Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

އަޅުގަނޑު އަބަދުވެސް އިސްކަން ދިނީ ޤައުމުގެ ސަލާމަތަށް: ރައީސް ޔާމީން

17 އޮކްޓޯބަރު 2018 | ބުދަ 09:17

އަޅުގަނޑު މަސައްކަތްކުރީ ބޭރުގެ ފަރާތްތަކުން ނުފޫޒް ފޯރުވިޔަ ނުދިނުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 17 އޮކްޓޯބަރު 2018 | ބުދަ 09:17
ރައީސް ޔާމީން: ކުއްލި ގޮތަކަށް ވަނީ ޤައުމާ މުޚާތަބު ކުރައްވާފައި

ރައީސް ޔާމީން: ކުއްލި ގޮތަކަށް ވަނީ ޤައުމާ މުޚާތަބު ކުރައްވާފައި

އަބަދުވެސް އެންމެ އިސްކަމެއް ދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ކަމުގައި, ރިޔާސީ އިންތިހާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ކުއްލި ގޮތަކަށް ޤައުމާ މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ބުދަ ދުވަހު ވިދާޅުވީ ކުޑަކުޑަ ދައުލަތަކުން ކުރިއެރުމަށާއި އަމިއްލަ ފައިމައްޗަށް ތެދުވަން މިކުރާ މަސައްކަތުގެ ތެރޭގައި މިކުރެވޭ މަސައްކަތަކީ މިޤައުމުގެ އިސްތިޤްލާލް ދަމަހައްޓަން ކުރާ މަސައްކަތް ކަމަށެވެ. މި މަސައްކަތުގެ ތެރެއިން އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން ވެސް އަދި ދާޚިލީ ސިޔާސަތުގެ ތެރެއިން ވެސް އެއްވެސްވަރަކަށް ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ކަން ކަމަށް ބަސްބުނުމުގެ ފުރުސަތު ނުދިނުން ކަމަށާއި ދިވެހިރާއްޖޭގެ މިނިވަންކަން ދަމަހައްޓައި ދިވެހިރާއްޖޭގެ ސިޔާސަތު ދަމަހެއްޓުން އަދި ދިވެހި ވަންތަކަން ދެމަހެއްޓުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިންތިހާބަށް ފަހު ދެ ވަނަ ފަރަހަށް ގައުމާ މުހާތަބުކުރައްވައި ދެއްކެވި ފާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ ބަލައިލި ކޮންމެ ދިމާއަކުން ވެސް ފެންނަނީ ބޭރުގެ ފަރާތްތަކުގެ ސަމާލުކަން ހުއްޓިފައިވާ މިންވަރު ކަމަށާއި މިކަންކަން ކުރުމުގެ ތެރޭގައި އެންމެ މުހިއްމު ކަމެއް ދެއްވީ ޤައުމީ ސަލާމަތަށް ކަމަށެވެ. އަދި އަމިއްލަ ފުދުންތެރިކަމާއި އަމިއްލަ ފައިމައްޗަށް ތެދުވުމަކީ ޤައުމީ ސަލާމަތައް ކުރެވޭނެ އެންމެ މުހިއްމު މަސައްކަތް ކަމަށާއި އެހެން ނޫނީ ކޮންމެ ކަމެއްގައި ވެސް ޖެހޭނީ އެހެން މީހުންގެ އެހީތެރިކަން ހޯދަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން ޖީއެމްއާރު ބޭރުކޮށްލުމަށް ކުރި މަސައްކަތަކީ ވެސް އެފަދަ މަސައްކަތެއް ކަމުގައި ފާހަގަ ކުރެއްވިއެވެ.

ބޭރުގެ ޤައުމުތަކާ ގުޅުން ބަދަހި ކުރެއްވިކަމާއި ކޮމަންވެލްތުން ވަކިވީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ކަން ފާހަގަ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ކުޑަ ޤައުމަކަށް އެންމެ މުހިއްމުވާނީ ޤައުމީ ސަލާމަތު ރައްކާތެރިކަމާ އެކީގައި ދެމެހެއްޓުން ކަމަށެވެ. ސަރުކާރުން ހުރިހާކަމެއްވެސް ކޮށްފައިވާނީ ޤައުމީ ސަލާމަށް އިސްކަން ދީގެން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އިންތިޚާބެއް ނިމިގެންގޮސް ރަސްމީ މަސައްކަތުގެ އެންމެ ފަހުން މިހިނގާ ދުވަސްކޮޅުގެ ތެރޭގައި ވެސް އިސްކުރެވިފައި ވަނީ ޤައުމީ މަސްލަހަތު ތޯ ނުވަތަ ފަރުދީ މަސްލަހަތުތޯ ޚިޔާލަށް ގެންނަން ޖެހިފައިވާ ކަމަށް ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުންނަކީ މައުސޫމް ބައެއް ނަމަވެސް ޤައުމުގެ ކަންކަމުގައި އިސްކޮށް ތިބޭ މީހުން ޤައުމީ މަސްލަހަތު ހަވާސާގައި ބާއްވާފައި މަސައްކަތްކުރުމުން ޤައުމަކަށް ހަމަޖެހުމެއް ނާންނާނެ ކަމަށެވެ.

"ހުރިހާ ދިމާލަކުން ވެސް ފެނިގެންދަނީ ޤައުމީ މަސްލަހަތު ހަވާސާގައި ބާއްވާފައި އަމިއްލަ ވަންތަ ސިފަތައް އިސްކުރާތަންއަޅުގަނޑުގެ ޒައާމަތުގައި އަޅުގަނޑުގެ ސަރުކާރުގައި އެކަމަށް ޖާގަދޭން ބޭނުންނުވި. އެކިއެކި ފިޔަވަޅު އެކިގޮތައް އެކިއިރު އަޅަންޖެހުނީ އެހެންވެގެން ހުރިހާކަމެއްވެސް ކުރެވޭތޯ ބެލީ އުސޫލުތަކެއްގެ ތެރެއިން ހެދިފައިވާ ޤާނޫނުތަކުގެ ތެރެއިން. ނަމަވެސް މިއަދު އެކަންކަން ދަނީ އަނެއްފުށަށް ޖެހެމުން" ރައީސް ޔާމީން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

20 މާރިޗު 2017

ބިން ވިއްކޭގޮތަށް ވޯޓުދިނީ ބިރުދެއްކުމުން ކަމަށް ރެޑްވޭވް ސަލީމް ވިދާޅުވި: އަލީ ޙުސައިން

20 މާރިޗު 2017
ބިން ވިއްކޭގޮތަށް ވޯޓުދިނީ ބިރުދެއްކުމުން ކަމަށް ރެޑްވޭވް ސަލީމް ވިދާޅުވި: އަލީ ޙުސައިން
28 ފެބުރުއަރީ 2017

އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި

28 ފެބުރުއަރީ 2017
އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި
26 ފެބުރުއަރީ 2017

އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި
24 ފެބުރުއަރީ 2017

އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު

24 ފެބުރުއަރީ 2017
އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
22 ފެބުރުއަރީ 2017

ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން
22 ފެބުރުއަރީ 2017

އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން

22 ފެބުރުއަރީ 2017
އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް