Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުންޔާ މައުމޫން

ދުންޔާ އިންޑިއާ އަށް ކުރައްވާ ދަތުރުފުޅަކީ ކޯލިޝަންގެ ދަތުރުފުޅެއް ނޫން: މާރިއާ

14 އޮކްޓޯބަރު 2018 | އާދީއްތަ 13:35

ގުޅިފައިވާ ޕާޓީތަކުން ގުޅިގެންނާއި ވަކިވަކިން އަދި ސިޔާސީ ލީޑަރުންގެ ފަރާތްޕުޅުން ހާއްސަ މަންދޫބުން މީގެ ކުރިން ވެސް އެކި ގައުމުތަކަށް ވަޑައިގެންނަވާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 އޮކްޓޯބަރު 2018 | އާދީއްތަ 13:35
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން | ގޫގުލް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫގެ ދަރިކަނބަލުން ދުންޔާ މައުމޫން މިހާރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނު ގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ފަރާތުން ކުރައްވާ ދަތުރުފުޅެއް ކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިއާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާރިއާ އެހެން ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ހާއްސަ މަންދޫބެއްގެ ގޮތުގައި އިންޑިއާ ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލު ކުރެއްވުމަށް އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން އިންޑިއާ އަށް ވަޑައިގަންނަވާފައި ވަނިކޮށް، ދުންޔާ އިންޑިއާ އަށް މިހާރު މި ކުރައްވާ ދަތުރުފުޅަކީ ގުޅިފައިވާ ކޯލިޝަނުގެ ފަރާތުން ކުރައްވާ ދަތުރުފުޅެއްގެ ގޮތުގައި ސިފަކުރައްވައި ބޭރުގެ ބައެއް ފަރާތްތަކުން ބުނަމުންދާތީ، ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

Advertisement - newsAdvertisement

އިންތިހާބީ ރައީސްގެ އޮފީހު ގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިއާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ގުޅިގެންނާއި ވަކިވަކިން އަދި ސިޔާސީ ލީޑަރުންގެ ފަރާތްޕުޅުން ހާއްސަ މަންދޫބުން މީގެ ކުރިން ވެސް އެކިއެކި ގައުމުތަކަށް ވަޑައިގެންނަވާފައިވާ ކަމަށެވެ.

އެހެންކަމުން ދުންޔާގެ މިދަތުރުފުޅަކީ ރައީސް މައުމޫންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ވަޑައިގެންނެވި ވަޑައިގެންނެވުމެއް ކަމަށް މާރިއާ ވިދާޅުވި އެވެ.

ދުންޔާ މައުމޫނަކީ އަންނަ ނޮވެމްބަރު މަހު ނިމުމަކަށް އަންނަ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ދާދިފަހަކާ ޖެހެންދެން ހިދްމަތް ކުރެއްވި ކަނބަލެކެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވެ އެވެ.

އިންޑިއާ އަށް ވަޑައިގެންނެވުމުގެ ކުރިން ދުންޔާ ވަނީ ސްރީލަންކާ އަށް ވެސް ވަޑައިގަންނަވައި އެގައުމުގެ އިސް ބޭފުޅުންނާއި ބައްދަލު ކުރައްވާ ފައެވެ. އެހެންކަމުން އިންޑިއާގެ މި ދަތުރުފުޅުގައި އެ ޤައުމުގެ އިސް ބޭފުޅުންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށް ބެލެވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ، ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ

13 ފެބުރުއަރީ 2017
އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ، ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ
09 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު

09 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
31 ޖެނުއަރީ 2017

މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

31 ޖެނުއަރީ 2017
މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް