Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޔާސީ އިންތިޚާބް 2018

ސުޕްރީމް ކޯޓުގެ ހުކުމާއެކު މާޔޫސްކަމުން ހިނިތުންވުމަކަށް!

21 އޮކްޓޯބަރު 2018 | އާދީއްތަ 12:38

ރައްޔިތުންނަށް އިންސާފު ލިބިއްޖެ ކަމަށް އެ މީހުން ޤަބޫލުކުރޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 21 އޮކްޓޯބަރު 2018 | އާދީއްތަ 12:38
ސުޕްރީމް ކޯޓް ބޭރުގައި ރައްޔިތުން އުފާފާޅުކުރަނީ

ސުޕްރީމް ކޯޓް ބޭރުގައި ރައްޔިތުން އުފާފާޅުކުރަނީ

މުޅި ދިވެހިރާއްޖޭގެ ރައްޔިތުން އިންތިޒާރު ކުރަމުން ދިޔައީ ރިޔާސީ އިންތިޚާބު ނަތީޖާ ބާތިލް ކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އަންނާނެ ވަގުތަކަށެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމުގެ ކަންތައްތައް ދާ ގޮތުން ރައްޔިތުންނަށް އިންސާފެއް ލިބިގެންދާނެ ކަމާއި މެދު ގިނަ ބަޔަކު ތިބީ ޝައްކެއްގެ މަތީީގައެވެ.

ސުޕްރީމް ކޯޓްގައި އާދީއްތަ ދުވަހު އެކެއް ޖެހިއިރަށް އެ މައްސަލަ ތާވަލް ކުރެވުމާއެކު މުޅި ގައުމު އިންތިޒާރުގައި ތިބީ ހުކުމް އިއްވާނެ ވަގުތަކަށެވެ. އެއްބަޔަކު ކޯޓު ސަރަހައްދުގަ އެވެ. އަނެއް ބަޔަކު ޓީވީ ފެންނަ ފަށުގަ އެވެ. ނުވަތަ ސޯޝަލް މީޑިއާއިން ލައިވް އަޕްޑޭޓް ބެލުމުގަ އެވެ.

އިންތިޚާބުގެ ބާތިލުކުރަންޖެހޭ ސަބަބެއް އޮތް ކަމަށް އަޣުލަބިއްޔަތު ރައްޔިތުން ގަބޫލު ނުކުރިޔަސް، މީގެ ކުރިން ކޯޓުތަކުން އަމަލުކޮށްފައިވާ ގޮތުން، ރައީސް ޔާމީން ހުށަހެޅުއްވި އިންތިޚާބު ބާތިލުކުރުމުގެ މައްސަލަ ނިންމާނެ ގޮތަކާމެދު ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ. އިންތިޚާބު ބާތިލުކޮށްފާނެ ކަމަށް ގަބޫލުކުރި މީހުން ވެސް މަދެއް ނޫނެވެ. ނަމަވެސް އެންމެ ފަހުން ނިމުން އައީ ރައްޔިތުން އެދޭ ގޮތަށެވެ.

އިންސާފަށް ލޯބިކުރާ ދިވެހިންނަށް ހަޤީޤަތުގައިވެސް އިންސާފު ލިބިއްޖެ ކަމުގެ ޝުއޫރުތަށް އެ މީހުން އަންނަނީ ބަންޑުކޮށްލަމުންނެވެ. ފެނިގެން ދިޔައީ މުޅި މީސްމީޑިޔާގައި ސިޔާސީ ފަރާތްތަކުންނާއި، އާންމު ރައްޔިތުން އެއް ހަމައެއްގައި އެމީހުންގެ ޝުއޫރުތަ ބަންޑުންކޮށްލަމުން ދިޔަ މަންޒަރެއެވެ.

ކޯޓްގެ ނިންމުމުން ދިވެހިންނަށް އުފާލިބިއްޖެ ކަމުގެ އިހްސާސް އޭނާގެ މީސްމީޑިޔާ އެކުންޓުގައި ހިއްސާކުރައްވަމުން ހަސަން ބުނެފައިވަނީ 21 އޮކްޓޯބަރުގައި ކޯޓްއިން އުފާ ލިބިއްޖެ ކަމަށެވެ.

23 ސެޕްޓެމްބަރުގައި ބޭއްވުނު ރިޔާސީ އިންތިކާބު ބާތިލް ކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން މައްސަލައެއް ސުޕްރީމް ކޯޓްއަށް ހުށަހެޅުއްވުމާއެކު ގިނަ ރައްޔިތުންނަށް ލިބިގެން ދިޔަ މާޔޫސް ކަމަށް ހިތްހަމަޖެހުމެއް ލިބިގެން ދިޔައީ ސުޕްރީމް ކޯޓުގެ ހުކުމާއެކުއެވެ. ސުޕްރީމް ކޯޓްގެ ހުކުމާއި ގުޅިގެން ލީލާ ޝުއޫރު ހިއްސާކޮށްލަމުން ބުނެފައިވަނީ މިއަދު ފެނިގެން ދިޔައީ ދިވެހިންނަކީ ސުލްހަ މަސަލަސް ކަމާއި ފަރުދީ މިންވަރަށް ލޯބިކުރާ މިންވަރު ކަމަށެވެ.

ޤައުމެއްގެ އެންމެ ބާރުގަދަ މީހުންނަކީ އެ މީހުންގެ ރައްޔިތުންކަމާއި ރައްޔިތުންގެ މަސައްކަތަށް ކާމިޔާބު ލިބިއްޖެ ކަމަށް ޓުވީޓް ކުރައްވަމުން މަޝްހޫރު ސޯޝަލް މީޑިޔާ އެކްޓިވިސްޓު ޝައްމޫން ޖަލީލް ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ރައްޔިތުން މޮޅުވެއްޖެ ކަމަށެވެ.

ހާސްކަންމަތީ ތިބި ރައްޔިތުންނަށް އަދި ކިރިޔާ ހަމަޖެހިލެވުނީ ކަމަށް ބުނަމުން ހުސެއިން މުނައްވަރު ބުނެފައިވަނީ އަދި ކިރިޔާ ހަމަޖެހިލެވުނީ ކަމަށާއި،ހައްގަށް ނަސްރު ލިބިގެން ހިގައްޖެ ކަމަށެވެ.

ސުޕްރީމް ކޯޓްގެ މި ނިންމުމާއެކު އެކަކު އަނެކަކަށް ފާޑުކިޔާ ރުޅިވެރިކަން މި ވަގުތު އިސްކުރުން ބުއްދިވެރި ނޫން ކަމަށް ބުނަމުން ބަދުރުއްދީން ބުނެފައިވަނީ ދެން އެކަކު އަނެކަކަށް ފުރައްސާރަކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

މިފާހަގަކުރީ ބައެއް ފަރާތްތަކުގެ ޝުއޫރެވެ. މުޖުތަމައުގެ އެކި ފަންތިތަކާއި ގިންތިތަކުގެ މީހުން ދަނީ މި ލިބުނު އުފާ ހިއްސާކުރަމުންނެވެ. އަނިޔާވެރިކަން ނިމިއްޖެ ކަމުގެ ހިތްހަމަޖެހުމާއެކު އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 މާރިޗު 2018

ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!

05 މާރިޗު 2018
ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!
22 ފެބުރުއަރީ 2018

ރައްޔިތުންގެ މަޖިލީހުން އެދުނު ގާނޫނީ ލަފަޔަށް، ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރު!

22 ފެބުރުއަރީ 2018
ރައްޔިތުންގެ މަޖިލީހުން އެދުނު ގާނޫނީ ލަފަޔަށް، ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރު!
05 ފެބުރުއަރީ 2018

ކުއްލި ހާލަތުގެ ގަރާރު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

05 ފެބުރުއަރީ 2018
ކުއްލި ހާލަތުގެ ގަރާރު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
01 ފެބުރުއަރީ 2018

ސުޕްރީމް ކޯޓުގެ ހުކުމާއެކު މުޅި ޤައުމު އުފަލުން ރޮއްވާލައިފި

01 ފެބުރުއަރީ 2018
ސުޕްރީމް ކޯޓުގެ ހުކުމާއެކު މުޅި ޤައުމު އުފަލުން ރޮއްވާލައިފި
13 ޖެނުއަރީ 2018

އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހިތްވަރު ލިބިގަތުން

13 ޖެނުއަރީ 2018
އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހިތްވަރު ލިބިގަތުން
07 ޖެނުއަރީ 2018

އިންސާފު ޤާއިމްކުރުމުގައި ސުޕްރީމް ކޯޓު ވަނީ ފެއިލްވެފައި!؟

07 ޖެނުއަރީ 2018
އިންސާފު ޤާއިމްކުރުމުގައި ސުޕްރީމް ކޯޓު ވަނީ ފެއިލްވެފައި!؟
30 އޯގަސްޓު 2017

ސުޕްރީމް ކޯޓުން އަލިފާން ގަނޑަށް ޕެޓްރޯލް އަޅައި، ހުޅުގަނޑު ބޮޑުކޮށްލީތަ؟

30 އޯގަސްޓު 2017
ސުޕްރީމް ކޯޓުން އަލިފާން ގަނޑަށް ޕެޓްރޯލް އަޅައި، ހުޅުގަނޑު ބޮޑުކޮށްލީތަ؟
27 އޯގަސްޓު 2017

ސުޕްރީމް ކޯޓުގެ ހުކުމް: "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް"

27 އޯގަސްޓު 2017
ސުޕްރީމް ކޯޓުގެ ހުކުމް: "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް"
21 އޯގަސްޓު 2017

މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

21 އޯގަސްޓު 2017
މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!
12 ޖުލައި 2017

ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟

12 ޖުލައި 2017
ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް