Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެޗްޑީސީ ޕެޓިޝަން

އެޗްޑީސީގެ މުވައްޒަފުންގެ ޕެޓިޝަން މިދަނީ ދިރާސާ ކުރަމުން: އޮޑިޓް އޮފީސް

އެޗްޑީސީގެ ޕެޓިޝަންގައި ފާހަގަކުރާ މައްސަލަތައް ބަލާނަން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2018 | ބުދަ 08:48
އެޗްޑީސީގެ ގިނަ އަދަދެއްގެ މުވައްޒަފުން

އެޗްޑީސީގެ ގިނަ އަދަދެއްގެ މުވައްޒަފުން

އެޗްޑީސީގެ މުވައްޒަފުންގެ ޕެޓިޝަން ދިރާސާކުރަމުން ދާ ކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.

އޮޑިޓް އޮފީހުން ބުނީ، އެޗްޑީސީގެ އިސްވެރިންތަކެއް ހިމެނޭ ގޮތަށް ސޮއިކޮށްފައިވާ ޕެޓިޝަން އޮޑިޓް އޮފީހަށް ލިބިފައިވާއިރު އެކަންކަން ދިރާސާ ކުރުމަށް އޮޑިޓް އޮފީހުގެ އެގްޒެކެޓިވް ބޯޑުން ނިންމާފައިވާ ކަމަށެވެ. އެ ޕެޓިޝަންގައި 170 މުވައްޒަފުން ވަނީ ސޮއިކޮށްފައެވެ. އެގޮތުން އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) އަލީ ޝަރީފާއި، ލީގަލް ޑިރެކްޓަރއެއްގެ އިތުރުން ޕްލޭނިންގ ޑިރެކްޓަރެއް ވެސް ހިމެނެއެވެ. މީގެ އިތުރުން ސިވިލް އިންޖިނިއަރުންނާއި ޑިރެކްޓަރުންގެ ލެވެލްގެ ގިނަ މުވައްޒަފުންތަކެއް ސޮއި ކޮށްފައިވެއެވެ. އަދި އެސިސްޓެންޓް ޑިރެކްޓަރުންނާއި ގިނަ އަދަދެއްގެ ފައިނޭންސް އޮފިސަރުން ވެސް އެ ޕެޓިޝަންގައި ސޮއިކޮށްފައި ވެއެވެ.

Advertisement - newsAdvertisement

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ 400 ގޯތި އުސޫލްތަކާ ހިލާފަށް ވިއްކުމާ ދެކޮޅަށް ހުށަހެޅި މި ފެޓިޝަންގައި ވަނީ 19 ކަމެއް ފާހަގަކޮށްފައެވެ.

އެގޮތުން ގޯތިތައް ކަނޑައެޅިފައިވާ ބިމުން އެލޮކޭޓްކޮށްފި ނަމަ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސެކޭ އެއްފަދައިން އެ ބިންތައް ސެކަންޑަރީ މާކެޓުގައި ނުހަނު ބޮޑު އަގުގައި ވިއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބުނެފައި ވެއެވެ. މި ބިންތައް ދޫކުރުމުގެ އަސްލު މަގްސަދު ކަމަށްވާ ބޯހިޔާވަހިކަން އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކުން ނުލިބި އެހެނިހެން ވިޔަފާރީގެ ބޭނުންތަކަށް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ފެޓިޝަނުގައި ވެއެވެ.

މި ބިންތައް ދޫކުރުމަށް ޕްލޭން ކުރެވި އެލޮކޭޓް ކުރެވިފައި ވަނީ ކޮންމެ ޕްލޮޓަކަށް 2000 އަދި 3000 އަކަފޫޓުގެ މަގުން ލަގްޒަރީ މާކެޓަށެވެ. މިއީ ހުޅުމާލޭގައި އެންމެ އަގުހުރި ބިންތައް ކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ. އެގޮތަށް 500 ޕްލޮޓް ދޫކޮށްފި ކަމުގައިވާ ނަމަ އެންމެ އަގުހުރި ވޯޓަރ ޕްރޮންޓްގެ ބިންތަކުގެ ހަމަ އަގު ކޯޕަރޭޝަނުން ނުލިބި އިއާދަ ނުކުރެވޭވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

ހުޅުމާލޭދެ ދެވަނަ ފިޔަވަހިން ވިއްކަން ހަމަޖެހިފައިވާ ބިންތަކުގެ އަގު އެވްރެޖުކޮށް އުޅެނީ 4600ރ. އަށް ކަމަށް ވާއިރު 2017 ވަނަ އަހަރު މި ގޯތިތައް ދޫކުރެވިފައިވާ އެންމެ ކުޑަ އަގަކީ 3000ރ. އެވެ. އަދި 2017 ވަނަ އަހަރު މި އުސޫލުން ބިން ދޫކުރެވުނު އިރު ދެވަނަ ފިޔަވަހިން އެތަނުގައި އެއްވެސް ބޭސިކް އިންފްރާސްޓްރަކްޗަރއެއް ތަރައްގީ ކުރެވިފައިނުވާ ކަމަށް ވެސް ޕެޓިޝަންގައި ފާހަގަކޮށްފައި ވެއެވެ.

އެޗްޑީސީން 400 ގޯތި ދޫކޮށްފިކަމުގައިވާ ނަމަ އެކުންފުންޏަށް 1.8 ބިލިއަން ރުފިޔާގެ ގެއްލުން ލިބިގެންދާނެ ކަމަށް ޕެޓިޝަންގައި ހިމަނާފައި ވެއެވެ. އަދި 100 އަކަފޫޓް 2000ރ. އަށް ވިއްކައިފި ކަމުގައިވާ ނަމަ ވެސް އެ ކުންފުންނަށް 280 މިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށާއި ޖުމްލަ ދެ ބިލިއަން ރުފިޔާގެ ގެއްލުން އެޗްޑީސީއަށް ކުރާނެ ކަމަށް އެކުންފުނިން އެކުލަވާލި ޕެޓިޝަނުގައި ބުނެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

22 ފެބުރުއަރީ 2017
ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

15 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު