Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާޒީ ނިހާނުގެ މައްސަލަ

ރައީސް ޔާމީން ހައްޔަރު ކުރުމުގެ އަމުރެއް ހޯދުމަށް މަސައްކަތް ކޮށްފައިވަނީ މިހާރުގެ ޕޮލިސް ކޮމިޝަނަރު ހަމްދޫން: ގާނޫނީ ވަކީލު ފަލާހު

15 އޮކްޓޯބަރު 2018 | ހޯމަ 11:39

ފުލުހުންގެ ފަރާތުން އިސްކޮށް އުޅުނީ މިހާރުގެ ޕޮލިސް ކޮމިޝަނަރު ހަމްދޫން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 15 އޮކްޓޯބަރު 2018 | ހޯމަ 11:39
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ހަމްދޫން ރަޝީދު، ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރައްވަނީ

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ހަމްދޫން ރަޝީދު، ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރައްވަނީ

ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުން ނެރުނު ކަމަށް ބުނާ މައްސަލާގައި އެ އަމުރު ނެރުމަށް އަމުރަށް އެދިފައިވަނީ މިހާރުގެ ޕޮލިސް ކޮމިޝަނަރު ހަމްދޫން ރަޝީދުގެ ކަމަށް ދީފައިވާ ބަޔާންތަކުން ގަބޫލުކުރެވޭ ކަމަށް އެ މައްސަލާގައި ޓެރެރިޒަމް ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ގާޒީ އަހުމަދު ނިހާނުގެ ގާނޫނީ ވަކީލު ހަސަން ފަލާހު ވިދާޅުވެއްޖެ އެވެ.

އެގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ކްރިމިނަލް ކޯޓުން މި މައްސަލަ ނިންމެވިއިރު، ރައީސުލް ޖުމްހޫރިއްޔާ ހައްޔަރު ކުރުމަށް މާފުށީ ކޯޓުގެ ނަމުގައި ނެރެފައިވާ ކޯޓު އަމުރަކީ މުހުތާޒް މުހުސިން އަދި އަހުމަދު ނިހާންއާ އެއްވެސް ގުޅުމެއް ނެތް އަމުރެއް ކަމަށް ކްރިމިނަލް ކޯޓުން މައްސަލަ ނިންމެވިއިރު ނިންމަވާފައިވާ ކަމަށް ފަލާހް ވިދާޅުވިއެވެ. އަދި ކްރިމިނަލް ކޯޓުން މިފަދައިން ނިންމަވާފައިވުމުން، ދެން މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަމުގައި ނެރެފައިވާ ކޯޓު އަމުރަކީ ކޮން ފަރާތަކުން ނެރެފައިވާ އަމުރެއްތޯ ބަލާއިރު، ތަހުގީގަށް ބަޔާންދެމުން ފުލުހެއް ކަމުގައިވާ މިޔާޒް މުހައްމަދުގެ ހެކިބަހުގައި، އަލީ އަހުމަދު ކިޔާ ފުލުހެއް ގުޅި ކަމަށާއި، ހައްޔަރުކުރާ ފޯމުގައި ޖަހާ ޓީޑީ ނަންބަރެއް ދިނުމަށް އެދުނު ކަމަށާއި، އެގޮތަށް ނުދެވޭނެ ކަމަށް ބުނުމުން، ހިތަށް އެރި ނަންބަރެއް ދިނުމަށް އެދުމުން، ނަންބަރެއްގެ ގޮތުގައި TD086669 ދިން ކަމަށް މިޔާޒް ބުނެފައިވާއިރު، މި ނަންބަރަކީ، މާފުށީ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގައި ޖަހާފައިވާ ނަންބަރުކަން ފަލާހް ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

މީގެއިތުރުން، ފުލުހެއް ކަމަށްވާ އަހުމަދު މުސްލިޙުގެ ބަޔާނުގައި މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އަމުރު ފުލުހުންނާ ހަވާލުކުރުމަށް ގުޅާފައިވަނީ، އަލީ އަހުމަދު ކިޔާ ފުލުހެއް ކަމަށް ބަޔާންކޮށްފައި އޮތުމުންނާއި، މިހާރު ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު މި މައްސަލައިގައި ދީފައިވާ ހެކިބަހުގައި، "ކޯޓު އަމުރެއް އަޅުގަނޑުމެންނަށް މާލެއިން ލިބުނު، މާމިގިއްޔަކުން އަޅުގަނޑުމެންނަށް ނުލިބުނު" މިފަދައިން ބަޔާންކޮށްފައި އޮތުމުން، މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން، ރައީސުލް ޖުމްހޫރިއްޔާ ހައްޔަރު ކުރުމަށް ހޯއްދަވަން އުޅުއްވި އަމުރު ފުލުހެއް މެދުވެރިކޮށް ހަމްދޫން ހޯއްދަވާފައިވާ ކަމަށް ފަލާހް ވިދާޅުވިއެވެ.

ރައީސް ޔާމީން ހައްޔަރު ކުރަން އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި ޓެރަރިޒަމް ދައުވާކޮށް، ކްރިމިނަލް ކޯޓުން 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާޒީ ނިހާނުގެ ފަރާތުން ހައިކޯޓުގައި އެމައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ދައުލަތުގެ ގާނޫނީ ވަކީލުންނާ ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވާފަ އެވެ.

އެގޮތުން ރައީސް ޔާމީން ހައްޔަރު ކުރަން އަމުރެއް ނެރުނު ކަމަށްބުނާ މިމައްސަލާގައި ގާޒީ ނިހާނު ކުރެއްވި ޓެރަރިޒަމް އަމަލަކީ ކޮބައިތޯ ސުވާލު ކުރެއްވުމުން ދައުލަތުގެ ވަކީލުންނަށް އެސުވާލަށް ޖަވާބު ދެއްވުމަށް ވަނީ ދަތިތަކެއް ކުރިމަތި ވެފަ އެވެ. ނިހާނުގެ ގާނޫނީ ވަކީލު ފަލާހު ވިދާޅުވީ މި މައްސަލައިގައި ނިހާންގެ މައްޗަށް ދަޢުވާ ކޮށްފައިވާ ހަމައެކަނި އަސާސަކީ، އަމަން މަނޯލް ކިޔާ އީމެއިލް އެކައުންޓަކުން، ކޮންމެވެސް ކޯޓު އަމުރެއްގެ ނަކަލު ޑައުންލޯޑް ކޮށްފައިވާތީ އެމައްސަލައިގައި ކަމަށާއި، މިފަދަ ކުޑަކަމެއްގައި ދައުލަތުން ޓެރެރިޒަމްގެ ޢަމަލެއް ހިންގަން އުޅުނުކަމުގެ ދަޢުވާ ކޮށްފައިވާތީ ހައިރާންވާކަމަށެވެ.

މީގެއިތުރުން އެ އަމުރު ނެރުމަށް ލޯންޗެއްގައި ބަޔަކު މީހުން މާމިގިއްޔަން ދިޔައިރު، އެ އަމުރު ނެރުމުގައި އިސްކޮށް ހުންނެވީ ކޮންފަރާތެއް ތޯއާއި، ދަތުރުކުރި ލޯންޗާއި ބެހޭގޮތުން ވެސް ފަނޑިޔާރުންގެ ބެންޗުން ދައުލަތުގެ ވަކީލުންނާ ސުވާލު ކުރައްވާފައިވާކަމާއި، ލޯންޗާ ގުޅޭ މައުލޫމާތު ދައުލަތުން އެކަށީގެންވާ ގޮތެއް ހޯދާފައިނުވާ ކަމަށާއި، އެ ލޯންޗުގެ ވެރިފަރާތުގެ ބަޔާނެއް ވެސް ނަގާފައިނުވާތީ ތަހުގީގުގައި ފުރިހަމަ ކުރަންޖެހޭ މިކަންކަން ފުރިހަމަ ކުރެވިފައި ނުވާ ކަމަށް ދައުލަތުން އިއުތިރާފްވެފައިވާކަމަށް ރާއްޖެ އެމްވީއަށް ފަލާހް ވިދާޅުވި އެވެ.

ނިހާނުގެ އިސްތިއުނާފްގެ އަޑުއެހުންތައް ހޯމަ ދުވަހުގެ އަޑުއެހުމާއެކު ނިމުނު އިރު، މިމައްސަލާގައި ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިންގެ އިސްތިއުނާފްގެ އަޑުއެހުމެއް ހައިކޯޓުގައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ރައީސްޔާމީން ހައްޔަރު ކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި މުހުތާޒު މުހުސިން އާއި ގާޒީ އަހުމަދު ނިހާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކަކާއި ގުޅިގެން، ޝަރީއަތް ނިމެންދެން އެ ދެ ބޭފުޅުން ޖަލުގައި ބަނދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުތައް އާދިއްތަ ދުވަހު އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ ބާތިލް ކޮށްފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް