Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުހީ

ރައްޔިތުންނަށް މިއަދު ކުރެވެނީ ބިރުވެރިކަމުގެ ތެރެއިން މިނިވަންވި ކަމުގެ އިހުސާސް:ރޮޒެއިނާ

19 އޮކްޓޯބަރު 2018 | ހުކުރު 00:24

ފާއިތުވެގެން ދިޔަ ފަސް އަހަރު ރައްޔިތުން ތިބީ އަނގަ ހޮޅުވާލަން ނުކުރެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 19 އޮކްޓޯބަރު 2018 | ހުކުރު 00:24
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

ދިވެހި ރައްޔިތުންނަށް މިއަދު ކުރެވެނީ ބިރުވެރިކަމުގެ ތެރެއިން މިނިވަންވި ކަމުގެ އިހުސާސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރޮޒެއިނާ ވިދާޅުވީ މިފާއިތުވެގެން ދިޔަ ފަސް އަހަރު ރައްޔިތުން ތިބީ އަނގަ ހުޅުވާލަން ނުކުރެފައި ކަމަށާއި، މުޅި ދުނިޔެ މިކަމަށް ހެކިވާނެ ކަމަށެވެ.

Advertisement - newsAdvertisement

ރޮޒެއިނާ ވިދާޅުވީ މިބޭއްވިގެން ދިޔަ ރިޔާސީ އިންތީޚާބު، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ސޯޝަލް މީޑިއާއިންނާއި، މުޖުތަމައުގެ ތެރެއިން ރައްޔިތުން ބަސް ބުންނަން ބޭނުންވެފައިވާ މިންވަރު އެނގިގެން ދިޔަ ކަމަށެވެ. އެގޮތުން މިއަދާ ހަމައަށް ރައްޔިތުންގެ ގިނަ ބަޔަކު އެމީހުންގެ ޝުއޫރު ފާޅުކޮށް ލައްކަ ބަސް ބުނެފައިވާ ކަމަށާއި، މިއަދު ރައްޔިތުންނަށް ކުރެވެނީ މިނިވަން ކަމުގެ އިހުސާސް ކަމަށް އޭނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ ދައުލަތުގެ ހުރިހާ މުއައްސާސާއެއް އޮތީ ހިމޭނުން ކަމަށާއި، މިނިވަން މުއައްސަސާތައް ވެސް އޮތީ ނިދާފަ ކަމަށެވެ.

"ބްރޯޑްކާސްޓިންގ ކޮމިޝަނަށް ވެސް ޗެނަލް 13އާ ދޭތެރޭގައި އެއްވެސް އެއްޗެއް ބުނަން މިއޮތް ހުރިހާ ދުވަހު ކެރިވަޑައިނުގަންނެވި. މިއަދު އަޅުގަނޑުމެންނަށް ފެނޭ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް މިއޮތް ހުރިހާ ދުވަހު އަޅުގަނޑުމެންނަކަށް ނުފެނޭ" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕޭނަށް ދައުލަތުގެ ފައިސާއާއި، މުދާ ނުހައްގުން ބޭނުންކުރާ ވާހަކަ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައި ކަމަށާއި، އޭރު މިކަމާއި ދެކޮޅަށް ބަސް ބުނާނެ މުއައްސަސާއެއް ތަހުގީގު ކުރާނެ ތަނެއް ވެސް ނެތް ކަމަށެވެ. އަދި މުޅި ގައުމު އޮތީ ގަޑުބަޑުކޮށްފައި ކަމަށާއި، ރައްޔިތުން ތިބީ މާޔޫސްކަމުގެ ތެރޭގައި ކަމަށެވެ.

ރައްޔިތުންނަށް ހާގީގީ އުފާވެރިކަން ލިބޭނީ މިނިވަންކަމާއެކު ބަސްބުނެވި، އަދުލްއިންސާފު ގާއިމްކުރެވިފައިވާ މުޖުތަމައުއެއްގައިކަން ފާހަގަކުރައްވައި ރޮޒެއިނާ ވިދާޅުވީ ފާއިތުވެގެންދިޔަ މިފަސް އަހަރު ރައްޔިތުންނަށް މިއުފާވެރިކަން ނުލިބޭ ކަމަށެވެ.

"ހިޓްލަރަށްވުރެ މިޒަމާނަށް ބަލާއިރުގައި އަނިޔާވެރި ވެރިކަމެއް ކުރަމުން ގެންދިޔައީ. އެހެންވީމަ މީނަގެ ކިބައިން ސަލާމަތްވީމަ މީނަ އަޅުގަނޑުމެންގެ ކުރިމައްޗަށް ނުކުމެ، މިވިދާޅުވަނީ މިއޮތް ހުރިހާ ދުވަހު ވަރަށް އުފަލުގައި ނޫންތަ ތިބީއެއް. މިއޮތް ހުރިހާ ދުވަހު ވަރަށް ތަރައްގީވެފަ ނޫންތަ ތިބީއެއް. ބްރިޖު މައްޗަށް އަރާލާއިރުގައި އުފަލެއް ނުވޭތަ؟ އަނެއްކަމެއް ކޮށްލާއިރު އުފަލެއް ނުވޭތަ؟ ޕާކަށް ދިޔާމަ އުފަލެއް ނުވޭތަ؟ މިހެން ބުނީމަ އަޅުގަނޑުމެންނަށް ހައްޕު ކިޔައިގެން ހިތުގައި ހުރި އިހުސާސްތައް ބޭރުނުކުރެވިފައި ތިބޭއިރު މާބޮޑު އުފާވެރިކަމެއް ނާންނޭ އެއްވެސް މީހަކަށް އެނގޭތޯ" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ ތަރައްގީއާ ފައިސާއަށްވުރެ ދިވެހިން މިނިވަންކަމާއި، ގާނޫނު އަސާސީން ލިބިދީފައިވާ ބަސް ބުނުމުގެ ހައްގު ބޭނުންވާކަން ދިވެހި ތާރީހުން ވެސް ހެކި ދޭ ކަމަށެވެ.

”ބަސް ބުނަން ލިބުމަކީ ވަރަށް ބޮޑު އެއްޗެއް. ތަރައްގީއާ ތިހުރިހާ އެއްޗެއްގެ ފައިސާއާ ހުރިހާ އެއްޗަކަށް ވުރެ ބަސް ކެރިގެން ބުނަން ލިބުމަކީ ވަރަށް ބޮޑު އެއްޗެއް. ގިނަ މީހުން ތިބީ ބަސް ނުބުނެވިފައި. ވަޒީފާގެ ބިރުވެރިކަމުގަ ތިބި މީހުން ތިބީ ފަޅާގެންދާން ތައްޔާރުވާންވެފައި." ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރަން ޖެހޭ ކަމަށާއި، ކޮންމެ ގޮތަކަށް ރައްޔިތުން ނިންމުން ނިންމި ކަމުގައި ވިޔަސް ރައްޔިތުންނަކީ ފަހު ބަސް ބުނާ މީހުން ކަމަށެވެ. އަދި ވިދާޅުވީ ބާރުތައް ފެށިގެން އަންނަނީ ވެސް ރައްޔިތުންގެ ކިބައިން ކަމަށްވާއިރު، ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ނުކޮށް ގަދަ ބަސް ބުނާ މީހަކީ ކުރިއަށް އޮތް ދުވަސްތަކަށް ވެސް ބޮޑު ތަނުން ފެއިލްވާނެ މީހަކަށް ވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް