Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮޑިޓް ރިޕޯޓު

އަމިއްލަ ބޭނުމަށް ތިޖޫރީން ފައިސާ ނެގިކަން ފޮރިން މިނިސްޓްރީގެ އޮޑިޓުން ހާމަވެއްޖެ

ހުއްދަ ނުހޯދައި މިލިއަނެއްހާ ރުފިޔާގެ ހިދުމަތާއި ތަކެތި ހޯދާފައިވޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2018 | އާދީއްތަ 14:07
ފޮރިން މިނިސްޓްރީ: ތިޖޫރީން ފައިސާ ނެގީ އިންޑިއާގައި ހުންނަ ދިވެހި ޑިޕްލޮމޭޓަކު

ފޮރިން މިނިސްޓްރީ: ތިޖޫރީން ފައިސާ ނެގީ އިންޑިއާގައި ހުންނަ ދިވެހި ޑިޕްލޮމޭޓަކު

އިންޑިއާގައި ހުންނަ ރާއްޖޭގެ ޑިޕްލޮމޭޓަކު، މާލިއްޔަތު ގާނޫނާ ހިލާފަށް އަމިއްލަ ބޭނުމަށް ދައުލަތުގެ ތިޖޫރީން ފައިސާ ނަގާފައިވާ ކަން ފޮރިން މިނިސްޓްރީގެ އޮޑިޓުން ހާމަވެއްޖެއެވެ.

އޮޑިޓާ ޖެނަރަލް މިދިޔަ ހަފްތާގައި ނެރުއްވި ފޮރިން މިނިސްޓްރީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ތާޑް ސެކްރެޓަރީގެ އަމިއްލަ ބޭނުމަށް 24،094ރ. ތިޖޫރީން ނަގާފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ނަމެއް އޮޑިޓް ރިޕޯޓުގަ އެއް ނެތެވެ. އޭގެ އިތުރުން ކޮންސިއުލޭޓްގެ ޕެޓީ ކޭޝް ފައިސާ އިން އެތަނުގެ މުވައްޒަފެއްގެ އަމިއްލަ ބޭނުމަށް 7،935ރ. ހަދަރުކޮށްފައި ވާކަމަށް ވެސް އެ އޮޑިޓް ރިޕޯޓުގައި ވެއެވެ.

އޮޑިޓާ ޖެނަަލް ހަސަން ޒިޔަތު ސޮއިކުރައްވައި ނެރުއްވި އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ދައުލަތުގެ ފައިސާ އާ ހަވާލުވެ ހުރި މުވައްޒަފަކު ވިޔަސް، އަމިއްލަ ކަމަކަށް ދައުލަތުގެ ފައިސާ އެއް ބޭނުން ކޮށްގެން ނުވާނެ ކަމަށެވެ.

އެ އޮޑިޓް ރިޕޯޓު ގައި ފާހަގަކޮށްފައިވާ ގޮތުން އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ކޮންސުލޭޓުގެ ތިޖޫރީން، އެތަނުގެ އިސް މުވައްޒަފަކު އަމިއްލަ ބޭނުމަށް ނެގި ފައިސާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކޮންސިއުލޭޓްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވެއެވެ.

އެކަންތައްތަކާ ގުޅިގެން ފައިސާ ދޫކުރެވެނީ ކޮން ބޭނުމަކަށް ކަމަށާއި ހަރަދު ކުރެވޭ އަދަދު ލިއެކިޔުންތަކުގައި ބަޔާން ކުރުމަށް ފޮރިން މިނިސްޓްރީ އަށް އޮޑިޓް ރިޕޯޓުގައި ލަފާ ދީފައިވެއެވެ.

ނަމަވެސް ދައުލަތުގެ ފަައިސާ އަށާއި ފައިސާގެ ހިސާބު ބެލެހެއްޓުމުގައި ބަޔަކު އިހުމާލުވެފައި ވާތީ، އެކަމަކީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހުއްދަ ނޫން އަމަލެއް ކަމަށް ބެލެވޭތީ، ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނަރަލް ވަނީ އެދިވަޑައިގެންފައެވެ.

ފޮރިން މިނިސްޓްރީގެ އޮޑިޓުން ފާހަގަވި މައްސަލަތައް

  • އުސޫލާ ހިލާފަށް 200،000 ރުފިޔާގެ ޔޫޓިލިޓީ އެލަވަންސް ދީފައި ވުން
  • ހުއްދަ ނުހޯދައި މިލިއަނެއްހާ ރުފިޔާގެ ހިދުމަތާއި ތަކެތި ހޯދާފައި ވުން
  • އިއުލާން ނުކޮށް މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ހިދުމަތް ހޯދާފައި ވުން
  • ތިޖޫރީގެ ފައިސާގެ ހިސާބުތައް ބަހަލައްޓާފައި ނުވުން

ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ވަޒީފާ އަށް ފޮނުވާ މުވައްޒަފުންނަށް ދޭ އެލަވަންސްތަކާއި އުސޫލާއި ހިލާފަށް ބައެއް މިޝަންތަކުން 236،003ރ. ހަރަދު ކޮށްފައިވާ ކަމަށެވެ. އަދި ތަކެއްޗާއި ހިދުމަތް ހޯދުމުގެ ކުރިން ހުއްދަ ނުހޯދައި 1.9 މިލިއަން ރުފިޔާގެ ހިދުމަތާއި ތަކެތި މިނިސްޓްރީގެ ބޭނުމަށް ހޯދާފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު