Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިޚާބު 2018

ރައީސް ޔާމީނަށް މީހުން ނޭނގުނީ މިހެންވެ؟

ރައީސް ޔާމީނަށް ދެއްކީ މުޅިން ތަފާތު މަންޒަރެއް

ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2018 | ހޮނިހިރު 14:27
ޕީޕީއެމްގެ ސައިޒު ދައްކާލަން ބޭއްވި ޖަލްސާގައި މެމްބަރު ނިހާން ސޖިދައިގައި

ޕީޕީއެމްގެ ސައިޒު ދައްކާލަން ބޭއްވި ޖަލްސާގައި މެމްބަރު ނިހާން ސޖިދައިގައި

"ރައީސް ޔާމީނަށް ތާއިދެއް ނެތޯ؟ ރައީސް ޔާމީނަށް ތާއިދެއް ނެތޯ؟ ހެެހެ ހޭ" ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ސައިޒު ދައްކާލަން ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ވިދާޅުވި އެވެ. އެހެން މެމްބަރަކަށް ސައިޒު ފެނިފައި، ވަކި ދިމާލެއް ވެސް ބެލުމެއް ނެތި ޖެހީ ސަޖިދަ އެވެ.

އޭރު މި މަންޒަރުތައް ބެއްލެވުމަށާއި އަޑުއެއްސެވުމަށް ރައީސް އަބްދުﷲ ޔާމީން ޖަލްސާގައި އިންނެވި އެވެ. އަސްލު ސައިޒު އެ މަނިކުފާނަށް ފެނިވަޑައިގަތީ އިންތިޚާބުގެ ނަތީޖާ އައުމުންނެވެ.

"އަޅުގަނޑުގެ ނުކުޅެދުންތެރިކަން ހުރި ކަމަކީ، އަޅުގަނޑަށް ނުވިސްނުނު ކަމަކީ، މީހުން ދަސްނުވުން. އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް މި ފަސް އަހަރު ވެގެންދިޔައިރުވެސް ދަހެއްނުވި، މީހުންގެ ފިކުރަށާއި، މީހުންގެ ވިސްނުމަށް އަންނަ ބަދަލު މި އަންނަނީ ކީއްވެގެންކަމެއް،" މި މަހުގެ 17 ވަނަ ދުވަހު ގައުމާ މުޚާތަބު ކުރައްވައި ރައީސް އަބްދުﷲ ޔާމީން ދެއްވި ތަގުރީރުގައި ވިދާޅުވި އެވެ.

މިއީ އެ މަނިކުފާނު ހެއްދެވި ވަރަށް ބޮޑު ތެދުފުޅެކެވެ. ނަމަވެސް އިންތިޚާބު ކާމިޔާބު ނުކުރެއްވުމުގެ ބަދުނާމު ދިވެހި ހުރިހާ ރައްޔިތުންގެ ބޮލުގައި އެޅުވުމުގެ ބޭނުމެއް ނެތެވެ. އެ ބަދަލުނާމު އަޅުވަންވީ ކައިރީގައި ތިއްބެވި ބޭފުޅުންގެ އެވެ. އެންމެ ކައިރިން ފެށިގެން ކެމްޕޭނުގައި އުޅުއްވި ބޭފުޅުންގެ އެވެ.

ޕީޕީއެމްގެ ސައިޒު ދައްކާލުމުގެ ޖަލްސާގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ

ދިވެހިރައްޔިތުންގެ ތެރެއިން 134،000 މީހުންގެ ޚިޔާލު މަނިކުފާނާ ދިމާއަށް ނުދިޔައީ، ފައިސާގެ ނުފޫޒަކުންނެއް ނޫނެވެ. އެ މީހުންނަށް ބިރުދައްކައިގެނެއް ވެސް ނޫނެވެ. އެ މަންޒަރު އިންތިޚާބުގެ ކުރިން ފެނިވަޑައިނުގަތުމަކީ ހަމައެކަނި މަނިކުފާނުގެ ނުކުޅެދުންތެރި ކަމެއް ނޫނެވެ. މުޅި ޓީމުގެ ނުކުޅެދުންތެރި ކަމެވެ. ޓީމުގެ ގާބިލުކަން ނެތުމެވެ. ނުވަތަ، ގާބިލުކަން ހުރި ނަމަ އިހްލާސްތެރިކަމެއް ނެތުމެވެ.

މިކަމުގެ ބައެއް މިސާލަށް ބަލާލާނަމެވެ. ރަށަކަށް ވަޑައިގަންނަވާއިރު، ރައީސް ޔާމީން 2018 ޖަހާފައިވާ ބުރުގާ އަޅައިގެންނާއި ރައީސް ޔާމީން 2018 ޖަހާފައިވާ ޓީޝާޓާއި ފިޔައިތޮށި ހެދުމުގައި މީހުން ތިބުމުން ހަގީގަތުގައި މަނިކުފާނަށް އަސްލު މަންޒަރު އޮޅިދާނެ އެވެ. ކޮންމެ ރަށަކަށް އެރިޔަސް ތާއިދު ވެސް އެވަރަށް މީހުން އެ އޮންނަނީ، ކީއްވެގެންތޯ ސުވާލު ވެސް އުފައްދާނީ ކިހިނަކުން ހެއްޔެވެ. ކޮންމެ އެއްޗެސް ބުންޏަށް ތަރުހީބު ދެމުންދަނީ ފޯރީގަ އެވެ. ބޮޑުބެރު ޖެހުމާއި ނެށުމެވެ. ކަށިން ފޯރިނަގަމުންދަނީ އެވެ. ނަމަވެސް އެ މީހުން ބަދަލުވީ ކޮން ނުފޫޒަކުންތޯ، މިއަދު އެ ސުވާލުކުރެއްވި ގޮތަށް އެ ދުވަހު ސުވާލު ވެސް ކުރަން ވިސްނުމަށް އަންނާނެތޯ އެވެ.

މިއަދު މަނިކުފާނަށް އެނގިވަޑައިގަންނަވަން އެބަޖެހެ އެވެ. ކެމްޕޭނުގައި މީހުން ރަށްރަށަށް ގެންދިޔައީ ފައިސާ ދީގެންނެވެ. ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެންނެވެ. ނަމަވެސް އެއީ ވޯޓެއް ނޫންކަން މަނިކުފާނަށް އެނގިވަޑައިގަތީ، ނަތީޖާ ފެނުމުންނެވެ. ބައެއް ރަށްރަށަށް މަނިކުފާނު ވަޑައިގަތީ އެ ދާއިރާތަކުގެ މެމްބަރު ދެއްވި ޔަގީންކަމާއެކު އެވެ. ބޮޑު އަދަދުން މެޖޯރިޓީ ނަގާނެ ކަމުގެ ކަށަވަރުކޮށް އޮތްލެއް ބޮޑުކަމުންނެވެ. ނަމަވެސް، ނަތީޖާއައިއިރު، މެޖޯރިޓީ މި ލިބުނީ އެންމެ ދެ އަތޮޅުންނެވެ. އެވެސް އާބާދީ މަދު ދެއަތޮޅެވެ.

މާލޭގެ މަގުތަކުގައި ރީނދޫ ފޮއްޗަށް ވުރެ ފިޔައިތޮށި ފޮއްޗާއި ދިދަތައް މާގިނަ އެވެ. ހުޅުމާލޭގެ ބިމުގައ އިރުގެ ދޯދިއެއް ނުޖެހޭ މިންވަރަށް އޮތީ ދިދަފަތި ދަމައިފަ އެވެ. ނަމަވެސް، ބޮޑުތަނުންވީ ބައްޔެވެ. މިވަރުވީމާ، ކޮންމެ މީހަކަށް ވެސް "މީހުން ދަސްނުވިއޭ" ބުނެވިދާނެތާ އެވެ.

މަނިކުފާނު އެވެ. ހުޅުމާލޭގައި ދިދަފަތި ދެމީ ސަރުކާރުގެ ކުންފުންޏަކުންނެވެ. އެ މުވައްޒަފުން މަސައްކަތްކުރީ މަނިކުފާނަށް ތާއިދުކުރާތީއެއް ނޫނެވެ. މުސާރަ ހޯދުމަށާއި އިތުރުގަޑީ ފައިސާ ހޯދުމަށެވެ. މާލޭގައި ދިދަތައް ދެމީ ޒުވާންކުދިންނަށް ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށްގެނެވެ. މިކަންކަން މަނިކުފާނަށް އެނގިވަޑައިނުގަންނަވާކަން މިއެނގުނީ އަދި ކިރިޔާ އެވެ.

އެހެން ކަމެއް އެބަ އޮތެވެ. މަނިކުފާނަށް މީހުން ވިސްނޭނީ ކިހިނެއް ހެއްޔެވެ؟ ކައިރީގައި މިއަދު ސަނާ ކިޔަން ތިބި މީހުން އަތަށް ކެމްޕެއިން އަށް ދިން ފައިސާއަށް ވީ ކިހިނެއްތޯ ބަލައިބަލާށެވެ. އެ ފައިސާގެ ތެރެއިން ގިނަ ފައިސާ ހޭދައެއް ނުކުރާކަމަށްވެ އެވެ. ދެން މަނިކުފާނަށް ލިބޭނީ ކޮން ވޯޓެއްތޯ އެވެ. އެންމެ ކައިރީގައި ތިބި މީހުންގެ އިހްލާސްތެރިކަމެއް ނެތީ އެވެ. އެވަރުގެ ބައެއްކަން އެއީ ނޭނގުމަކީ މަނިކުފާނުގެ ނުކުޅެދުންތެރި ކަމެކެވެ. ދެރަކަމަކީ މީހުން ނޭނގި، ދައުލަތަށް މި ފަސް އަހަރު ބޮޑެތި ގެއްލުންތަކެއް ވެގެންދިއުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު