Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ނާއިބު ރައީސް އަދީބް

ނަޝްވާ ކެންސަރ ސޮސައިޓީއަށް: އަދީބްގެ ހާލަތު ދުނިޔޭގެ ސަމާލުކަމަށް ގެނެސްދީ!

21 އޮކްޓޯބަރު 2018 | އާދީއްތަ 16:23

ކެންސަރަށް ސްކްރީން ކުރުމަށް އަދީބަށް އަންގާފައި ވަނީ 2015 ވަނަ އަހަރު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 21 އޮކްޓޯބަރު 2018 | އާދީއްތަ 16:23
ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބް ކޯޓަށް ހާޒިރު ކުރުމަށް މާލެއަށް ގެނައުމަށް ފަހު އަނބުރާ ޖަލަށް ގެންދަނީ

ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބް ކޯޓަށް ހާޒިރު ކުރުމަށް މާލެއަށް ގެނައުމަށް ފަހު އަނބުރާ ޖަލަށް ގެންދަނީ

ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބްގެ ސިއްހީ ހަލަތު ދުނިޔޭގެ ސަމާލު ކަމަށް ގެނެސްދިނުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ކިބައިން އެދިވަޑައިގެންފިއެވެ.

ހުކުރު ދުވަހުގެ ރޭ ކެންސަރ ސޮސައިޓީގެ ޓްވީޓެއް ރީޓްވީޓް ކުރައްވަމުން އަދީބްގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވަނީ، ޑޮކްޓަރުން ހަދަން އަންގަވާފައިވާ ކެންސަރ ސްކްރީނިންގ އެއް ހެދުމުގެ ފުރުސަތު ނުދީ ޖަލުގައި އެކަހެރިކޮށްފައި އަދީބް ބާއްވާތާ ތިން އަހަރު ވެފައިވާކަން ދުނިޔޭގެ ސަމާލުކަމަށް ގެނެސްދިނުމަށް ގޮވާލައްވާފައެވެ. ނަޝްވާ ވަނީ އަދީބްގެ ބޭބެ ނިޔާވީ ހަށިގަނޑުގައި އުފެދުނު ސިސްޓެއް ކެންސަރަށް ބަދަލުވެ، އެ ބަލީގައި ކަމާއި، އަދި އަދީބްގެ ހަށިގަނޑުގައި ވެސް ސިސްޓްތަކެއް އުފެދިފައި ވަނީ އަދީބްގެ ބޭބެގެ ހަށިގަނޑުގައި ވެސް ސިސްޓް އުފެދުނު ހިސާބުގައިކަން ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

ނަޝްވާގެ މި އެދިލެއްވުމާއި އެކު ރީޓްވީޓް ކުރައްވާފައި ވަނީ، މި އަހަރުގެ ސެޕްޓެމްބަރު މަހު މެލޭޝިއާގައި ބޭއްވި "ދި ވޯލްޑް ކެންސަރ ލީޑަރޒް ސަމިޓް 2018" ގައި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ތަމްސީލު ކުރެއްވުމަށް އެ ޖަމުޢިއްޔާގެ ޗެއާޕަރސަން، ޖުވޭރިޔާ ސައީދް ބައިވެރިވެވަޑައިގެންނެވިކަން ހާމަކޮށް އެ ޖަމުޢިއްޔާއިން ކޮށްފައިވާ ޓްވީޓެކެވެ. މި އަހަރުގެ ވޯލްޑް ކެންސަރ ލީޑަރޒް ސަމިޓްގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ އެއް ކަމަކީ #TreatmentForAll ނުވަތަ ހުރިހާ އެންމެންނަށް ވެސް އެކަށޭނަ ފަރުވާ ލިބިދިނުމުގެ މުހިއްމު ކަމެވެ.

އަދީބްގެ ހަށިގަނޑުގައި ސިސްޓްތަކެއް އުފެދިފައިވާކަން ހާމަވުމުން، އަދީބްގެ އާއިލީ ތާރީހަށް ބެލުމަށް ފަހު އެމަނިކުފާނު ކެންސަރަށް ސްކްރީން ކުރުމަށް ޑޮކްޓަރުން އެންގެވީ އަދީބް ހައްޔަރުކުރިތާ މާ ގިނަ ދުވަހެއް ނުވެ، 2015 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އޭރުއްސުރެ މިހާތަނަށް ވެސް ރާއްޖެއިން ނުހެދޭ އެ ސްކްރީނިން ހަދައި، ލިބިގަންނަންޖެހޭ ފަރުވާ ލިބިގަތުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތު ސަރުކާރުން އަދީބަށް ދީފައެއް ނުވެއެވެ. އަދި މި މުއްދަތުގައި ރައީސް ޢަބްދުﷲ ޔަމީން ވަނީ އަދީބަށް ބޭސްފަރުވާ ކުރުމުގެ ހުއްދަ ދެވޭނީ ދައުލަތަށް އަދީބް ދައްކަވަން ޖެހޭ ފައިސާ ދެއްކެވުމުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދައުލަތަށް އަދީބް އެއްވެސް ފައިސާއެއް ދަންކަން ޖެހޭ ކަމަށް ރާއްޖޭގެ އެއްވެސް ކޯޓަކުން ޙުކުމެއް ކޮށްފައި ނުވާއިރު، ފަހުން ޚުދު ރައީސް ޔާމީން ވަނީ އެމަނިކުފާނާއި އަދީބާއި ދެމެދު އޮތީ "އަމިއްލަ މައްސަލައެއް" ކަމަށް ވިދާޅުވެފައެވެ.

ހަށިގަނޑުގައި ކެންސަރަށް ބަދަލުވެދާނެ ފަދަ ސިސްޓްތަކެއް އުފެދުމުގެ އިތުރުން ޖަލުގައި އަދީބް ހޭދަ ކުރައްވަމުންގެންދަވާ މުއްދަތުގައި އެމަނިކުފާނުގެ ލޮލަށް ގްލުކޯމާ ކިޔާ ނުރައްކާތެރި ބައްޔެއް ޖެހި، ލޮލުގެ ފެނުން ގެއްލެމުންދާކަންވެސް އަދީބްގެ އާއިލާއިން ހާމަކޮށްފައިވާއިރު، އެ ބައްޔަށް އެކަށޭނެ ފަރުވާއެއް ދިނުމަށްވެސް ސަރުކާރުން ދަނީ ހުރަސްއަޅަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

ގުޅިފައިވާ ޕާޓީތަކުން ރާއްޖޭގެ ހާލަތު އޮސްޓްރޭލިޔާ އެމްބެސެޑަރާ ހިއްސާކޮށްފި

26 އެޕްރީލު 2017
ގުޅިފައިވާ ޕާޓީތަކުން ރާއްޖޭގެ ހާލަތު އޮސްޓްރޭލިޔާ އެމްބެސެޑަރާ ހިއްސާކޮށްފި
25 މާރިޗު 2017

ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!

25 މާރިޗު 2017
ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!
23 މާރިޗު 2017

ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި

23 މާރިޗު 2017
ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި
18 މާރިޗު 2017

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި
15 މާރިޗު 2017

ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!

15 މާރިޗު 2017
ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!
06 މާރިޗު 2017

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
20 ފެބުރުއަރީ 2017

ސްޓެލްކޯއިން ކެއަރ ސޮސައިޓީއަށް ޓީޗަރަކު ހަމަޖައްސައިދީފި

20 ފެބުރުއަރީ 2017
ސްޓެލްކޯއިން ކެއަރ ސޮސައިޓީއަށް ޓީޗަރަކު ހަމަޖައްސައިދީފި
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް