Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންތިހާބީ ރައީސް ސޯލިހު

އިންތިހާބީ ރައީސްގެ ފަރާތްޕުޅުން އެދިވަޑައިގެންނެވި ގޮތަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަކުގެ އިންތިޒާމްތައް މިގެންދަނީ ހަމަޖައްސަމުން: ފޮރިން މިނިސްޓްރީ

20 އޮކްޓޯބަރު 2018 | ހޮނިހިރު 12:31

އެނގިފައިވާ ގޮތުގައި ހުވާކުުރުމުގެ ރަސްމިއްޔާތަށް ފޮރިން މިނިސްޓްރީން ދައުވަތު ފޮނުވަމުން ގެންދަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ބާއްވާ ގޮތަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 20 އޮކްޓޯބަރު 2018 | ހޮނިހިރު 12:31
އިންތިހާބީ ރައީސާއެކު ފޮރިން ސެކެރަޓަރީ އަހުމަދު ސަރީރު

އިންތިހާބީ ރައީސާއެކު ފޮރިން ސެކެރަޓަރީ އަހުމަދު ސަރީރު

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން އެދިވަޑައިގަންނަވާ ގޮތަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ފޮރިން މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތަކާއި އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރި އަށް ގެންދަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް، ބޭރުގެ ފަރާތްތަކަށް ދައުވަތު އެރުވުމާއި އެ އިންތިޒާމްތައް ހަމަޖައްސާނީ ފޮރިން މިނިސްޓްރީންނެވެ. އަދި އެ ބޭފުޅުން ރާއްޖެ ވަޑައިގަތުމާއި ތިއްބެވުމުގެ އިންތިޒާމްތައް ވެސް ހަމަޖައްސަވާނީ ފޮރިން މިނިސްޓްރީންނެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީ އަށް މައުލޫމަތު ދެއްވަމުން ފޮރިން ސެކެރަޓަރީ އަހުމަދު ސަރީރު ވިދާޅުވީ އިންތިހާބީ ރައީސްގެ ފަރާތްޕުޅުން އެދިވަޑައިގަންނަވާ ގޮތުގެ މަތިން ދައުވަތު ފޮނުވުމުގެ ކަންތައްތައް ކުރިއަށްގެންދާ ކަމަށެވެ. ފޮރިން މިނިސްޓްރީން، އިންތިހާބީ ރައީސްގެ ޓީމާއި، މުއައްސަސާތަކާއި ގުޅިގެން މަސައްކަތްކުރަމުން އަންނަކަމަށާއި، އެ މިނިސްޓްރީން ފުރިހަމަ އަށް އެއްބާރުލުން ދެމުން ގެންދާކަމަށެވެ.

"އެބޭފުޅުން ބޭނުންވާ ގޮތަކަށް އިންތިޒާމްތައް ހަމަޖައްސަމުން މިގެންދަނީ" ސަރީރު ވިދާޅުވި އެވެ.

އިންތިޒާމްތައް ހަމަޖައްސަވަމުން ގެންދަވާ ކަމަށް ވިދާޅުވި ނަމަވެސް، ދައުވަތު ފޮނުއްވަމުން ގެންދަވަނީ ކޮން ތާރީހަކަށް ކަމެއް ސަރީރު ސާފުކޮށް ވިދާޅުވެ ނުދެއްވަ އެވެ. ތަކުރާރުކޮށް ވިދާޅުވީ އެދި ވަޑައިގަންނަވާ ގޮތުގެ މަތިން އިންތިޒާމްތައް ހަމަޖައްސަމުން ގެންދަވާކަމަށެވެ.

ރާއްޖެ އެމްވީ. އަށް އިތުބާރު ހުރި މަސްދަރުތަކުން އެނގިފައި ވާގޮތުގައި ހުވާކުުރުމުގެ ރަސްމިއްޔާތަށް ފޮރިން މިނިސްޓްރީން ދައުވަތު ފޮނުވަމުން ގެންދަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށެވެ. އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން އެދިވަޑައިގެންފައި ވަނީ ވެސް އެގޮތަށެވެ.

އިންތިހާބީ ރައީސްގެ ޓީމުން ބުނެފައި ވަނީ ހުވާކުުރުމުގެ އިންތިޒާމްތައް ހަމަޖައްސަމުން ގެންދަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް މޫސާ މަނިކު ވެސް ވަނީ އިންތިހާބީ ރައީސަށް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުުވާ ކުރެއްވެން ޖެހޭނެ ކަމަށާއި، އެ ތާރީހަށް އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.

މޫސަ ވިދާޅުވީ މިއަހަރަކީ ދިވެހި ޖުމްހޫރިއްޔާ އަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރު ކަމަށް ވާއިރު ނޮވެމްބަރު 11 ވަނަ ދުވަހު އިންތިޚާބީ ރައީސާއި އިންތިޚާބީ ނާއިބު ރައީސް ހުވާކުރެއްވުން ވަރަށް މުނާސަބު ވެގެން ދާ ކަމަށާއި ހުވާކުރެއްވުމުގެ ރަސްމިއްޔާތު އިތުރަށް ފުރިހަމަ ވެގެން ދަނީ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު އެ ދެ މަޤާމަށް ހޮވިވަޑައިގެންފައި ވާތީ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް