Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއައިފޯން ލޯންޗްކުރުން

ދިރާގުން އައިފޯން 10އެސް އަދި 10އެސް މެކްސް ލޯންޗުކޮށްފި

މި ފޯނު ތަކަށް ބޮޑު ތަރުހީބެއް ލިބުނު

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 20 އޮކްޓޯބަރު 2018 | ހޮނިހިރު 12:44
އެޕަލްގެ އައު ފޯން

އެޕަލްގެ އައު ފޯން

ދުނިޔޭގެ އެންމެ ގިނަ ބައެއްގެ މެދުގައި މަޤްބޫލު ކަން ހޯދާފައިވާ އެޕަލް ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން ދިރާގުން ބާޒާރަށް ނެރެފިއެވެ. ދިރާގު ހެޑް އޮފީހުގައި ހުކުރު ދުވަހު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ބާޒާރަށް ނެރެފައި ވަނީ އައިފޯން 10އެސް އަދި 10އެސް މެކްސްއެވެ. މިފޯނުތައް ލޯންޗުކުރުމާ އެކު ޕްރީއޯޑަރ ކުރި ކަސްޓަމަރުންނަށް މިހާރު ފޯނުތައް ދޫކުރަން ފަށާފައިވާ ކަމަށާއި އަދި މިއަދު ފޯނާ ހަވާލުވެވެން ނެތް މީހުންނަށް ދިރާގުގެ ކަސްޓަމާ ސަރވިސް ސެންޓަރުން މާދަމާ ފޯނު ލިބެން ހުންނާނެ ކަމަށް ދިރާގުގެ ޑިވައިސް މެނޭޖަރު އަހުމަދު އިޝާން ވިދާޅުވިއެވެ.

އިޝާން ވިދާޅުވީ ޕްރީ އޯޑަރުގެ މުއްދަތުގައި އެފުރުޞަތު ނުލިބުނު ފަރާތްތަކަށް އިތުރު ފުރުޞަތެއް ހުޅުވާލާނެ ކަމަށާއި ކައިރި މުސްތަޤްބަލެއްގައި އިތުރު ޝިޕްމަންޓެއް ލިބޭނެ ކަމަށެވެ. އަދި ޕްރީ އޯޑަރ އަށް ހުޅުވާލުމާއި އެކު ވަރަށް ގިނަ މީހުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޕްރީ އޯޑަރ ކުރި ކަމަށާއި ގިނަ ބައެއްގެ ތަރުހީބު މި ދެ ފޯނަށް ލިބިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އެންމެ ފަހުގެ އައިފޯނުތަކުގެ އަގު އުޅެނީ 20،000ރ އިން ފެށިގެން 30،000ރ. އާ ދެމެދުގެ އަގުތަކެއްގައެވެ. އެޕަލް އިން ވަނީ ދާދި ފަހުން ދުނިޔޭގެ ބާޒަރަށް ތިން ފޯނެއް ނެރެފައެވެ. އެއީ އައިފޯނު 10އެސް އަދި 10އެސް މެކްސްގެ އިތުރަށް އައިފޯން 10އާރް އެވެ.

އައިފޯން އެކްސް އެސް އާއި އައިފޯން އެކްސް އެސް މެކްސްގެ ފީޗާސްއަށް ބަލާލާއިރު

އައިފޯން 10އެސް މެކްސް: ގިނައިރު ގޭމް ކުޅޭ މީހުނަށް ސެމްސަންގް ނޯޓް 9 އަށްވުރެ ގިނައިރި ގޭމް ކުޅުން ފަސޭހަކޮށްދިނުމަށް "ކޯރް އެމްއެލް" އިންޖީން އެއް މިފޯނުތަކުގައި ހުރެއެވެ. މިހާތަނަށް އެންމެ ވަރުގަދަ ޕްރޮސެސާ "އޭ ޓުވެލް ބަޔޮނިކް - ސެވަން އެންއެމް ސީޕީޔޫ" ހުރުމުގެ ސަބަބުން މި ފޯނު އައިފޯން އެކްސްއަށްވުރެ 15 ޕަސެންޓް ހަލުވިވާނެއެވެ. އައިފޯން އެކްސްއަށްވުރެ ޗާޖު ވެސް ދޮޅުގަޑިއިރަށްވުރެ ގިނައިރު ހިފަހައްޓާނެ ކަމަށް އެޕަލްއިން ބުނާއިރު، ފޮޓޯ ފެންނަލެއް ކުރިއަށްވުރެ ސާފުވާނެއެވެ. އަދި ޕޯޓްރެއިޓް މޯޑްގައި ނަގާ ފޮޓޯތަކުގެ ފަހަތް ބޭނުން ވަރަކަށް ފުސްކޮށްލެވޭނެ ކަމަށާއި، އީ ސިމް އަކާއި ފިޒިކަލް ނެނޯ ސިމެއް މި ފޯނުތަކަށް ސަޕޯޓްކުރާނެއެވެ.

އައިފޯން އެކްސް އާރް، މިއީ މިފަހަރު ތައާރަފުކުރި އާ ދެ އައި ފޯނަށްވުރެ އަގު ހެޔޮކޮށް އައިފޯނު ގަންނަން ބޭނުންވާ މީހުނަށް ހާއްސަކޮށް ތައާރަފުކުރި ފޯނަކަށް ވާއިރު އައިފޯން އެކްސް އަށްވުރެ މި ފޯނު ބޮޑުވެފައިވާ އަގު ވެސް ހެޔޮވާނެއެވެ. މި ފޯނުގައި ވެސް ބޭނުން ކުރާނީ އަލަށް ތައާރަފުކުރި އައިފޯނުތަކުގައި ބޭނުންކުރާ ޕްރޮސެސާ، އޭޓުވެލް ބަޔޮނިކް ޗިޕް އެކެވެ.

އިތުރަށް ކިޔާލަން

15 އޯގަސްޓު 2017

ދިރާގުން ޔޮންޑާ މިއުޒިކް އެޕް ލޯންޗް ކޮށްފި

15 އޯގަސްޓު 2017
ދިރާގުން ޔޮންޑާ މިއުޒިކް އެޕް ލޯންޗް ކޮށްފި
04 ޖުލައި 2017

ދިރާގުން "މައިކްރޯ ސޮފްޓު 365" ރާއްޖެއަށް ތައާރަފުކޮށްފި

04 ޖުލައި 2017
ދިރާގުން "މައިކްރޯ ސޮފްޓު 365" ރާއްޖެއަށް ތައާރަފުކޮށްފި
25 ޖޫން 2017

ދިރާގުން އީދު ހަދިޔާ ބަހައިފި

25 ޖޫން 2017
ދިރާގުން އީދު ހަދިޔާ ބަހައިފި
05 ޖޫން 2017

ދިރާގުން އަނެއްކާ ވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ފަށައިފި

05 ޖޫން 2017
ދިރާގުން އަނެއްކާ ވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ފަށައިފި
25 އެޕްރީލު 2017

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

25 އެޕްރީލު 2017
ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި
21 އެޕްރީލު 2017

ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި

21 އެޕްރީލު 2017
ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
09 އެޕްރީލު 2017

ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް

09 އެޕްރީލު 2017
ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް
16 ފެބުރުއަރީ 2017

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު