Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޒައިނަބްގެ މަރު

ޒައިނަބްގެ ގާތިލް އިމްރާން ދަންޖެއްސުމަށް ނިންމައިފި

އިމްރާންގެ މައްޗަށް މަރުގެ ހުކުމް އިއްވީ ހުކުރު ދުވަހު

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2018 | ހޮނިހިރު 19:22
ހަތް އަހަރުގެ ޒައިބް ރޭޕް ކޮށްލާފައި އެއްލާލީ ކުނިގޮނޑަށް

ހަތް އަހަރުގެ ޒައިބް ރޭޕް ކޮށްލާފައި އެއްލާލީ ކުނިގޮނޑަށް

ޕާކިސްތާނުގައި ރޭޕްކުރުމަށް ފަހު ވަރަށް އަނިޔާކޮށް މަރާލި ހަތް އަހަރުގެ ޒައިބް އަންސާރީގެ ގާތިލް އިމްރާން އަލީ އަންނަ ބުދަ ދުވަހު ދަންޖައްސައި މަރަން ނިންމައިފިއެވެ.

ޕާކިސްތާނުގެ އެންޓި ޓެރަރިޒަމް ކޯޓުން ޒައިނަބްގެ އަވައްޓެރިޔާ، އިމްރާންގެ މައްޗަށް މަރުގެ ހުކުމް އިއްވީ ހުކުރު ދުވަހުއެވެ.

ޒައިނަބް މަރާލާފައި އޮއްވައި ފެނިފައިވަނީ އޭނާ ދިރިއުޅެމުންދިޔަ ޕަންޖާބުގެ ކަސޫރު ޑިސްޓްރިކްޓްގެ މަގެއްގެ މަތީގައި ހުރި ކުނިތަކެއްގެ ތެރެއިން ޖަނަވަރީ 9 ވަނަ ދުވަހުއެވެ. ޒައިނަބްގެ އޮޓޮޕްސީން ހާމަވި ގޮތުގައި ރޭޕް ކުރުމަށް ފަހު އޭނާ މަރާލާފައިވަނީ ކަރުގައި ހިފައި، ނޭވާ ހާސްކޮށްގެންނެވެ. އަދި މަރާލުމުގެ ކުރިން އޭނާ ބަންދުކޮށްގެން ގެންގުޅެފައިވާ ކަމާއި، އަނިޔާ ކޮށްފައިވާކަންވެސް އޮޓޮޕްސީން ވަނީ ހާމަވެފައެވެ.

ކުށަށް އިއުތިރާފް ވަމުން އިމްރާން ކޯޓުގައި ބުނީ އޭނާ ގާނޫނީ އެހީތެރިކަން ބޭނުން ނުވާ ކަމަށެވެ. އިމްރާން ބުނީ އޭނާ ހިންގި ޖަރީމާއަށް ބަލާއިރު ކޮންމެ އަދަބެއް ދިން ނަމަވެސް އެ ވާނީ ކުޑަ އަދަބަކަށް ކަމަށެވެ.

ޒައިނަބްގެ މަރާއި ގުޅިގެން އެފަދަ މައްސަލަތަކުގައި ފުލުހުން އިހުމާލުވާކަމަށް ބުނެ، ކަސޫރް ޑިސްޓްރިކްޓްގައި ވަނީ މުޒާހަރާ ކޮށްފައެވެ. މުޒާހަރާކުރި މީހުންގެ ތެރެއިން ދެ މީހަކު މަރުވެފައި ވަނީ ރުޅިގަދަވެފައި ތިބި މުޒާހަރާގެ ބައިވެރިން ކަސޫރުގެ ފުލުހުންގެ މައި މަރުކަޒަށް ވަންނަން މަސައްކަތްކުރުމުން، އެމީހުންނާ އަމާޒުކޮށް ފުލުހުން ބަޑިޖެހުމުންނެވެ.

ޒައިނަބްގެ މަރާއި ގުޅިގެން، އިމްރާން އަލީ ހައްޔަރުކުރިކަން ހާމަކޮށްފައިވަނީ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހުއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އިމްރާން ހައްޔަރުކުރީ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އެކަން ހާމަކުރުން ލަސްވީ، ޑީއެންއޭ ޓެސްޓާއި، އެހެނިހެން ޓެސްޓްތައް ހަދައި، އިމްރާން އަކީ ޒައިނަބްގެ ޤާތިލުކަން ޔަޤީން ކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޒައިނަބުގެ އާއިލާ އިން ބުނެފައި ވަނީ ޒައިނަބު ގެއްލިގެން ހޯދި ފަސް ދުވަސް ތެރޭ ފުލުހުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރި ނަމަ އެ ކުއްޖާ ދިރިހުއްޓާ ފެނުނީސް ކަމަށެވެ. ޒައިނަބް ވަގަށް ނެގި އިރު އޭނާގެ މައިން ބަފައިން ވަނީ އުމްރާގެ އަޅުކަމަށް މައްކާ އަށް ގޮހެވެ.

ޒައިނަބްގެ ކުރިން ހިނގާފައިވާ ރޭޕްގެ ހަތް މައްސަލައެއްގައިވެސް ގާތިލް އިމްރާންގެ ޑީއެންއޭ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

އދ. ގެ ނިންމުމާއި ޚިލާފަށް ގުއަޓެމާލާގެ އެމްބަސީ ގުދުސް އަށް ބަދަލުކުރަން ނިންމައިފި

އދ. ގެ ނިންމުމާއި ޚިލާފަށް ގުއަޓެމާލާގެ އެމްބަސީ ގުދުސް އަށް ބަދަލުކުރަން ނިންމައިފި

25 ޑިސެމްބަރު 2017
ކެންޔާގައި އަލުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތިީޖާ ސައްހަ ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފި

ކެންޔާގައި އަލުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތިީޖާ ސައްހަ ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފި

20 ނޮވެމްބަރު 2017
ސޫދާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެމެރިކާ އިން ނިންމައިފި

ސޫދާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެމެރިކާ އިން ނިންމައިފި

07 އޮކްޓޯބަރު 2017
އެމެރިކާގައިތިބި ކިއުބާގެ 15 ޑިޕްލޮމޭޓަކު ފޮނުވާލަން ނިންމައިފި

އެމެރިކާގައިތިބި ކިއުބާގެ 15 ޑިޕްލޮމޭޓަކު ފޮނުވާލަން ނިންމައިފި

03 އޮކްޓޯބަރު 2017
އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

07 އޯގަސްޓު 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު