Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަރީރީގެ އިސްތިއުފާ

ހަރީރީ އިސްތިއުފާދެއްވީ ސައުދީން މަޖުބޫރުކޮށްގެން: ނިއުޔޯކް ޓައިމްސް

އިސްތިއުފާ އަނބުރާ ގެންދެވިކަން ހާމަކުރެއްވީ އެނބުރި ލުބުނާނަށް ވަޑައިގެންނެވުމަށް ފަހު ބޭއްވި ފުރަތަމަ ކެބިނެޓް ބައްދަލުވުމަށް ފަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 25 ޑިސެމްބަރު 2017 | ހޯމަ 22:34
ހަރީރީގެ އިސްތިއުފާ ލުބުނާނުގެ ރައީސް މިޝޭލް އައޫން ގަބޫލުފުޅު ކުރައްވާފައެއްނުވޭ

ހަރީރީގެ އިސްތިއުފާ ލުބުނާނުގެ ރައީސް މިޝޭލް އައޫން ގަބޫލުފުޅު ކުރައްވާފައެއްނުވޭ

ލުބުނާނުގެ ބޮޑުވަޒީރު ސައުދުލް ހަރީރީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށް ވަޑައިގެންނެވީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާއެކު އެއްދުވަސް ހޭދަކުރެއްވުމުގެ އުއްމީދުގައި ކަމަށާއި ނަމަވެސް ސައުދީގެ ސަލާމަތީ ފައުޖުތަކުން އޭނާ ގަދަކަމުން ގެންދިއުމަށްފަހު މަގާމުން އިސްތިއުފާދެއްވަން މަޖުބޫރުކުރުވިކަމަށް ނިއުޔޯކް ޓައިމްސްއިން ބުނެފިއެވެ.

ނަން ހާމަނުކުރާ ލުބުނާނުގެ އޮފިޝަލަކާއި ހުޅަނގުގެ އޮފިޝަލަކާ ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ބުނީ ލުބުނާނުގެ އިތުރުން ސައުދީގެ ޕާސްޕޯޓްވެސް އޮންނަ ހަރީރީ ދޫކޮށްލީ ބައިނަލްއަގްވާމީ ފަރާތްތަކުން ބާރު އަޅައިގެންކަމަށެވެ.

އެ ރިޕޯޓްގައި ބުނެފައިވާގޮތުގައި ކުރިން ތައްޔާރުކޮށްފައިވާ އިސްތިއުފާގެ ތަގުރީރެއް ގެނައުމުގެކުރިން ހަރީރީގެ ފޯނު އަތުލުމަށްފަހު އެންމެ ބޮޑީގާޑެއް ފިޔަވައި ހުރިހާ ބޮޑީގާޑުންވެސް އެ މަނިކުފާނާ ވަކިކުރިއެވެ.

އީރާނުން ލުބްނާނުގެ ދާޚިލީ ކަންކަމާ ބެހޭ ކަމަށާއި އަދި ފުރާނަފުޅަށް ނުރައްކާއޮތްކަމަށް ވިދާޅުވެ ލުބްނާނުގެ ބޮޑުވަޒީރު ސައުދުލް ހަރީރީ މަޤާމުން އިސްތިއުފާދެއްވިކަމަށް އިއުލާނުކުރެއްވީ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ހުޅަނގުގެ ޑިޕްލޮމޭޓުންނާއި ލުބުނާނުގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި ސައުދީ އަރަބިއްޔާއިން ވިސްނުމަކަށް ވެފައި އޮތީ ހަރީރީގެ އިސްތިއުފާއާއެކު ހިޒްބުﷲ ޖަމާއަތާ ދެކޮޅަށް މުޒާހަރާތައް ފެށިގެންދިއުން ނަމަވެސް އެކަން ހަގީގަތަކަށް ވެފައި ނުވާކަމަށެވެ.

ލުބުނާނުގެ ރައީސް މިޝޭލް އައޫންވެސް ހިމެނިވަޑައިގަންނަވާގޮތަށް، އިސް އޮފިޝަލުން ވަނީ ހަރީރީގެ އިސްތިއުފާގެ ސަބަބާއިމެދު ވަގުތުން ޝައްކު އުފައްދަވައި ހުޅަނގުގެ ޑިޕްލޮމޭޓުންނަށް އެކަމުގައި ސަމާލުވުމަށް އަންގަވާފައެވެ.

އެންމެ ފަހުން ހަރީރީ ގައުމަށް ވަޑައިގެންފައިވަނީ ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންގެ އަރިހަށް އެ ގައުމަށް ވަޑައިގަތުމަށްފަހުއެވެ.

ސައުދީގައި ހަރީރީ ހުންނެވީ އެ މަނިކުފާނުގެ ނުރުހުމުގައި ބަންދުގައި ކަމަށް ބުނާ ވާހަކަތަކަށް ހަރީރީ އިންކާރުކުރެއްވި ނަމަވެސް އެ ގައުމުގައި ހުންނެވިއިރު ހިނގާފައިވާ ކަންކަން ހާމަކުރެއްވުމަށް ދެކޮޅުހައްދަވައެވެ.

ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވިކަން އިޢުލާން ކުރެއްވިތާ މަސް ދުވަސް ފަހުން ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު ހަރީރީވަނީ އިސްތިއުފާ އަނބުރާ ގެންދަވާފައެވެ.

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2017

ސައުދީ ޕްރިންސް އަލްވަލީދު ހައްޔަރު ކުރިކަން ސައުދީން ކަށަވަރު ކޮށްދީފި

05 ނޮވެމްބަރު 2017
ސައުދީ ޕްރިންސް އަލްވަލީދު ހައްޔަރު ކުރިކަން ސައުދީން ކަށަވަރު ކޮށްދީފި
05 ނޮވެމްބަރު 2017

ސާދް ހަރީރީގެ އިސްތިއުފާ އަކީ ސަރަހައްދުގެ ހަމަޖެހުން ނަގާލުމުގެ ރޭވުމެއް: އީރާން

05 ނޮވެމްބަރު 2017
ސާދް ހަރީރީގެ އިސްތިއުފާ އަކީ ސަރަހައްދުގެ ހަމަޖެހުން ނަގާލުމުގެ ރޭވުމެއް: އީރާން
04 ނޮވެމްބަރު 2017

އީރާނާ ހެދި ކަމަށް ބުނެ ލުބްނާނުގެ ބޮޑުވަޒީރު ސާދު ހަރީރީ އިސްތިއުފާ ދެއްވައިފި

04 ނޮވެމްބަރު 2017
އީރާނާ ހެދި ކަމަށް ބުނެ ލުބްނާނުގެ ބޮޑުވަޒީރު ސާދު ހަރީރީ އިސްތިއުފާ ދެއްވައިފި
02 ނޮވެމްބަރު 2017

ނިއުޔޯކް ޓްރަކް ހަމަލާ:ހަމަލާ ދިން މީހާގެ މައްޗަށް ދައުވާކޮށްފި

02 ނޮވެމްބަރު 2017
ނިއުޔޯކް ޓްރަކް ހަމަލާ:ހަމަލާ ދިން މީހާގެ މައްޗަށް ދައުވާކޮށްފި
01 ނޮވެމްބަރު 2017

ނިއުޔޯކް ޓްރަކް ހަމަލާ: އަށް މީހަކު މަރާލައި 11 މީހުން ޒަޚަމް ކޮށްލައިފި

01 ނޮވެމްބަރު 2017
ނިއުޔޯކް ޓްރަކް ހަމަލާ: އަށް މީހަކު މަރާލައި 11 މީހުން ޒަޚަމް ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު