ބްރިޖްމަތީ ގައި ހިނގި އެކްސިޑެންޓެއް ގައި ތިން މީހަކަށް އަނިޔާވެއްޖެ
19 އޮކްޓޯބަރު 2018 | ހުކުރު 08:32އެކްސިޑެންޓު ގައި އަނިޔާވީ 27 އަހަރުގެ ފިރިހެންކާއި 31 އަހަރުގެ ފިރިހެނެއްގެ އިތުރުން 25 އަހަރުގެ އަންހެނަކަށް


ސިނަމާލެ ބްރިޖް
ސިނަމާލެ ބްރިޖް މަތިން ބުރާސްފަތި ދުވަހުގެ ރޭ ސައިކަލެއް އޯވަޓޭކް ކުރަން އުޅެނިކޮށް ދެ ސައިކަލުޖެހި ހިނގި އެކްސިޑެންޓެއް ގައި ތިން މީހަކަށް އަނިޔާ ވެއްޖެއެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ ބްރިޖްމަތީގައި އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ތިން މީހަކަށް އަނިޔާވެ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ގެނެސްފައިވާ ކަމަށެވެ.
އާސަންދަ ކުންފުނިން ބުނީ އަނިޔާވެގެން ހޮސްޕިޓަލަށް ގެނެސްފައި ވަނީ 27 އަހަރުގެ ފިރިހެންކާއި 31 އަހަރުގެ ފިރިހެނެއްގެ އިތުރުން 25 އަހަރުގެ އަންހެނެއް ކަމަށެވެ.
މިއެކްސިޑެންޓްގައި ތިން މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި، ނަމަވެސް ސީރިއަސް އަނިޔާ އެއް ލިބިފައި ނުވާ ކަމަށެވެ. އަދި މިހާރު ތިން މީހުން ވެސް ދޫ ކޮށްލާފައި ވާކަމަށް އާސަންދަ ކުންފުނިން މައުލޫމާތުދެއެވެ.








