 | އަންގާރަ 10:38

މިހާތަނަށް ސައުދީގެ 18 މީހަކު ހައްޔަރުކޮށްފައިވޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 23 އޮކްޓޯބަރު 2018 | އަންގާރަ 10:38
ޚަޝޯގީ (ކ) އުރުދުޣާން

ޚަޝޯގީ (ކ) އުރުދުޣާން

މި މަހުގެ 2 ވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލާފައި ވަނީ ސިޔާސީ ސަބަބަކަށްޓަކައި ކަމަށާއި އެއީ ދުރާލާ ސައުދީން ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށް ތުރުކީގެ ރައީސް ރަޖެބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން އުރުޣާން ވިދާޅުވީ ޚަޝޯގީ މަރާލާފައި ވަނީ ދުރާލާ ރާވައިގެން ކަމަށެވެ. އެކަމުގައި ބައިވެރިވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އުރުދުޣާން ވަނީ ސައުދީއަށް ގޮވާލައްވާފައެވެ. އަދި އެކަމުގެ ބައިވެރިވި އެންމެންނަށް ހައްގު އަދަބު ލިބެންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޚަޝޯގީގެ މަރާ ބެހޭ ގޮތުން ސައުދީން މީގެ ކުރިން ބުނެފައި ވަނީ ޚަޝޯގީ މަރުވެފައި ވަނީ ސައުދީ ކޮންސިއުލޭޓް ތެރޭގައި ހުރި މީހަކާއި އެކީގައި ހިނގައިދިޔަ ޒުވާބެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި ކަމަށެވެ. އެހެން ނަމަވެސް އުރުދުޣާން ވިދާޅުވީ އެއީ ދޮގެއް ކަމަށާއި ޚަޝޯގީ ގެއްލުނު ދުވަހު ކުއްލި ގޮތަކަށް 15 މެމްބަރުންގެ ޓީމެއް ތުރުކީއަށް ގޮސްފައިވާ ކަމަށް ތަހުގީގު ޓީމުން ހާމަކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޚަޝޯގީ މަރާލާފައި ވަނީ ދުރާލާ ރާވައިގެން ކަމަށް ޔަގީންކުރެވޭ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

ޚަޝޯގީގެ މަރާ ގުޅިގެން އުރުދުޣާން ވިދާޅުވީ ޚަޝޯގީ މަރާލުމުގެ އެއް ދުވަސް ކުރިން އެގައުމުގެ ޖަންގަލި ބަލާފައިވާ ކަމުގެ ހެކި ފެނިފައިވާ ކަމަށެވެ. އެ ތިން މީހުން ތުރުކީއަށް ގޮސްފައި ވަނީ އޮކްޓޯބަރ 1 ވަނަ ދުވަހު ކަމަށް ތަހުގީގުން ހާމަވާ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

ޚަޝޯގީ ގެއްލުނުކަން އެނގުނު ހިސާބުން ތުރުކީގެ އޮފިޝަލުން ގެންދިޔައީ ޚަޝޯގީ ކޮންސިއުލޭޓުން ނުކުމެފައިވާ ވީޑިއޯ ދެއްކުމަށް ސައުދީއަށް ބާރުއަޅަމުންނެވެ. ނަމަވެސް ތުރުކީން ގެންދިޔައީ އެ ގައުމުން ބުނަމުންދިޔަ ކަންކަމަށް ބާރުދޭ ހެކިތައް ހޯދަމުންނެވެ.

އުރުދުޣާން ވިދާޅުވީ ޚަޝޯގީ ސައުދީ ކޮންސިއުލޭޓަށް ވަތް ހިސާބުން އޭނާގެ ޚަބަރެއް ނުވެގެން ކޮންސިއުލޭޓް ބޭރުގައި ހުރެ އޭނާގެ ލޯބިވެރިޔާ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައި ކަމަށެވެ. އަދި ވަގުތުން ތަހުގީގު ކުރިއަށް ގެންދިޔަ ކަމަށެވެ.

ސައުދީގެ އިންޓެލިޖެންސް އޮފިސަރުންތަކެއް އިސްތަންބޫލް އެއާޕޯޓަށް އެތެރެވާ މަންޒަރާއި އެ އަށް ފަހު އަނބުރާ ދާ މަންޒަރު ފެންނަ ފުޓޭޖްތަކެއް ވެސް ތުރުކީ އިން ވަނީ ހޯދާފައެވެ.

މީގެ އިތުރުން ޚަޝޯގީ ހޯދުމުގެ މަސައްކަތުގެ ތެރެއިން ތުރުކީގެ ތަހުގީގު ޓީމަށް އިތުރު ފުރުސަތެއް ލިބިގެންދިޔައީ ކޮންސިއުލޭޓް ބަލަން ފުރުސަތު ލިބުމުންނެވެ. ތަހުގީގު ޓީމުގައި އިސްކޮށް ހުރި ތުރުކީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ.

ތުރުކީގެ އޮފިޝަލުން ކޮންސިއުލޭޓާއި، ކޮންސުލް ޖެނެރަލްގެ ގެކޮޅާއި، ޑިޕްލޮމޭޓުންގެ ކާރުކޮޅުތައް ވެސް ތަހުގީގު ޓީމުން ބަލާ ފާސްކުރިއެވެ.

ޚަޝޯގީ މަރާލާފައިވާ އަޑުތައް ރެކޯޑްކުރެވިފައިވާ ކަމަށް ބުނާ އޯޑިއޯތަކެއް ލިބިފައިވާ ކަމަށް ބުނި ނަމަވެސް އެ އޯޑިއޯތައް ތުރުކީ އިން ހާމައެއް ނުކުރެއެވެ.

ޚަޝޯގީ މަރުވެފައިވާ ކަމަށް ސައުދީން އެއްބަސްވީ 18 ދުވަސް ފަހުންނެވެ. އޭގެ ކުރިން ދިޔައީ އެކަން ދޮގުކުރަމުންނެވެ. އަދި ތަހުގީގު ފަށާފައިވާ ކަމަށް އެ ގައުމުން ބުނެއެވެ. އަދި މިހާތަނަށް ސައުދީގެ 18 މީހަކު ވަނީ ހައްޔަރު ވެސް ކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

15 އެޕްރީލު 2018

ސީރިޔާއަށް ދިން ވައިގެ ހަމަލާ: ހަމަލާތަކަށް ތާޢީދުކުރާ ކަމަށް ސައުދީން ބުނެފި

15 އެޕްރީލު 2018
ސީރިޔާއަށް ދިން ވައިގެ ހަމަލާ: ހަމަލާތަކަށް ތާޢީދުކުރާ ކަމަށް ސައުދީން ބުނެފި
05 އެޕްރީލު 2018

އިޒްރޭލާއެކު ސައުދީން ބާއްވަމުން ދިޔަ ސިއްރު ގުޅުން ގޯނިން ބޭރުވަނީ!

05 އެޕްރީލު 2018
އިޒްރޭލާއެކު ސައުދީން ބާއްވަމުން ދިޔަ ސިއްރު ގުޅުން ގޯނިން ބޭރުވަނީ!
25 ޑިސެމްބަރު 2017

ހަރީރީ އިސްތިއުފާދެއްވީ ސައުދީން މަޖުބޫރުކޮށްގެން: ނިއުޔޯކް ޓައިމްސް

25 ޑިސެމްބަރު 2017
ހަރީރީ އިސްތިއުފާދެއްވީ ސައުދީން މަޖުބޫރުކޮށްގެން: ނިއުޔޯކް ޓައިމްސް
06 ނޮވެމްބަރު 2017

ހަރީރީ މަގާމުން އިސްތިއުފާ ދެއްވީ ސައުދީން ބުނިބުނުމެއްގެ މައްޗަށް: ހިޒްބުﷲ ޖަމާއަތުގެ ލީޑަރު

06 ނޮވެމްބަރު 2017
ހަރީރީ މަގާމުން އިސްތިއުފާ ދެއްވީ ސައުދީން ބުނިބުނުމެއްގެ މައްޗަށް: ހިޒްބުﷲ ޖަމާއަތުގެ ލީޑަރު
05 ނޮވެމްބަރު 2017

ސައުދީ ޕްރިންސް އަލްވަލީދު ހައްޔަރު ކުރިކަން ސައުދީން ކަށަވަރު ކޮށްދީފި

05 ނޮވެމްބަރު 2017
ސައުދީ ޕްރިންސް އަލްވަލީދު ހައްޔަރު ކުރިކަން ސައުދީން ކަށަވަރު ކޮށްދީފި
16 އޯގަސްޓު 2017

ސައުދީ އަރަބިއްޔާ އާއި އިރާގާ ގުޅިފައިވާ "އަރާރް ބޯޑަރު" ސައުދީން ހުޅުވާލަނީ

16 އޯގަސްޓު 2017
ސައުދީ އަރަބިއްޔާ އާއި އިރާގާ ގުޅިފައިވާ "އަރާރް ބޯޑަރު" ސައުދީން ހުޅުވާލަނީ
02 އޯގަސްޓު 2017

ރެޑްސީގައި މަތީފަންތީގެ ރިޒޯޓް ގާއިމްކޮށް ސައުދީން ޓޫރިޒަމްގެ ބިޔަ ޕްރޮޖެކްޓަކާ ދިމާލަށް

02 އޯގަސްޓު 2017
ރެޑްސީގައި މަތީފަންތީގެ ރިޒޯޓް ގާއިމްކޮށް ސައުދީން ޓޫރިޒަމްގެ ބިޔަ ޕްރޮޖެކްޓަކާ ދިމާލަށް
23 ޖޫން 2017

އޮޓޯ ވާމްބިއާގެ މަރަކީ "ގޮތް ނޭނގޭ" މަރެއް: އުތުރު ކޮރެއާ

23 ޖޫން 2017
އޮޓޯ ވާމްބިއާގެ މަރަކީ "ގޮތް ނޭނގޭ" މަރެއް: އުތުރު ކޮރެއާ
20 ޖޫން 2017

އިރާނުގެ ސިފައިންކަމަށް ބެލެވޭ ބަޔަކު ސައުދީން ހައްޔަރުކޮށްފި

20 ޖޫން 2017
އިރާނުގެ ސިފައިންކަމަށް ބެލެވޭ ބަޔަކު ސައުދީން ހައްޔަރުކޮށްފި
17 ޖޫން 2017

ސައުދީން އިސްރާއީލާއި އެކު އިޤުތިޞާދީ ގުޅުން ޤާއިމް ކުރަނީ

17 ޖޫން 2017
ސައުދީން އިސްރާއީލާއި އެކު އިޤުތިޞާދީ ގުޅުން ޤާއިމް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް