Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންތިހާބާ ގުޅޭ މައްސަލަ

އިންތިހާބީ މައްސަލަތަކުގައި ސިއްރު ހެކި ބަލަ އިނުގަތުމުން އިތުބާރު ބޮޑުވާނެ: ފާއިޒު

ސިއްރު ހެކި ބަލައި ނުގަތުމަކީ ރާއްޖޭގެ އިންތިހާބާއި ގުޅޭ އިންސާފުގެ ނިޒާމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 އޮކްޓޯބަރު 2018 | ބުދަ 13:35
ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެއިން

ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެއިން

އިންތިހާބީ މައްސަލަތަކުގައި ސިއްރު ހެކި ބަލައި ނުގަތުމުން އިންތިހާބާ ގުޅޭ އިންސާފުގެ ނިޒާމަށް އިތުބާރު ބޮޑުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެއިން ވިދާޅުވެއްޖެއެވެ.

ފާއިޒް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އިންތިހާބީ މައްސަލަތަކުގައި ސިއްރު ހެކި ބަލައި ނުގަތުމަކީ ރާއްޖޭގެ އިންތިހާބާއި ގުޅޭ އިންސާފުގެ ނިޒާމަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެއީ އިންތިހާބީ މައްސަލަތަކާއި މެދު އިތުބާރު ބޮޑުވެގެންދާނެ ކަމަށް ކަމަށެވެ.

Advertisement - newsAdvertisement

ފާއިޒް އިތުރަށް ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބާތިލް ނުކުރެވޭނެ ކަމަށް، އެމަނިކުފާނު ބެއްލެވި ކަންކަމުގެ ތެރެއިން އެއްކަމަކީ އިންތިހާބީ މައްސަލަތަކުގައި ސިއްރު ހެކީގެ މައްޗަށް އިންތިހާބެއް ބާތިލް ކުރެވިދާނެ ކަމަށް ދެކެވަޑައި ނުގަތުން ކަމަށެވެ.

އިންތިހާބީ މައްސަލަތައް ބެލުމުގައި ސިއްރު ހެއްކަށް ބުރަވުމަށް އިންތިހާބާ ބެހޭ ޤާނޫނު ތަން ނު ދޭކަން ފާހަގަކުރައްވާ ފާއިޒް ވިދާޅުވީ އިސްލާމް ދީން ވެސް ސިއްރު ހެކި ބަލައިނުގަތުމަށް ބާރު އަޅާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމިން މިދިޔަ ރިޔާސީ އިންތިހާބު ބާތިލްކޮށްދޭން އެދި ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލާގައި އެމަނިކުފާނު އެދިވަޑައިގެންނެވި ހެކިންގެ ހެކިބަސް ބަލައި ނު ގަތުމަށް ސުޕްރީމް ކޯޓުން ނިންމާ، އެ މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ވަނީ އަންގާރަ ދުވަހު ނިންމާލާފައެވެ.

ސުޕްރީމް ކޯޓުގައި އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން ކުރިއަށް ދިޔަ އަޑުއެހުމުގައި ފަނޑިޔާރުންގެ މަޖިލީހުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ފުރަތަމަ ވެސް އިއުލާން ކުރެއްވީ ރައީސް އަބްދުﷲ ޔާމިން ހުށައެޅުއްވި ހެކިންގެ ހެކިބަސް ނަގަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ފަނޑިޔާރުންނަށް ގަބޫލު ނުކުރެއްވޭތީ ހެކިބަސް ނުނެގުމަށް އެ މަޖިލީހުން ނިންމެވި ވާހަކައެވެ.

ފާއިޒަކީ 2013 ވަނަ އަހަރުގެ އިންތިހާބާއި ގުޅިގެން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އިންތިހާބު ބާތިލު ނުކުރަން ރައުޔު ނެރުއްވި ފަނޑިޔާރެކެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު