Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓު

ރައީސް ޔާމިން ހުށައެޅުއްވި މައްސަލައި ގައި މަދު ވަނީ އުދުހޭ މުސައްލައެއްގެ ވާހަކަ: ހިސާން

16 އޮކްޓޯބަރު 2018 | އަންގާރަ 13:53

މައްސަލައަކީީ ހިޔާލީ ވާހަކަތަކެއް ކަމަށް އިލެކްޝަނުން ވެސް ދެކޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 16 އޮކްޓޯބަރު 2018 | އަންގާރަ 13:53
ހިސާން އާއި ކޯލިޝަނުގެ އިތުރު ވަކީލުން ސުޕްރީމް ކޯޓަށް ވަންނަނީ:-ފޮޓޯ ރާއްޖެއެމްވީ-މުހައްމަދު ޝަރުހާން

ހިސާން އާއި ކޯލިޝަނުގެ އިތުރު ވަކީލުން ސުޕްރީމް ކޯޓަށް ވަންނަނީ:-ފޮޓޯ ރާއްޖެއެމްވީ-މުހައްމަދު ޝަރުހާން

މިދިޔަ ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ރައީސް އަބްދުﷲ ޔާމިން ހުށައަޅުއްވާފައިވާ މައްސަލައިގައި މަދުވަނީ "އުދުހޭ މުއްސަލައެއްގެ ވާހަކަ އެކަނި" ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވަކީލުންގެ ޓީމުގެ އިސް ވަކީލު ހިސާން ޙުސަން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމިން ހުށައަޅުއްވާފައިވާ ދުސްތޫރީ މައްސަލަ ރައްދުވާ އިލެކްޝަންސް ކޮމިޝަނާއި މައްސަލައަށް ތަދައްހުލް ވެފައިވާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގެ ވަކީލުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވިދާޅުވަމުން ގެންދަވަނީ އެއީ ހިޔާލީ ވާހަކަތަކެއް ކަމަށެވެ. އަދި މިއަދުގެ އަޑުއެހުމުގައި ވެސް ރައީސް ޔާމިނުގެ ފަރާތްޕުޅުން ދެ ވަކީލުން ވަރަށް ގިނަ އިރުވަންދެން ދެއްކެވި ވާހަކަތަކަށް ފަހު ވެސް ހިސާން ވިދާޅުވީ އެއީ ރައީސް ޔާމިންގެ ވެރިކަމުގައި އަމަލު ކުރެއްވި ގޮތަށް ރައްޔިތުން ނޫނެކޭ ބުނުމުން އެކަން ގަބޫލު ނުކުރެއްވިގެން ހުށައަޅައިގެން އުޅޭ މުޅިން ހިޔާލީ ވާހަކަތަކެއް ކަމަށެވެ. އަދި އެ ވާހަކައިގައި އުޅެނީ އަނގޮޓިއަކާއި ދެލި ފޮހެވޭ ގަލަމުގެ ވާހަކައިގެ އިތުރުން ފާހަގަ ފޮހެވޭ ކަރުދާސްތަކެއްގެ ވާހަކަ ކަމަށެވެ. އަދި އެ މައްސަލާގައި ހަމައެކަނި މަދުވަނީ "އުދުހޭ މުސައްލައެއް" ކަމަށް ވިދާޅުވެ، އެ މައްސަލައިގައި ހުރީ ސިކުނޑި ހަމަ ނުޖެހޭ ވާހަކަތަކެއްގެ ގޮތަށް އޭނާ ސިފަ ކުރެއްވި އެވެ.

Advertisement - newsAdvertisement

ހިސާންގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ޔާމިންގެ ވަކީލު އައްބާސް ޝަރީފު މައްސަލަ ދިފާއު ކުރައްވައި ވިދާޅުވީ މިއަދު އިންތިހާބު ކާމިޔާބު ކުރި ކަމަށް ބުނާ މީހުން އެ މައްސަލައިގައި އެވާ ކަންކަން ކޮށްފާނެ ކަމަށް ބުނެ ޝައްކުތަކެއް އުފެއްދި ކަމަށެވެ. އަދި އުދުހޭ މުސައްލަ އެއް މަދުވާ ކަމަށް ބުނެ އެ މައްސަލަ އަށް ފާޑުވިދާޅުވާ އިރު ރައީސް ޔާމިން ހުށައެޅުއްވި މައްސަލައި ގައި ހިމެނޭ ތުހްމަތުތައް އިދިކޮޅުން ވެސް ކުރިން ކުރި ކަމަށް އައްބާސް ފާހަގަ ކުރެއްވި އެވެ.

މ މައްސަލައިގައި ޖިނާއީ ތުހްމަތުތަކެއް މީހުންގެ މައްޗަށް ކޮށްފައިވާ އިރު އެކަން ކަމުގެ މައްޗަށް އިންތިހާބެއް ބާތިލް ނުކުރެވޭނެ ކަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލުން ފާހަގަ ކުރެއްވި އެވެ. އެގޮތުން ނޫރުއް ސަލާމް އަބޫބަކުރު ވިދާޅުވީ އިންތިހާބާ ގުޅޭ ކަންކަމުގައި ޖިނާޢީ މައްސަލައެއް ވާނަމަ އެކަން ކަން ތަހްގީގުކޮށް މައްސަލަ ހުށައަޅަން ޖެހޭނީ ޖިނާއީ ކޯޓަށް ކަމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ވެސް ކަނޑައަޅާފައި ވާކަމެވެ. އެހެން ކަމުން މި މައްސަލައިގައި ޖިނާޢީ ކުށްތަކެއް ކުރި މީހުންގެ ހެކިބަސް ނަގައި ހުކުމް ކުރުމަކީ ކުރެވޭނެ ކަމެއް ކަމަށް ނު ދެކޭ ކަމަށް ވެސް ނޫރުއް ސަލާމް ފާހަގަ ކުރެއްވި އެވެ.

މި މައްސަލައި ގައި މާދަމާ އޮންނާނީ އެންމެ ފަހުގެ އަޑުއެހުމެވެ. އެ އަޑުއެހުން އޮންނާނީ 10.30ގައި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް