Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަގު ވައްޓާލަން ޕީޕީއެމްގެ ސަޕޯޓަރުން ދަނީ މަސައްކަތް ކުރަމުން!

17 އޮކްޓޯބަރު 2018 | ބުދަ 03:24

ޕީޕީއެމްގެ ސަޕޯޓަރުންގެ ފާޑިކިޔުން ފަނޑިޔާރުންނަށް

| 17 އޮކްޓޯބަރު 2018 | ބުދަ 03:24
ސުޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުން

ސުޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުން

ބޮޑު ތަނުން ނާކާމިޔާބުވުމުން ރިޔާސީ އިންތިޚާބު ބާތިލުކުރަން ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް، "ފަނޑިޔާރުން ތިބީ ރައީސް ޔާމީންގެ އަތްދަށުގައި" ކަމަށް އެ މަނިކުފާނުގެ ބައެއް ސަޕޯޓަރުން ބުނަން ފަށައިފިއެވެ.

ފަނޑިޔާރުންގެ އަގުވެއްޓޭ ގޮތަށް ވާހަކަ ދެއްކުމާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަންކަން ކުރުމަކީ ކުށަކަށްވި ނަމަވެސް، މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ރައީސް ޔާމީންގެ ކެމްޕެއިން ވައިބަރ ގްރޫޕެއްގައި އެ ޕާޓީގެ އިސް މެމްބަރަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބެހޭ ގޮތުން ލިޔެފައިވާ ވާހަކައެއް ވަރަށް ބާރަށް ދައުރުވަމުން އެބަދެއެވެ.

Advertisement - newsAdvertisement

ލީކްވެފައި ވާ ޕީޕީއެމްގެ ވައިބަރ ގްރޫޕެއްގެ ސްރީން ޝޮޓެއް

"[އިންތިޚާބު ބާތިލުކުރުމުގެ] މައްސަލަ ދަނީ ބަރާބަރަށް. ހާސްނުވޭ އިނގޭ އެއްވެސް ކުއްޖެއް. ފަނޑިޔާރުން ތިބީ ރައީސް ޔާމީންގެ އަތްދަށުގައި. އެހެންވެ މި ބުނީ، އޯކޭ އުފާވެރި ހަބަރު ލިބޭނެ ވަރަށް އަވަހަށް،" އެ ވައިބަރ މެސެޖްގައި ބުނެފައިވެއެވެ.

މި ސްކްރީން ޝޮޓް ލީކް މިވީ އިންތިޚާބު ބާތިލުކުރަން ޕީޕީއެމް އިން އެދެމުންދިޔަ ގޮތަށް ސިއްރު ހެކިން ހުށަހެޅުމަށް ފުރުސަތު ނުދީ ޝަރީއަތުގެ އަޑުއެހުންތައް އަންގާރަ ދުވަހު ނިންމާލި ފަހުންނެވެ.

މީގެ އިތުރުން ޓްވިޓަރގައި ޕީޕީއެމްގެ ބައެެއް މެމްބަރުން ދަނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ފާޑުކިޔަމުންނެވެ.

ކޮންމެ ގޮތަކުން ވިޔަސް ވެރިކަމުގައި ހުންނަވާނީ ރައީސް ޔާމީން ކަަމަށް، އިންތިޚާބުގެ ކުރިން ޕީޕީއެމްގެ އިސް މެމްބަރުން ގެންދެވީ ވިދާޅުވަމުންނެވެ. ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް 58.4 ޕަސެންޓް ވޯޓުން ރައީސް ޔާމީން ބަލިކުރެއްވުމާ އެކު، އެ ބޮޑު ނާކާމިޔާބީ ގަބޫލު ކުރައްވައި، އެކަން އެ މަނިކުފާނު ހާމަކުރެއްވެވިއެވެ. ނަމަވެސް އިންތިޚާބުގައި މައްސަލަތަކެއް އުޅޭ ކަމަށް ވިދާޅުވެ މުޒާހަރާ ކުރަން ފަށައި، އެންމެ ފަހުން އިންތިޚާބު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވަކީލުން ވިދާޅުވެފައި ވަނީ އިންތިޚާބު ބާތިލުކުރަން ޕީޕީއެމް އިން ހުށަހަޅާފައި ވަނީ "ހިޔާލީ ވާހަކަތަކެއް" ކަމަށެވެ. އެހެންވެ، ރައްޔިތުންގެ ނިންމި ގޮތަށް ރައްޔިތުންގެ ހުކުމް، ސުޕްރީމް ކޯޓުން ވެސް ދަމަހައްޓާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
12 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި

12 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް