Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގުދުސްގެ މައްސަލަ

އދ. ގެ ނިންމުމާއި ޚިލާފަށް ގުއަޓެމާލާގެ އެމްބަސީ ގުދުސް އަށް ބަދަލުކުރަން ނިންމައިފި

ގުދުސްގައި އެމްބަސީތައް ގާއިމުނުކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުން 1980 ވަނަ އަހަރު ގަރާރެއް ފާސްކޮށްފައިވޭ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2017 | ހޯމަ 03:06
ގުދުސް: ގުދުސްގެ މައްސަލައަކީ ފަލަސްތީނު-އިޒްރޭލްގެ މައްސަލަތަކުގެ ތެރެއިން އެންމެ ނާޒުކު މައްސަލަ

ގުދުސް: ގުދުސްގެ މައްސަލައަކީ ފަލަސްތީނު-އިޒްރޭލްގެ މައްސަލަތަކުގެ ތެރެއިން އެންމެ ނާޒުކު މައްސަލަ

އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރާ ޚިލާފަށް، އިޒްރޭލުގައި ހުންނަ ގުއަޓެމާލާގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމަށް އެގައުމުގެ ރައީސް ޖިމީ މޮރާލޭސް ނިންމަވައިފިއެވެ.

ފޭސްބުކްގައި ޝާއިއުކުރި ޕޯސްޓެއްގައި މޮރާލޭސް ވިދާޅުވީ، އެނިންމުން ނިންމަވާފައި ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.

ގުއަޓެމާލާއަކީ، ގުދުސްގެ މައްސަލައިގައި ފާއިތުވި ހަފްތާގައި އދ. ގެ އާއްމު މަޖިލީހަށް ހުށަހެޅި ގަރާރާ ދެކޮޅަށް ވޯޓު ދިން ނުވަ ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ގުދުސްއަކީ އިޒްރޭލުގެ ވެރި ރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގަތުމާއި، ޓެލް އަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ދެކޮޅަށް އދ. ގެ އާއްމު މަޖިލީހަށް ގަރާރު ހުށަހަޅަފައި ވަނީ ޔަމަނާއި ތުރުކީން އިސްނަގައިގެންނެވެ.

މިމައްސަލައިގައި ބޭއްވި އދ. ގެ އާއްމު މަޖިލީހުގެ ކުއްލި ބަދަލުވުމުގައި ގަރާރަށް ތާއީދުކޮށް 128 ގައުމަކުން ވޯޓު ދީފައިވާއިރު، ގަރާރާ ދެކޮޅަށް ވޯޓު ދީފައި ވަނީ އެންމެ ނުވަ ގައުމުންނެވެ. އަދި 35 ގައުމަކުން ވަކިގޮތަކަށް ވޯޓު ދީފައެއް ނުވެއެވެ.

މިގަރާރުގައި ވަނީ، ގުދުސްއާ ގުޅޭ ގޮތުން އެމެރިކާ އަދި ބައިނަލްއަޤްވާމީ މުޖުތަމައު އިން މީގެ ކުރިން ގެންގުޅުނު އުޞޫލާ ޚިލާފަށް، ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގަތުމަކީ ޣައިރު ޤާނޫނީ، ބާތިލް ނިންމުމެއް ކަމަށާއި، ގުދުސްގެ ޤާނޫނީ ހައިސިއްޔަތާ މެދު ގޮތެއް ނިންމޭނީ އެކަމާ ގުޅޭ ގޮތުން އދ. އިން ފާސްކޮށްފައިވާ ގަރާރުތަކާ އެއްގޮތަށް މަޝްވަރާގެ ތެރެއިން ކަމަށެވެ.

އަދި ގުދުސްއާ ގުޅޭ ގޮތުން އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތަކަށް އދ. ގެ އާއްމު މަޖިލީހުގެ މެމްބަރު ހުރިހާ ގައުމަކުން ތަބާވުމަށް މިގަރާރުގައި ގޮވާލާފައިވެއެވެ. އަދި، ސަލާމަތީ މަޖިލީހުން މިކަމާ ގުޅޭ ގޮތުން ފާސްކޮށްފައިވާ ގަރާރުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުންތައް ބަދަލުކުރުމަށް މިގަރާރުގައި ގޮވާލާފައިވެއެވެ.

މީގެ އިތުރުން އދ. ގެ ސަލާމަތީ މަޖިލީހުން 1980 ވަނަ އަހަރު ފާސްކޮށްފައިވާ 478 ވަނަ ގަރާރާއި އެއްގޮތަށް، އެއްވެސް ގައުމެއްގެ ޑިޕްލޮމެޓިކް މިޝަން ނުވަތަ އެމްބަސީއެއް ގުދުސްގައި ގާއިމް ނުކުރުމަށް މިގަރާރުގައި ގޮވާލާފައިވެއެވެ.

ގަރާރާ ދެކޮޅަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގައި ގުއަޓެމާލާގެ އިތުރުން ދެން ހިމެނެނީ، އެމެރިކާ، އިޒްރޭލް، ހޮންޑިއުރަސް އަދި މާޝަލް އައިލެންޑްސް އާއި، މައިކްރޮނީޝިއާ، މައޫރޫ، ޕަލާއޫ އަދި ޓޯގޯ އެވެ.

އދ. ގެ އާއްމު މަޖިލީހުގައި މިގަރާރަށް ގައުމުތަކުން ވޯޓު ދީފައި ވަނީ ގަރާރާ ދެކޮޅަށް ވޯޓު ދޭ ގައުމުތަކަށް އެމެރިކާގެ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައި ވަނިކޮށެވެ.

ގުއަޓެމާލާއަކީ އެމެރިކާގެ އެހީ އަށް ނުހަނު ބޮޑަށް ބަރޯސާވާ ގައުމެކެވެ.

ގުއަޓެމާލާގެ ރައީސް މޮރާލޭސް އާދީއްތަ ދުވަހު ވިދާޅުވީ، އިޒްރޭލުގެ ޓެލް އަވީވްގައި ހުންނަ ގުއަޓެމާލާގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމުގެ މަސައްކަތްތައް ފެށުމަށް އެގައުމުގެ ޚާރިޖީ ވުޒާރާއަށް އަންގާފައިވާ ކަމަށެވެ. މެދުތެރޭ އެމެރިކާގެ ގައުމެއް ކަމަށްވާ ގުއަޓެމާލާއަކީ އިޒްރޭލުގެ ޒަމާންވީ ބައިވެރިއެކެވެ.

ގުދުސްގެ މައްސަލައަކީ ފަލަސްތީނު-އިޒްރޭލްގެ މައްސަލަތަކުގެ ތެރެއިން އެންމެ ނާޒުކު މައްސަލައެވެ.

ކުރިން އުރުދުންގެ ބާރުގެ ދަށުގައި އޮތް އިރުމަތީ ގުދުސް، 1967 ވަނަ އަހަރު ކުރި މެދުއިރުމަތީގެ ހަނގުރާމާގައި އިޒްރޭލުން ހިފުމަށް ފަހު، އިޒްރޭލުން ގަބޫލް ކުރަނީ އިރުމަތީ ގުދުސް ހިމެނޭ ގޮތަށް މުޅި ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައެވެ. އެހެންނަމަވެސް ފަލަސްތީނުން ގަބޫލުކުރަނީ އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ ވެރިރަށުގެ ގޮތުގައެވެ.

ގުދުސްއަކީ އިޒްރޭލުގެ އިސްތިގްލާލްގެ ދަށުގައިވާ ސަހަރެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމައު އިން ބަލައިގަނެފައެއް ނުވެއެވެ. އެސަބަބާ ހުރެ އިޒްރޭލުގައި ހުންނަ ބޭރު ގައުމުތަކުގެ އެމްބަސީތައް ގާއިމްކޮށްފައިވަނީ ޓެލް އަވީވްގައެވެ.

ގުދުސްއާ މެދު އެމެރިކާ އިން އެތައް ޒަމާނެއް ވަންދެން ގެންގުޅުނު އުސޫލްތަކާ ޚިލާފަށް ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގަތްކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވާފައި ވަނީ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. ހަމަ އެދުވަހު ޓްރަމްޕް ވަނީ ޓެލް އަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލުކުރަން ނިންމެވިކަން ހާމަކުރައްވާފައެވެ.

ޓްރަމްޕްގެ މިނިންމެވުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާއި އަރަބި އިސްލާމީ ގައުމުތައް ހިމެނޭ ގޮތަށް މުޅި ބައިނަލްއަޤްވާމީ ދުނިޔެއިން ފާޑު ކިޔާފައިވެއެވެ. މީގެ އިތުރުން މި ނިންމުމާ ދެކޮޅަށް ދުނިޔޭގެ އެތައް ގައުމެއްގައި އިހްތިޖާޖްތައް ބާއްވާފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރަނީ!

އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރަނީ!

06 ޑިސެމްބަރު 2017
އާދަޔާ ޚިލާފަށް އިތުރުގަޑީގެ މަސައްކަތް ކުރުވި ނޫސްވެރިޔަކު މަރުވި މައްސަލައެއް ފެންމަތިވެއްޖެ

އާދަޔާ ޚިލާފަށް އިތުރުގަޑީގެ މަސައްކަތް ކުރުވި ނޫސްވެރިޔަކު މަރުވި މައްސަލައެއް ފެންމަތިވެއްޖެ

06 އޮކްޓޯބަރު 2017
މިޔަންމާ އެމްބަސީއަށް ދިން ހަމަލާގެ ޒިންމާ ޙަޞްމު ޖަމާޢަތުން ނަގައިފި

މިޔަންމާ އެމްބަސީއަށް ދިން ހަމަލާގެ ޒިންމާ ޙަޞްމު ޖަމާޢަތުން ނަގައިފި

02 އޮކްޓޯބަރު 2017
ކިއުބާގައިހުރި އެމްބަސީ ބަންދުކުރުމާމެދު ވިސްނަމުންދާކަމަށް އެމެރިކާއިން ބުނެފި

ކިއުބާގައިހުރި އެމްބަސީ ބަންދުކުރުމާމެދު ވިސްނަމުންދާކަމަށް އެމެރިކާއިން ބުނެފި

18 ސެޕްޓެމްބަރު 2017
އެމްބަސީ ބަންދުކޮށް ޗެޑްއިން ޤަތަރުގެ ޑިޕްލޮމޭޓުން ފައިބަން އަންގައިފި

އެމްބަސީ ބަންދުކޮށް ޗެޑްއިން ޤަތަރުގެ ޑިޕްލޮމޭޓުން ފައިބަން އަންގައިފި

23 އޯގަސްޓު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު